ads
މޮޑެލް އަދި ފިލްމީތަރި ރަޒާން (ރެކްސް)
ރޯދަމަހު އެންމެ ހަނދާންވަނީ ރަށްމަތިން: ރަޒާން
ރޯދަމަހު އެންމެ ހަނދާންވަނީ ރަށް މަތިންކަމަށް މޮޑެލް އަދި ފިލްމީ ތަރި އާއިޝަތު ރަޒާން ރާމިޒް (ރެކްސް) ބުނެފިއެެވެ.

ސީއެންއެމްގެ "ރޯދައިގެ ހަނދުމަ" ސީރީޒް އަށް ދިން އިންޓަވިއުގައި ރެކްސް ބުނީ އޭނާ ރޯދަމަސް އައުމުން އެންމެ ހަނދާންވަނީ އޭނާ ރަށުގައި އުޅުނުއިރު މަންމައާއެކު ބަދިގޭގައި ކައްކާ ހަނދާންކަމަށެވެ. އަދި އޭނާ ސްކޫލް ދުވަސްވަރު ރަށުގައި ރަހުމަތްތެރިންނާއެކު ޖެހި ސަކަރާތްމަތިން ވެސް ވަރަށް ހަނދާންވާކަމަށް ވެސް ރެކްސް ބުންޏެވެ. 

ގދ. ތިނަދޫ އަށް ނިސްބަތްވާ ރެކްސް ބުނީ އޭނާ އަކީ ވަރަށް މޮޅަށް ކަށްކަން ދަންނަ މީހެއް ކަމަށެވެ. ސަބަބަކީ ރަށުގައި މަންމާއެކު ކައްކައި އުޅުމުންކަމަށެވެ.  

"ރޯދަމަސް އަޔަސް ވަކި ކެއުމަކަށް ބަދަލެއް ނާދޭ. އެންމެ ކާހިތްވަނީ ގަރުދިޔައާ ބަތާ. އެކަމަކު ފޮނި އެއްވެސް އެއްޗެއް ނުކެވޭނެ،" ސީއެންއެމްއާ ވާހަކަ ދައްކަމުން ރެކްސް ބުންޏެވެ.

ރެކްސް ވަނީ އެނާއަށް ހަދަން ދަންނަ ބައެއް ކާތަކެތީގެ ނަންވެސް ކިޔާފައެވެ. 

ސީއެންއެމްއަށް ރެކްސް ދީފައިވާ އިންޓަވިއު ބަލައިލުމަށް މި އާޓިކަލްއާއެކު ހީރަސްކުރެވިފައިވާ ވީޑިއޯ ބައްލަވާލައްވާށެވެ. 

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް