ads
އަލީ ފިޒާމް (ފިއްޓެ)
މިއަދު މާލެއަކީ ދިރިއުޅެން ހެޔޮވާވަރުގެ ތަނެއް ނޫން: ފިއްޓެ
މާލެއަކީ މިއަދު ދިރިއުޅެން ހެޔޮވާވަރުގެ ތަނެއް ނޫންކަމަށް ފިލްމީ ތަރި އިދި މަޝްހޫރު ކްރިއޯގްރާފަރު އަލީ ފިޒާމް (ފިއްޓެ) ބުނެފިއެވެ.

ސީއެންއެމްގެ "ރޯދައިގެ ހަނދުމަ" ސީރީޒް އަށް ދިން އިންޓަވިއުއެއްގައި ފިއްޓެ ބުނީ އޭނާ ކުޑައި ރޯދަ މަސްތަކުގައި މާލޭ މަގުމަތީގައި ރޯދަ ކުރުކުރަން ހިނގާލާ ކަމަށެވެ. އޭރު މާލެއަކީ ދިރިއުޅެން ރަނގަޅު ތަނެއްކަމަށް ފިއްޓެ ބުންޏެވެ. 

"މާލޭ މޫދުގަ އުޅޭ މަސްތަކާ. އަތިރިމަތީ އުޅޭ ދޫނިތަކާ ފެނުނީމަވެސް ރޯދަ މަތިން ވެސް ހަނދާން ނެތޭ ބަނޑުހައިކަން ފިލައިގެން ދޭ،" ފިއްޓެ އޭނާގެ ރޯދަމަހުގެ އެންމެ ދުރުހަނދާން ހިއްސާ ކުރަމުން ބުންޏެވެ.

ފިއްޓެ ބުނީ އޭނާގެ ރޯދަމަހުގެ ހަނދާންތަކާއި ކުޑައިރުގެ ހަނދާންތައް މާލެއާ ގުޅިފައިވީނަމަވެސް މިހާރު މާލެއަކީ "ނޭވާލާން އޮކްސިޖަން ވެސް ނުލިބޭ" ތަނެކެވެ. މިހެންކަމުން ފިއްޓެ ބުނީ އެނާ މިހާރު ދިރިއުޅެނީ "ނޭވާ ލެވޭވަރުގެ ރަަށްރަށުގައި" ކަމަށެވެ. 

ފިއްޓެ ވަނީ އެނާގެ ގިނަ އާޓިސްޓިކު ހުނަރުތަކާ ގުޅޭގޮތުން ވެސް ވާހަކަ ދައްކާފައެވެ. އޭގެ ތެރޭގައި، އެކްޓިން، ލަވަކިއުން، ކްރިއޯގްރާފީ، ކުރެހުން އަދި ކެއްކުން ހިމެނެވެ. 

ފިއްޓެ ދީފައިވާ އިންޓަވިއު ބައްލަވައިލެއްވުމަށް މި ހަބަރާއެކު ހީރަސްކުރެވިފައިވާ ވީޑިއޯ ބައްލަވާލައްވާށެވެ. 

56%
ކަމުގޮސްފި
19%
އަޑުއެހިތާ މިހުރީ
11%
ސަތޭކައަކުން ސުމެއް
15%
ވަރަށް ސަލާމް
ކޮމެންޓްސް