
އަލުވި ހިކިރިހަ
ސީއެންއެމް ބަދިގެ: އަލުވި ހިކި ރިހަ
14 އޭޕްރީލް 2023 - 09:55:41
ތިރީގައި މިވަނީ އަލުވި ހިކި ރިހަ ތައްޔާރު ކުރާނެ ގޮތެވެ.
ބޭނުންވާ ތަކެތި:
- 500 ގްރާމް އަލުވި (1 އިންޗިއަށް ކިއުބުކޮށް ކޮށާފައި)
- 4 މޭޒުމަތީ ސަމުސާ ކުކިންގް އޮއިލް
- 2 ޖޯޑު ފިޔާ (1 އިންޗިއަށް ކިއުބުކޮށް ކޮށާފައި)
- 1/4 ޖޯޑު ހިކަނދި ފަތް
- 1 ސައިސަމުސާ އިނގުރު (ގާނާފައި)
- 3 ލޮނުމެދު (ވަރަށް ކުދިކޮށް ޗިސްކޮށްފައިި)
- 1 ސައިސަމުސާ މަސްޓަޑް ސީޑް
- 1 ގިތެޔޮ މިތުސް (ކޮށާފައި)
- 3 ކާފޫރުތޮޅި
- 1/2 ސައިސަމުސާ ތެޅި މިރުސް
- 1 ސައިސަމުސާ ހަވާދު
- ލޮނު (ހެޔޮވަރު މިންވަރަށް)
- ވެޖިޓަބަލް އޮއިލް (ތެލުލުމަށް)
ތައްޔާރު ކުރާނެ ގޮތް:
އަލުވިތައް ރަނގަޅަށް ކްރިސްޕީވެ، މުށި ކުލަ އަރަންދެން ތެލުލާށެވެ. އެއަށްފަހު ވަކި ޕޭނަކަށް 4 މޭޒުމަތީ ސަމުސާ ތެޔޮކޮޅެއް އަޅާފައި ފިޔާ، އިނގުރު، ލޮނުމެދު، ހިކަނދި ފަތް އަދި މަސްޓަޑް ސީޑް މީރު ކުރާށެވެ. އޭގެ ތެރެއަށް ކުރިން ތައްޔާރު ކުި އަލުވި ކޮޅާއި، ކާފޫރު ތޮޅި އަޅާށެވެ. އެއަށްފަހު ރަނގަޅަށް މިކްސްކޮށްލާށެވެ. އޭގެ ފަހުން ތެޅި މިރުސް، ހަވާދު އަދި ލޮނު އަޅާފައި އެއްކުރާށެވެ. ގާތްގަނޑަކަށް 2 މިނެޓު ވަންދެން މިގޮތަށް އުނދުން މަތީ ބޭންދުމަށްފަހު ތައްޔާރުކޮށް ނިމުނީ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް