ads
ފާތިމަތި މައިޝާ (ތާތި)
މުހައްމަދުއް ރަސޫލުއްﷲ ގެހުރިހާ ޑައިލޮގެއް ހިތުދަސް: ތާތި
ކުޑައިރު ރޯދަމަހު ޓީވީއެމްއިން ގެނެސްދޭ ސީރީޒް "މުހައްމަދުއް ރަސޫލުއްﷲ" ގެ ހުރިހާ ޑައިލޮގެއް ހިތުދަސްކޮށްފައިވާކަަމަށް ފިލްމީތަރި ފާތިމަތު މައިޝާ (ތާތި) ބުނެފިއެވެ.

ސީއެންއެމްގެ "ރޯދައިގެ ހަނދުމަ" ސީރީޒް އަށް ދިން އިންޓަވިއު އެއްގައި ތާތި ބުނީ އެނާ ރޯދަމަހު އެންމެ ފުރަތަމަ ރޯދައެއް ހިފި ހަނދާންވަނީ އުމުރުން ހަތް އަހަރު ހާއިރު ކަމަށެވެ. އޭރު ރޯދަ މަހުގެ ފޮތްކިއުމާ ފިލާ ކުޅުމަށް ފަހު އަބަދުވެސް އެންމެ އިންތިޒާރުކުރެވެނީ  "މުހައްމަދުއް ރަސޫލުއްﷲ" އަންނާނެ ވަގުތައް ކަމަށް އެނާ ބުންޏެވެ. 

"އެންމެ އިންތިޒާރު ކުރަނީ ހަވީރު ގަޑީގަ އަންނަ  މުހައްމަދުއް ރަސޫލުއްﷲ ބަލަން. މުހައްމަދުއް ރަސޫލުއްﷲގެ ހުރިހާ ޑައިލޮގެއް ހިތުދަސް،" ތާތި ބުންޏެވެ. 

ތާތި ބުނީ ރޯދަމަސް އައުމުން އޭނާ ވަކިން ހާއްސަ އެއްޗެއް ތައްޔާރުނުކުރާ ކަމަށެވެ. އަދި އޭނާއަކީ ކައްކަން ދައްނަ މީހެއްކަމަށާ، އޭނާ ކައްކާ ބިރިޔާނި ވަރަށް މީރުކަމަށް ގިނަ މީހުން ބުނާކަމަށެވެ. އެކްޓުކުރުމުގެ އިތުރުން ބޭންކް އޮފް މޯލްޑިވްސްގައި މަސައްކަތްކުރާ ތާތި ބުނީ އޭނާ ހުސްވަތުތަކުގައި އޭނާ އޯޑަރަށް ބިރިޔާނިވެސް ތައްޔާރުކޮށްދޭކަމަށެވެ. 

"ރޯދަ ވީއްލަން އެންމެ ރަނގަޅީ ރޯ ކަދުރެއް،" ސީއެންއެމްއަށް ދިން އިންޓަވިއުގައި ތާތި ބުންޏެެވެ. 

ދާދިފަހުން މީޑިއާ ނެޓަށް އައި ޑައިރެކްޓަރު އިލިޔާސް ލަބީބު (އިއްލެ) ގެ 'ބިރުވެރިވާކަ' އިންވެސް ތާތި ފެނުނެވެ. އަދި މިހާރުވެސް އަންނީ އިއްލެ ގެ ފިލްމެއްގައި މަސައްކަތް ކުރަމުންނެވެ. އަދި ކުރިއަށް ވެސް މުހިންމު ފިލްމީ ޕްރޮޖެކްޓުތަކެއް އެބަހުރިކަމަށް ތާތި ބުންޏެވެ. 

ސީއެންއެމްއަށ ތާތި ދީފައިވާ އެކްސްކުލޫސިވް ވީޑިއޯ ބައްލަވާލެއްވުމަށް، މި އާޓިކަލްއާއެކު ހީރަސްކުރެވިފައިވާ ވީޑިއޯ ބައްލަވާލައްވާށެވެ. 

80%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް