ads
ނިއު މުރައްބާގައި އަޅާ ވާޗުއަލް ރިއަލިޓީ ސެންޓަރު 'މުކާބް'
ގެފުޅުގެ ސިފައިގައި ސައުދީގައި އަޅާ އިމާރަތުގެ ހަގީގަތަކީ ކޮބާ؟
ކައުބަތުﷲ ގެފުޅު ސިފަވާތޮތައް ސައުދީ އަރަބިއްޔާގައި ބޮޑު ބިޔަ އިމާރާތެއް އެޅުމަށް އެގައުމުން ކޮށްފައިވާ ޕްލޭންގެ އެންމެ ފަހުގެ މައުލޫމާތު ސައުދީ ސަރުކާރުން ހިއްސާކޮށްފިއެވެ.

މި އިމާރާތް އަޅަން ނިންމާފައިވަނީ އަކައެއް ނުވަތަ "ކިއުބެއް" ގެ ސިފައިގައެވެ. އަދި މި އިމާރާތަކީ ވާޗުއަލް ރިއަލިޓީ (ވީއާރު) ބޭނުންކޮށްގެން މުޅި އިމާރާތުގެ އެތެރެއާ ބޭރުގެ މަންޒަރުތައް އެއްކޮށް ބަދަލުކޮށްލުމުގެ ގާބިލުކަން ލިބިފައިވާ އިމާރާތެކެވެ.

މި އިމާރާތުގެ ޕްލޭން އާންމުކުރުމާއެކު ފާޑުކިޔާ ބައެއް މީހުން ބުނާގޮތުން "ނިއު މުރައްބާ" ސިޓީގެ އެތެރޭގައި އަޅާ ރިއަލިޓީ ސެެންޓަރު "މުކާބް" ނަމުގައި އަޅާ މި އިމާރާތް ވައްތަރީ މުސްލިމުގެ ގިބުލަ ކައުބަތުﷲ ގެފުޅާކަމަށެވެ.

ނަމަވެސް ސައުދީ ސަރުކާރުން މި އިމާރާތުގެ ސިފައާއި ގުޅޭގޮތުން އަދި އެއްވެސް އެއްޗެއް ހާމައެއް ނުކުރެއެވެ. ނަމަވެސް އިމާރާތުގެ މޮޅުކަމާއި ގުޅޭގޮތުން ގިނަ މައުލޫމާތުތަކެއް ވަނީ ހާމަކޮށްފައެވެ. 

ނަމަވެސް "މުކާބް" އަކީ ގެފުޅަށްވުރެ މާބޮޑުކޮށް އަދި މާ އުސްކޮށް އާޅާ ތަނެކެވެ. މުކާބްގެ ބޮޑުމިނުގައި 1،300 އަކަފޫޓު ހުންނައިރު، އުސްމިނުގައި ވެސް 1،300 ފޫޓު ހުރެއެވެ. 

މި އިމާރާތާއި އައު ޑައުންޓައުން ސަހަރުގެ މަސައްކަތް 2030 ވަނަ އަހަރާއި ހަމައަށް ނިންމާލުމަށް އެގައުމުގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ވަނީ އަމަޒު ކަނޑައަޅުއްވާއެެވެ. 

your imageނިއު މުރައްބާގެ މުކާބްގެ އެތެރެ

ސައުދީގެ މީޑިއާއިން ރިޕޯޓުކޮށްފައިވާފޮތުން "ނިއު މުރަބާ" ވެގެން ދާނީ މުޅި ދުނިޔެގައި ވެސް އެޅޭ އެންމެ ޒަމާނީ "ޑައުން ޓައުން" އަށެވެ.

މުޅި މި ސަހަރުގެ ތެރޭގައި ޓޫރިސްޓު ހޮޓާތަކާ، ރެސްޓޯރަންޓު އަދި އާންމުން ދިިރިއުޅުމަށް އެޕާޓުމަންޓުވެސް އެޅުމަށް ވަނީ ނިންމާފައެވެ. 

ނިއު މުރައްބާ ޑިވެލޮޕްމަންޓު ކޮންޕެނީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ޓައުންގެ އިމާރަތް އަޅަމުން ގެންދަނީ 'ނަޖްދީ' އާކިޓެކްޗާ ސްޓައިލަށް ކަމަށެެވެ.  

"މި ސަހަރުގެ ބޭނުމަކީ ވާޗުއަށް ޓެކްނޮލޮޖީ އަދި ހޮލޯގްރެފިކްސް ތަޖުރިބާކޮށްލުމަށް ޒިޔާރަތް ކުރާ ފުރަތަމަ މަންޒިލަކަށް ސައުދީ ހެދުން، ފަތުރުވެރިންނަށް ސައުދީގެ ސަގާފަތްވެސް މިތަނުން އެނގިގެންދާއިރު ވިޔަފާރި ކުރުމަށް ފިހާރަތަކެއް ވެސް މިތަނުގައި އަޅާނެ" ބަޔާނުގައި ބުނެފައިވެއެވެ.

މި އިމާރާތް އަޅާނީ ރިޔާދުގެ ހުޅަނގުއުތުން ކިންގް ސަލްމާން މަގާއި، ކިންގް ހާލިދު މަގު ގުޅޭ ޖަންގުޝަނުގައެވެ.

"ނިއު މުރައްބާ" ގައި ރައްޔިތުން ދިރިއުޅުން 104،000 (އެއްލައްކަ ހަތަރު ހާސް) ހައުސިން ޔުނިޓު އަޅާއިރު، 9،000 ހޮޓާ ކޮޓާރިވެސް އަޅާނެއެވެ. ފިހާރަ ބަރިއާއި ކުޅިވަރު ކުޅެ މުނިފޫހި ފިލުވާނެ ސަރަހައްދުތައްވެސް މިތަނުގައި ހިމެނެއެވެ. 

މި އިމާރާތް އެޅުމުގެ ސަބަބުން ސައުދީގެ ތެލާއި ގުޅުން ނެތް 334،000 ވަޒީފާ އުފެދޭނެކަމަށް ސައުދީ ސަރުކާރުން ބުނެއެވެ.  

18%
ކަމުގޮސްފި
18%
އަޑުއެހިތާ މިހުރީ
36%
ސަތޭކައަކުން ސުމެއް
27%
ވަރަށް ސަލާމް
ކޮމެންޓްސް