ރޯދަ ހިފުމަކީ އެކަމުގައި ގިނަގުނަ މަންފާތަކެއް އެކުލެވިގެންވެއެވެ. މިހެންކަމުން މުސްލިމުން ނޫނަސް މުސްލިމު ގައުމުތަކުގައި ދިރިއުޅޭ ބައެއް މީހުން ރޯދަ މަހު މުސްލިމުންނާއެކު ރޯދަ ހިފައެވެ.

Advertisement
މިގޮތުން ދުބާއީގައި ދިރިއުޅޭ މުސްލިމު ނޫން ނަރުހުންތަކެއް ވަނީ އެމީހުން ރޯދަ ހީފާ ސަބަބުތައް ކިޔައިދީފައެވެ.
އެމީހުން ބުނާގޮތުން މި ބަރަކާތްތެރި މަހުގައި ރޯދަ ހިފަހައްޓަނީ އެމީހުންގެ އެކުވެރިންނާ އެއްބައިވަންތަކަން ފާޅުކުރަން ބޭނުންވާތީ އެވެ. އޭގެ ތެރެއިން ބައެއް މީހުންނަށް މިއީ ރޯދަ ހިފުން ފުރަތަމަ ފަހަރު ކަމުގައި ވާއިރު އަނެއް ބަޔަކަށް މިއީ އަހަރަކު އެއްފަހަރު ކުރާ ކަމެއް ކަމަށް ވެސް ބުންޏެވެ.
ނަރުހުން ބުނާ ގޮތުގައި މި މާތް މަހު ރޯދަ ހިފުމަކީ އެމީހުންގެ ދިރިއުޅުމުގެ ބަޔަކަށް މިހާރުވަނީ ވެފައެވެ. އަދި އެމީހުން ރޯދަ ހިފުމުގެ ސަބަބުން ސިއްހީ ގޮތުން ގިނަ ފައިދާތަކެއް ލިބޭކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
“އަޅުގަނޑުމެންގެ އެކުވެރިންގެ ތެރެއިން 20 އަށް ވުރެ ގިނަ މީހުން މި މާތް މަހު ރޯދަ ހިފައިގެން އެބަތިބި. އަޅުގަނޑުމެންގެ ގައިރު މުސްލިމް އެކުވެރިން މިދަނީ ރޯދަ ހިފައިގެން ތިބި މީހުންނަށް އެއްބާރުލުން ދެމުން. އަހަރެން މަސައްކަތް ކުރަނީ ކޮންމެ އަހަރަކު ވީހާވެސް ގިނަ ދުވަހު ރޯދަ ހިފުމަށް،” ދުބާއީގެ ނާސިން މެޑިއޯ ހޮސްޕިޓަލްގެ އެސިސްޓެންޓް ޑިރެކްޓާ ޝޯބާ ވަރުގޭސޭ ވިދާޅުވިއެވެ.
ޝޯބާ ވިދާޅުވީ ރޯދަ ހިފުމުން އަހަރެންގެ އަމިއްލަ ނަފްސައްކުރާ އިތުބާރު ވަރުގަދަ ވެގެންދާކަމަށެވެ. އަދި ބޭކާރު ހިޔާލުތައް ސާފުވެގެންދާކަމެއް ކަމަށާއި އެއީ "ސިކުނޑި ޑިޓޮކްސިފައިކޮށް ޕޮޒިޓިވިޓީ ގެނެސްދޭ ކަމެއް،” ޝޯބާ އިތުރަށް ވިދާޅުވި އެވެ.
މެޑިއޯ ހޮސްޕިޓަލުގައި މަސައްކަތް ކުރާ ޖޭސީ ޖޯސެފްއަށް ވެސް ރޯދަ ހިފުމަކީ އައު ކަމެއް ނޫނެވެ. ސައުދީ އަރަބިއްޔާގައި ދިރިއުޅުއްވި އިރު، އެތަނުގެ މުސްލިމް އެކުވެރިންނާ އެކު ރޯދަ ހިފަން ފެށި އެވެ.
