ads
އާއިލާގެ އެންމެން ވަނީ މަރުވެފައި، މަރުވެފައިވާ އާއިލާގެ މެމްބަރުންގެ ހަށިތައް ކައިރީ އިށީދެލައިގެން އިން މީހެއް
އާއިލާގެ އެންމެން ނިޔާވީ، ވަޅުލެވެންދެން ފުރާނަނެތް ހަށިތަކުގެ ކައިރީ އިނުން ގޮތެއް ނެތް!
މިދިޔަ ހޯމަ ވިލޭރޭ ތުރުކީ ސީރިއާ ބޯޑަރު ސަރަހައްދަށް ރެކްޓަ މިންގަނޑުން 7.8 ގެ ބާރުމިނުގެ ބިންހެލުމެއް އައިސް ޒަލްޒަލާއެއް ގެނުވިއިރު، ހިނދުކޮޅެއްގެ ތެރޭގައި އިމާރާތައް ވެއްޓި މުޅި ސަރަހައްދު ގެތަށް ބިމާއި ހަމަވިއެވެ. ބާރުގަދަ ގެއްލުންބޮޑު މި ބިންހެލުން ވެގެން ދިޔައީ 12 އަހަރުވީ ސީރިއާގެ ދާހިލީ ހަނގުރާމާގައި އެތައް ކެކުޅުންތަކެއް ތަހައްމަލް ކުރަންޖެހިފައިވާ ސީރިސާގެ ނިކަމެތި ރައްޔިތުންގެ ރިހޭ ފައިމައްޗަށް ފޮއި ވެއްޓުންފަދަ ވޭންހުރި ކަމަކަށެވެ.

ބިން ހެލުމުގައި ފުޑުފުޑުވެގެން ބިމާ ހަމަވި ހުސް އިމާރާތްތަކުގެ ދަށުގައި މިއަދު ތިބި އެތައް ހާސް އާއިލާގެ ތެރެއިން އެއްބަޔަކީ ހުއްޓުމެއްނެތި ކޮންމެ ދުވަހަކު ކަހަލަގޮތަކަށް އަޅަމުންދާ ބޮމުގެ ހަމަލާތަކުން ގެދޮރު ބިމާއި ހަމަވެފައިވާތާ އެތައް އަހަރެއްވެ، ބޯހިޔާވަހިކޮށްލެވޭނެ ފަދައެއް ނެތިފައިތިބި މީހުން ނެވެ. 

މުޅި ސީރިއާގެ ތެރެއިން ފެންނަނީ ބިމާއި ހަމަވެފައިވާ އިމާރާތްތަކާއި ފުރާނަނެތް ހަށިތަކެވެ. ނިކަމެތިވެފައިވާ ތުއްތު ކުދިންނުން ފެށިިގެން ދުވަސްވީ އުމުރުގެ މީހުން ނެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އެތައް ފޮޓޯތަކަކާއި ވީޑިއޯތަކުން ދައްކުވައިދެނީ މިފަދަ އެތައް ބަޔެކެވެ. 

އެތައް އާއިލާއެކެވެ. އެއްބަޔަކު ތިބީ ދުނިޔެދޫކޮށްފައިވާ އާއިލާ މެމްބަރުންގެ ހަށިތައް ކައިރީގައި ބާއްވައިގެން އެމީހުންގެ ޖަނާޒާ ބޭއްވެންދެން މަޑުކޮށްލައިގެން ނެވެ. ލައިގެން ހުރި އަންނައުނު ފިޔަވައި އަތުގައި އިތުރު އެއްވެސް އެއްޗެއް ނެތެވެ. 

މައެއް މީހުން އަވަދިނެތި އުޅެނީ މަރުވެ މައިދާންތަކާއި ސްޓޭޑިއަމް ތަކުގައިތިބި މީހުންގެ ތެރެއިން އެމީހުންގެ އާއިލާގެ މެމްބަރުން ހޯދުމުގައެވެ. ކޮޅުކޮޅުމައްޗަށް ދުވަނީ އާއިލާގެ މެމްބަރުން ނުފެނިގެންނެވެ. އޭގެތެރެއިން އެކަކީ ތުރުކީ މީހަކާއި ކައިވެނިކޮށްގެން އުޅޭ ސީރިއާގެ ރެފިއުޖީ އަންހެނެއްކަމަށްވާ ނަދާ އެވެ. 

"އަހަރެންގެ ބޮޑު ދައިތައާއި ދަރިފުޅު މިތަނުން ހޯދަން އެންމެ ފަސޭހަ ގޮތަކީ ކޮބާ؟ އެމީހުންގެ ގެވަނީ ސުންނާފަތިވެފައި. އެމީހުން އެތަނަކު ނެތް. އެމީހުންވީ މިތާ"

your imageބިންހެލުމުގައި މަރުވެފައިވާ މީހުން

އެމީހުންގެ ދަރިއަކު ނެތްނަމަވެސް އެމީހުން މުޅި ސަރަހައްދުގައި އަތްފުނާއަޅަމުން އެދަނީ ނަދާގެ ބޮޑުދައިތަ އާއި އޭނާގެ ދަރިފުޅުގެ ހަބަރެއް ނުވެގެންނެވެ. މަރުވެފައިވާ އެތައްބަޔަކު ތިބި މައިދާނެއްގެ ގައި އެމީހުން ކުރަމުންދަނީ އެންމެ ސުވާލެކެވެ. އެސުވާލަށް ދޭނެ ޖަވާބެއްވެސް އެސަރަހައްދު ބަލަހައްޓަންތިބި މީހުންނަކަށް ނެތެވެ.

