މެޖެންޓާ އަކީ ފިޔާތޮށި، ރަތް އަދި ދަނބު ކުލަ އެއްވެގެން ނުކުތް ކުލައެކެވެ. 2023 ވަނަ އަހަރުގެ ކުލައިގެ ގޮތުގައި، މި ކުލަ ކަނޑައަޅާފައިވަނީ، ”އިޓް ކަލާ “ ގެ ނަމުގައި ކޮންމެ އަހަރަކު އަހަރުގެ ކުލަ ކަނޑައަޅަމުންދާތާ 20 އަހަރުވެފައިވާ ދުނިޔޭގެ މަޝްހޫރު ކުލައިގެ މާހިރުން ”ޕެންޓޯން ކަލާ އިންސްޓިޓުޓް“ އިންނެވެ.
ޕެންޓޯން އިން ކޮންމެ އަހަރަކު އަހަރުގެ ކުލަ ކަނޑައަޅަނީ ބައިނަލްއަގުވާމީ، ޓްރެންޑްތަކާއި، ފެޝަންތައް އަދި ސިޔާސީ ހަރަކާތްތަކާއި ސޯޝަލް މީޑިއާގެ ހަރަކާތްތައް ބަލައި ދިރާސާކުރުމަށްފަހު އެވެ.
އެ އިންސްޓިޓިއުޓުން ބުނާގޮތުގައި މިއަހަރު ކަނޑައަޅާފައިވާ ވިވާ މެޖެންޓާ ކުލަ ރަމްޒުކޮށްދެނީ ”ރަތް އާއިލާއިން ތިރިވަމުންދާ، ގުދުރަތުން ބިންވަޅު ނެގި ހިޔަނި، އަދި ބާރުގެ އާ ސިގްނަލެއް ހާމަކުރާ އެއްޗެއް " ގެ ގޮތުގައި ސިފަކުރާ އެއްޗެކެވެ.
އެ ކުލަ ރަމްޒްކުރަނީ ބާރުގަދަ، ބާރުވެރި، ކަރަންޓް، ބައުންޑަރީ ނެތް، ކެރޭ އަދި ހުރިހާ ފަރާތްތަކެއް ހިމެނުން ކަމަށް އެއިންސިޓިޓުން ބުނެ އެވެ.
މިއަހަރުގެ(2022) ކުލައިގެ ގޮތުގައި ޕެންޓޯން އިން ކަނޑައަޅާފައި އޮތް ކުލައަކީ ”ވެރީ ޕެރީ“ ނަމުގައި މަޑު ޖަންބު ކުލަ އެކެވެ.
އަހަރުގެ ކުލައިގެ ގޮތުގައި ޕެންޓޯން އިން ހިޔާރުކުރާ ކުލަތަކަކީ ފެޝަން، އިންޑަސްޓްރިއަލް ޑިޒައިން އަދި ޕްރޮޑަކްޓް ޕެކޭޖިން ފަދަ ހުރިހާ ސިނާއަތެއްގައި ޕްރޮޑަކްޓް ޑިވެލޮޕްމަންޓާއި ވިޔަފާރީގެ ނިންމުންތަކަށް ނުފޫޒު ފޯރުވާ ކުލަތަކެކެވެ.
ޕެންޓޯން އިން މިހާރުވެސް ވަނީ އަންނަ އަހަރަށް ކަނޑައަޅާފައިވާ ކުލަ މެޖެންޓާ އިން، ދުނިޔޭގެ މަޝްހޫރު ކުންފުނިތަކާ ގުޅިގެން ފޯނު، ވޯލްޕޭޕަ، ސްކޭޓް ޝޫޒް އަދި އެހެނިހެން ތަކެތި ނެރެފަ އެވެ.