“އަޅުގަނޑު މީގެ ކުރިންވެސް މުސްލިމް އެކުވެރިންނާއެކު ބަރަކާތްތެރި މަސް ފާހަގަކުރަމުން އައިން. ނަމަވެސް މިއީ ދުބާއީގައި އަޅުގަނޑުގެ ފުރަތަމަ ރޯދަމަސް. މިއަހަރު މާ ހާއްސަ ވެގެން ދަނީ ރޯދަ މަހާއި ދިމާކޮށް އީސްޓާ އަށް ތައްޔާރުވުމުގެ ގޮތުން ކްރިސްޓިއަނުން ނަމާދުކޮށް ރޯދަ ހިފުމުގެ އަހަރީ ދުވަސް ކަމަށްވާ ލެންޓާ ދިމާވާތީ. ރޯދަ ހިފުމަކީ އާއިލާއެއްގެ ގޮތުގައި އެއްތަނަކަށް އެއްވެ، ގުޅުން ރަނގަޅުކޮށްދޭކަމެއް،” ޖޭސީ ބުންޏެވެ.
އެ ހޮސްޕިޓަލުގެ ގައިނެކޮލޮޖީ ޑިޕާޓްމަންޓުގެ ޕްރިޓީ މަތީން ވެސް ރޯދަ ހިފަމުން އަންނަތާ ތިން އަހަރު ވެއްޖެ އެވެ.
“އަޅުގަނޑުމެންގެ ޑިޕާޓްމަންޓް ހޮސްޕިޓަލުގައި މުޅި އަހަރު ދުވަހު ބިޒީ. އަހަރެންގެ ގިނަ އެކުވެރިން ރޯދަ ހިފައިގެން މަސައްކަތް ކުރޭ. އެހެންކަމުން، މީގެ ތިން އަހަރު ކުރިން، އަޅުގަނޑު އެމީހުންނާ ގުޅިގެން މާތްމަހު ރޯދަ ހިފުން އުޅުނިން. އަހަރެންނަށް އެކަން ކުރެވޭނެ ކަމެއް އޭރު ނޭގެ. އެކަމަކު އެއީ އަހަންނަށް ގަބޫލުކުރަން ދަތި ތަޖުރިބާއެއް. އަހަރެން ރޯދަ ހިފައިގެން ހުންނައިރު މަސައްކަތް ކުރަން އުނދަގޫ ކަމެއް ނޫނެވެ. އެއީ ރޯދަ ހިފާއިރު މާތްالله އަހަރެމެންނަށް ބާރު ދެއްވާ ކަމުގެ އިހުސާސް ކުރެވޭ،” މަތީން ކިޔައިދިނެވެ.
އެ ހޮސްޕިޓަލުގެ ނާސިން ޑިރެކްޓަރު ނަޒީރާ ސައިދު ވިދާޅުވީ، މަސައްކަތުގެ މާހައުލުގައި ޒިންމާތައް އަދާކުރުމުގައި ވެސް ގައިރުމުސްލިމުގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް މުސްލިމުންނަށް ރޯދަ މަހު ލިބޭކަމަށެވެ.
"އަޅުގަނޑުމެންގެ ރޯދަ ނުހިފާ އެކުވެރިން ކުރިއަށް އައިސް ރޯދަ ހިފާ މީހުންނަށް އެހީތެރިވެދީ އިތުރު މަސައްކަތްތަކެއް ފަށާނެ. އަމިއްލަ އެދުން ކުޑަވުމާއި ހިއްސާކުރުމަކީ އަޅުގަނޑުމެން އަބަދުވެސް ދަމަހައްޓައި އުފާފާޅުކުރާ ކަމެއް،” ނަޒީރާ ސައިދު ވިދާޅުވި އެވެ.
ނަޒީރާ ވިދާޅުވީ މުސްލިމުންވެސް ރޯދަ މަހު ރޯދަ ހިފުމަކީ ސިއްހީގޮތުން އެތައް ފައިދާއެއް ވާނެކަމެއް ކަމަށެވެ. އަދި ރޯދަމަހު ރޯދަ ހިފުމުގެ ފައިދާ ފެނި ގައިރު މުސްލިމުންވެސް ރޯދަ ހިފަމުން އަންނައިރު ރޯދަ ހިފުމާމެދު މުސްލުމުންގެ ތެރެއިން ބައެއް މީހުން ސުވާލު އުފައްދަނީ އެމީހުންނަށް އެކަށީގެންވާ ސިއްހީ މައުލޫމާތު ނޭގޭތީކަމަށް ވެސް ނަޒީރާ ވިދާޅުވިއެވެ.