އެސަރަހައްދުން ބަލަހައްޓަން ތިބި މީހުން ނަދާއަށް ދިނީ އެންމެ ޖަވާބެކެވެ. އެކިމީހުން ވަކިވަކިން ބަލަމުން ދޭ! އެނޫންގޮތެއް މިއަދަކު ނެތް!

your imageމިކުއްޖާ ސަލާމަތްކުރިއިރު ނުކައި ނުބޮއި ފިނީގައި އޮންނަތާ 40 ގަޑިއިރު ވެއްޖެ، އާއިލާ އެންމެން ވަނީ މަރުވެފައި

އެކަމަކު އެ ލޯތަކުން ކަރުނައިގެ އަަސަރެއް މަދުން ނޫނީ ނުފެނެ އެވެ. ބިން ހެލުމާއި ގުޅިގެން ޖެހިޖެހިގެން އައި ލޮޅުންތަކުގައި ފުޑުުފުޑުވެގެން ވެއްޓެމުންދިޔަ ބޮޑެތި އިމާރާތްތަކުގެ ދަށުނުވާން ދުވަމުންދިޔައިރު އަދި އާއިލާ މީހުން ހޯދުމަށް ދުވަމުންދިޔައިރު ލީ ހަޅޭއް ފިޔަވައި މިއަދު އެ މީހުންގެ ހަޅޭކުގެ އަޑެއް ނީވެ އެވެ. 

މުޅިން ހަމަހިމޭންވެ މީހުން ސަލާމަތް ކުރުމާއި، އާއިލީ މެމްބަރުން ހޯދުމުގައި އަދި އަނެއްބަޔަކު ޖަނާޒާތަކުގައި ކެތްތެރިކަމާއިއެކު އަަވަދިނެތި އުޅެނިއްޔެވެ. މާތްﷲ މިންވަރު ކުރެއްވި ގޮތަށް ރުހި ވަގުތީ މިދުނިޔޭގައި ދެން އޮތް ވަގުތުތައްވެސް ޝުކުރުވެރިކަމާއި ވޭތުކުރުމުގެ އުންމީދުގައެވެ. މާތްﷲގެ ކަލިމަފުޅުތަކާއި ތަކުބީރުތައް ދުލުން ކިޔާލަ ކިޔާލައެވެ. 

your imageގެއެއްގެ ދަށުގައި ތާށިވެފައިވާ މިދެބެއިން 17 ގަޑިއިރުފަހުން ފެނުނުއިރު ކޮއްކޮ ހިމާޔަތް ކޮށްދީގެން ތުއްތު ދައްތަ ހިނިތުންވެލައިގެން——ފޮޓޯ: އައިއޭސީ

އެމީހުންނަށް މިއީ މުޅިން އާ ކަމެއްކަމަށްވެސް ނުވާނީ އެވެ. އިންސާނީ ހައްގުތަކާއި އަސާސީ އެތައް ހައްގަކުން މަހުރޫމުވެ މުޅި ދުނިޔެއާއި ވަކިން ބައެއްގެ އަޅާލުމާއި، ޝައުގުވެރިކަމެއްވެސް ނުލިބި އަނިޔާގައި އުޅޭތާ ކިހާ ދުވަހެއް ހެއްޔެވެ؟ 

މީގެ ކުރީން އެމީހުންގެ ގެތަައް ސުންނާފަތި ވެގެން ދިޔައީ ގުދުރަތީ ކާރިސާއަކުން ނޫނެވެ. މުޅި އާއިލާ ދުނިޔެ ދޫކުރީވެސް ގުދުރަތީ ކާރިސާއެއްގައެއް ނޫނެވެ. ބައެއްގެ ލާއިންސާނީ އަމަލުތަކުން ނެވެ. ކޮންމެ ދުވަހަކު އިިންޒާރެއްނެތި އަޅަމުންދިޔަ ބޮން ތަކުން ނެވެ. ކުށެއްނެތި ގަތުލުކުރަމުންދިޔައީ އެވެ. އެދުވަހުވެސް އެ ދޫތަކުން ތަކުބީރު ނޫން އަޑެއް ނީވެ އެވެ. މިއަދު އެ ނޫން އަޑެއް އިވެންވީ ކީއްވެހެއްޔެވެ؟

your imageބައްޕައަކު އޭނާގެ ކުޑަދަރިފުޅު އުރާލައިގެން

ބިންހެލުމުގައި މަރުވި މީހުންގެ އަދަދު މިހާރު 11000 ހުރަސްކޮށްފައިވާއިރު އޭގެތެރެއިން 2500 އަށްވުރެ ގިނަ މީހުންނަނީ ސީރިއާގެ ނިކަމެތި ރައްޔިތުންނެވެ. އޭގެން ބައެއް މީހުންގެ މުޅި އާއިލާ ގެއްލި ދިޔައުރު އެމަންޒަރު ބަލަން ފުރާނަނެތް ހަށިތައް ވަޅުލެވޭނެ އިރެއްގެ އިންތިޒާރުގައި ކައިރީގައި ބާއްވާލައިގެން ތިބުން ނޫންގޮތެއް އެ މުސްލިމް އަހުންނަަކަށް ނެތެވެ. 

ﷲ އަށް ހަމްދުކުރަމުން ދާއިމީ ދުނިޔޭގައި ހަމަޖެހުން ލިބޭނެކަމުގެ ފޮނި އުންމީދުގައި ތިބޭއިރު އެ މޫނުމަތިން މަޑު ހިނިތުންވުމާއި ޝުކުރުވެރިކަން ނޫނީ ނުފެނެ އެވެ. 

29%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
57%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް