
ބޭނުންވާ ތަކެތި:
- 500 ގްރާމް ޕާސްޓާ
- 2/1 1 މޭޒުމަތީ ސަމްސާ ކިރު
- 4/1 ޖޯޑު އޮލިވް އޮއިލް
- 3 މޭޒުމަތީ ސަމްސާ ބެސިލް
- 2/1 ސައިސަމްސާ ލޮނު
- 3 މޭޒުމަތީސަމްސާ ޕާސްލޭ
- 2/1 ސައިސަމުސާ މުގުރި އަސޭމިރުސް
- 2 ފޮތި ހުދުޕާން
ގާނިޝްކޮށްލަން:
- ވާލްނަޓް
- 6 މޭޒުމަތީ ސަމްސާ ގްރޭޓެޑް ޕާމެސަން ޗީޒް
- ޕާސްޓާ ތައްޔާރުކުރުމަށް:
- 60 ގްރާމް ޕާމެސަން ޗީޒް
- 50 ގްރާމް ވާލްނަޓް
ތައްޔާރުކުރާނެގޮތް:
އެންމެ ފުރަތަމަ ވޯލްނަޓްތައް ސާފްކޮށްލުމަށްފަހު ރަގަޅަށް ދޮވެލާށެވެ. އެއަށްފަހު ތަވާ އުނދުންމައްޗަށް އުދާލުމަށްފަހު އޭގެ ތެރެއަށް ފެން އަޅާލާށެވެ. ފެންގަނޑު ކެކެންފެށުމުން އޭގެތެރެއަށް ވާލްނަޓްތައް އަޅާލާށެވެ. ނަޓްސްތައް ރަގަޅަށް މަޑުވުމުން ހޫނުފެނުގެ ތެރެއިން ލުހެލުމަށްފަހު އައިސްފެނުގެ ތެރެއަށް އަޅާލާށެވެ. ރަގަޅަށް ހިހޫވުމުން ފެނުންނެގުމަށްފަހު، ބޭނުންކުރާން ވަންދެން ބަހައްޓާލާށެވެ.
މިކްސްޗަރއެއްގެ ތެރެއަށް ބޭސިލްފަތް، ކިރު، ޕާމެސަން ޗީޒް، ޕާސްލޭ، ވާލްނަޓް، ލޮނު، އަސޭމިރުސް، ޕާންފޮތި، އަދި އޮލިވް އޮއިލް އަޅާލާށެވެ. އެއަށްފަހު ހިމުންވަންދެން ހުރިހައި އެއްޗެއް އެއްކޮށްލާށެވެ. މި ސޯސްގަނޑު ބޭނުންކުރަންވަންދެން ބަހައްޓާލާށެވެ.
(ނޯޓް: ރަގަޅަށް ހިމުންކޮށްލުމަށް ބޭނުންނަމަ ފެންފޮދެއް ޖަހާލައިގެންވެސް ހިމުންކޮށްލެވިދާނެއެވެ)
ތަވައެއްގެ ތެރެއަށް ފެން އެޅުމަށްފަހު އުދާށެވެ. ފެންގަނޑު ކެކެންފެށުމުން ޕާސްޓާތައް އެޅުމަށްފަހު ރަގަޅަށް މަޑުކޮށްލާށެވެ. ދެން ފެންގަނޑުން ލުހެލުމަށްފަހު ބަހައްޓާލާށެވެ. ދެން އެއަށްފަހު ކައްކާފައިހުރި ޕާސްޓާގެ ތެރެއަށް، ތައްޔާރުކޮށްފައިހުރި ވާލްނަޓް ސޯސް އަޅާލުމަށްފަހު ރަގަޅަށް އެއްކޮށްލާށެވެ. ދެން އޭގެ މައްޗަށް ވާލްނަޓް އަދި ގްރޭޓެޑް ޕާމެސަން ޗީޒް އަޅާލުމުން، މި ޑިޝް ތައްޔާރުކޮށް ނިމުނީއެވެ.