ads
މެޑިކަލް ވޯކަރަކު ގޭތެރޭގެ ސާމާނާއި ބަލި މީހުންނަށް ކާބޯތަކެތި ވިއްކާ ވެންޑަރަކާ ވާހަކަ ދައްކަނީ - ފޮޓޯ:ރޮއިޓާސް
މި އަހަރު ލަންކާގެ އިގުތިސާދު 4 އިންސައްތަ ދަށަށް ދާނެ ކަމަށް ލަފާކޮށްފި
މި އަހަރުގެ ތެރޭގައި ސްރީ ލަންކާގެ އިގުތިސޯދު 3.5 އާއި 4 އިންސައްތަ އާ ދެމެދުގެ މިންވަރެއްގައި ދަށަށް ދާނެ ކަމަށް ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެއެވެ.

"2024 ވަނަ އަހަރުން ފެށިގެން އިގުތިސޯދު ރަނގަޅު ކުރިއެރުމަކަށް ގެންދާނަން. އަޅުގަނޑުމެން މި ގާއިމު ކުރަނީ އެއްވެސް މީހަކަށް ބޯނުލަނބާ، ދަރަނި ނެތް ހަރުދަނާ ގައުމެއް،" ރަނިލް ވިދާޅުވިއެވެ.

"މިދިޔަ އަހަރު އިގުތިސޯދު ކުރިއެރި މިންވަރު ހުރީ މައިނަސް 11 އިންސައްތައިގައި. މި އަހަރު އެ މިންވަރު އުޅޭނީ 3.5 އާއި 4 އިންސައްތައިގައި،" - ރަނިލް

އޭނާ އިތުރަށް ވިދާޅުވީ ޓެކްސް ބޮޑުކުރުމާއި ދައުލަތުގެ އާންމު ހަރަދު ކުޑަކުރުމުގެ އިތުރުން ދަރަނި ރީސްޓްރަކްޗާ ކުރުން ފަދަ ސިޔާސަތުތަކަށް ގެންނަން ޖެހޭ އުނދަގޫ ބަދަލުތައް ހިމެނޭ އިގުތިސޯދީ ޕްރޮގްރާމްތައް ތަންފީޒު ނުކުރެވިއްޖެ ނަމަ، ގައުމުގައި އިތުރު ސިޔާސީ ހަމަނުޖެހުންތަކެއް އުފެދިދާނެ ކަމަށެވެ.

މިދިޔަ އަހަރުގެ މެއި މަހާއި ޖޫން މަހެކޭ އެއްފަދައިން އަނެއްކާވެސް ގައުމު ކާރިސާއަކަށް ވެއްޓުމަކީ އެއްވެސް މީހަކަށް ހުއްޓުވޭނެ ކަމެއް ނޫން ކަމުގައި ރަނިލް ވިދާޅުވިއެވެ.

އިނގިރޭސިންގެ ކިބައިން 1948 ވަނަ އަހަރު މިނިވަންވީއްސުރެ ނުދެކޭ ފަދަ ބޮޑު ތަދުމަޑުކަމަކާ ލަންކާ އިން މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ކުރިމަތިލާން ޖެހުނެވެ. ބާވީސް މިލިއަން މީހުންގެ އާބާދީ އެއް އޮންނަ އެ ގައުމަށް ބޭރު ފައިސާ ލިބުން ދަތިވެ، އިންފްލޭޝަނާއި ބޮޑު ރިސެޝަނަކާ ކުރިމަތިވިއެވެ.

ނިމިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ލަންކާގެ ސަރުކާރުން އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އާއެކު، 2.9 ބިލިއަން ޑޮލަރުގެ ޕްރޮގްރާމެއް ކުރިޔަށް ގެންދިއުމަށް އިބްތިދާއީ އެއްބަސްވުމެއްގައި ސޮއިކޮށްފައި ވީ ނަމަވެސް، އެ ފައިސާ ދޫކުރަން ފެށުމުގެ ކުރިން އެ ގައުމުގެ ދަރަނި ދެމެހެއްޓެނިވި ގޮތަކަށް ކުރިޔަށް ގެންދަން ޖެހެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް