މި ތައް ތިލަ ނީލަން ކިޔަން ނިންމާފައިވަނީ 40،000 ޕައުންޑު (696،354 ރުފިޔާ) އަށެެވެ.
މި އަތްތިލައިގައި ޑަޔާނާގެ ވެޑިން ރިންގުވެސް ހިމެނެއެވެ.
އަތްތިލަ ނީލަން ކިޔަނީ އިނގިރޭސި ވިލާތުގެ ރީމާން ޑެންސީ އޮކްޝަންސް އިން މި މަހުގެ 8 ވަނަ ދުވަހުއެވެ.
ޑަޔާނާ އަވަހާރަވީ 1997 ވަނަ އަހަރުގެ އޮގަސްޓު 31 ވަނަ ދުވަހު ފްރާންގެ ވެރިރަށް ޕެރިހުގައި ހިނގި އެކްސިޑެންޓެއްގައެވެ.
ޑަޔާނާގެ އޭރުގެ ފިރިކަލުން ޗާލްސް އަކީ މިހާރު އިނގިރޭސި ވިލާތުގެ ރަސްގެފާނެެވެ.