ads
ހުޒައިލް ބިން ހޫދު އަބްދުލްގަފޫރު
ހުޒައިލް ފިޓްޖެހި ހޭނެތި އެތައް އިރެއް، އާއިލާ ގޮތް ހުސްވެފައި!
ގއ ކަނޑުހުޅުދޫއަށް އުފަން ވަފާ އަބްދުﷲގެ ތިން ދަރިންގެ ތެރެއިން ހުޒައިލް ބިން ހޫދު އަބްދުލްގަފޫރުގެ އުމުރުން މިހާރު 7 އަހަރެވެ. ނަމަވެސް އެއުމުރުގެ އެހެން ކުދިންގެ ހުންނަ އުފާވެރިކަން ހުޒައިންގެ ނެތެވެ. އުމުރުން 4 އަހަރުގައި ހުޒައިލް ފިޓް ޖެހެން ފެށިއެވެ. އެކަން މިހާރުވަނީ ބޮޑު ބައްޔަކަށް ބަދަލުވެފައެވެ.
Advertisement

ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ޑޮކްޓަރަށް ދައްކާ ޓެސްޓްތައް ހެދި، 2019 ވަނަ އަހަރުން ފެށިގެން އަންނަނީ ބޭސްވެސް ކަމުންނެވެ. ނަމަވެސް ފިޓް ޖެހުމަށް އެއްވެސް ހައްލެއް ނާދެއެވެ.

އޭގެ ބަދަލުގައި ހުޒައިލްގެ ހާލަތު ދުވަހުން ދުވަހަށް ދަނީ ގޯސްވަމުންނެވެ. މިހާރު ފިޓް ޖެހޭ ދުވަހެއްގައި ތިން ހަތަރު ފަހަރަށް ވުރެ ގިނައިން ފިޓްވެސް ޖެހެނީއެވެ. ފިޓްޖެހި ހޭނެތި އެއްތައް އިރެއްވާއިރުވެސް މިހާރު ހޭވެސް ނާރަނީއެވެ.

ވަފާއާއި އޭނާގެ އާއިލާ މިކަމުގައި މިހާރު ގޮތް ހުސްވެއްޖެއެވެ. ހުޒައިލްއަށް ދޭނެ ފަރުވާއެއް ޑޮކްޓަރުންނަށްވެސް ނޭންގޭތީއެވެ. އަނެއްކޮޅުން ޑޮކްޓަރަށް ދައްކާ ބޭސްކުރުމާއި ދަތުރުފަތުރާއި މާލޭގައި ހުރުމާއި ރާއްޖެއިން ބޭރުގައި ތިބުމަށް ބޮޑެތި ހަރަދުތަކެއް ހިނގައި އާއިލާގެ އަތްމަތި މުޅިން ހުސްވެއްޖެއެވެ.

your imageހުޒައިލްގެ މެޑިކަލް ޑޮކިއުމެންޓެއް

ވަފާގެ ފިރިމީހާ ކުރާ މަސައްކަތުން ތިން ކުދިންނާއި އާއިލާ ބަލަހައްޓާފައި ބާކީއެއް ނުކުރެވެއެވެ. 

ހުޒައިލްގެ މަންމަ ވަފާބުނީ، ފަރުވާއެއް ލިބޭނެ ކަމުގެ އުއްމީދުގައި އަނެއްކާވެސް ޑޮކްޓަރަށް ދެއްކުމަށް އިންޑިއާއަށް ދިއުމަށް މަސައްކަތް ކުރަމުން ގެންދާކަމަށެވެ. އަދި އިންޑިއާގެ ކޮޗިންގެ އަމްރިތާ ހޮސްޕިޓަލުން ފަރުވާ ކުރުމަށް އާސަންދަވެސް ވަނީ ހަމަޖެހިފައެވެ. 

އާސަންދަ ހަމަޖެހިފައިވާ ލިއުމުގައި ވާގޮތުން އެންމެ ލަސްވެގެން މިމަހުގެ 24 ގައި އަމްރިތާއަށް ދައްކަން ޖެހެއެވެ. އެހެން ނޫނީ އާސަންދަ ލިއުމުގެ މުއްދަތު ހަމަވާނެއެވެ.

ނަމަވެސް އިންޑިއާގައި ތިބުމާއި އެހެނިހެން ހަރަދުތަކަށް ފައިސާ ބޭނުންވެއެވެ. އެފައިސާއެއް އާއިލާއަކު ނެތެވެ. އާސަންދަ ހަމަޖެހިފައި އޮތަސް އިންޑިއާގައި ތިބުމާއި އެހެނިހެން ހަރަދުތަކަށް ބޭނުންވާ ފައިސާ ލިބިގެން ނޫނީ އިންޑިއާއަށް ފުރޭކަށްވެސް ނެތެވެ. ވަފާ ބުނީ ވީހާވެސް އަވަހަކަށް ހުޒައިލް ގޮވައިގެން ފުރަން ބޭނުންވާ ކަމަށެވެ. އެހީތެރިކަމެއް ލިބޭހާ އަވަހަކަށް ފުރާނެކަމަށްވެސް ވަފާ ބުނެއެވެ.

އެހެންކަމުން ހުޒައިލްއާއި އާއިލާއަށް ބޭނުންވަނީ ތިބޭފުޅުންގެ ދީލަތި އެހީއެވެ. މި މާތް މަސްއަރުގެ ފަހު 10 ގައި ހުޒައިލްއަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ގެއްލިގެންދާނެ އެއްޗެއް ނޫނެވެ. އިންޝާﷲ، އޭގެ ބަދަލު ތިބާއަށް ލިބޭނެއެވެ. ތިބާގެ މުދަލުގައި ބަރަކާތް ލައްވާނެއެވެ.

ހުޒައިލްގެ ބޭސްފަރުވާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ބޭފުޅުން:

ގުޅޭނެ ނަމްބަރު: 7669254 ވަފާ އަބްދުﷲ (ހުޒައިލްގެ މަންމަ)

         7520201 އަހްމަދު ނަޝާތު (ހުޒައިލްގެ ދޮން ބައްޕަ)

އެކައުންޓް ނަމްބަރު:

ދިވެހި ރުފިޔާ އެކައުންޓް: 7730000221369 (ވަފާ އަބްދުﷲ)

ޔޫއެސް ޑޮލަރު އެކައުންޓް: 7730000127953 (ފާތިމަތު ވަހީދާ) - ހުޒައިލްގެ މާމަ

79%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
7%
ވަރަށް ސަލާމް
ކޮމެންޓްސް