ads
މުހައްމަދު ޒަޔާން އަބްދުﷲ
ހަވާދުލީ ބިހަށްވުރެ މީރީ ކަޓުލަސް: ޒަޔާން
ހަވާދުލީ ބިހަށްވުރެ އޭނާއަށް މީރީ ކަޓުލަސް ކަމަށް މަޝްހޫރު ޕްރެޒެންޓަރު މުހައްމަދު ޒަޔާން އަބްދުﷲ ބުނެފިއެވެ.

ސީއެންއެމްގެ "ރޯދައިގެ ހަނދުމަ" ސީރީޒް އަށް ދިން އިންޓަވިއުއެއްގައި ސްޓޭޓް އެޓާނީއްގެ ގޮތުގައި ވެސް މަސައްކަތް ކުރާ ޒަަޔާން މި މިހެން ބުނީ އޭނާއަށް ރޯދަވީއްލަން ކަމުދާ ތަކެއްޗާ ގުޅޭގޮތުން ވާހަކަ ދައްކަމުންނެވެ. 

މިގޮތުން ޒަޔާން ބުނީ އޭނާ ޝޯޝަލް މީޑިއާގަވެސް "އަންޕޮޕިއުލާ އޮޕީނިއަންއެއްގެ" ގޮތުގައި ހަވާދުލީ ބިހަށްވުރެ ކަޓުލަސް ކަމުދާކަމަށް ބުނިންކަމަށެވެ. ނަމަވެސް ގިނަ ބަަޔަކަށް ކަމުދަނީ ހަވާދުލީ ބިސްކަމަށް ވެސް ޒަޔާން ބުންޏެވެ. 

"ހަވާދުލީ ބިސް މާބޮޑަށް ބަޔަކު ޕްރޮމޯޓު ކުރާތީ އަޅުގަނޑު ހިތައް އެރީ ޖަހާލާނީއޭ ކަޓުލަސް މާ މީރޭ. އެކަމަކު އަޅުގަނޑަށް އަދިވެސް ހީވަނީ ގިނަ ބޭފުޅުންނަށް ކަމުދަނީ ހަވާދުލީ ބިސްހެން" ސީއެންއެމްއަށް ދިން އިންޓަވިއުގައި ޒަޔާން ބުންޏެވެ.

ޒަޔާން ވަނީ އޭނާގެ ކުޑައިރު ރޯދަމަހުގެ ހަނދާންތައް ވެސް ސީއެންއެމްއާ ހިއްސާކޮށްފައެވެ. ޒަޔާންގެ "ރޯދައިގެ ހަނދުމަ" ބައްލަވާލެއްވުމަށް މި އާޓިކަލްއާއެކު ހީރަސްކުރެވިފައިވާ ވީޑިއޯ ބައްލަވަލައްވާށެވެ. 

80%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް