ads
ޔޮހާނީ——
ޔޮހާނީ މިއަދު ދިއްދޫއަށް، ފޮޓޯ ނަގަން ފުރުސަތު ލިބޭނެ
ލަންކާގެ މަޝްހޫރު ލަވަކިއުންތެރިޔާ ޔޮހަނީ މިއަދު ދިއްދޫ އަށް ދާގޮތަށް ހަމަޖެހިއްޖެ އެވެ.

އެރަށު ކައުންސިލުން ބުނީ، އޭނާ މިއަދު 15:00 ހާއިރު ދިއްދޫއަށް ދާނެ ކަމަށެވެ. ޔޮހާނީ އަށް މަރުހަބާ ކިއުން އޮންނާނީ އެރަށު ދެކުނު ސިޑި ސަރަހައްދުގަ އެވެ. 

ފޮޓޯނަގާލުމުގެ ފުރުސަތުވެސް އޮންނައިރު ފޮޓޯ ނެގުން އޮންނާނީ މިއަދު 17:00 ގައި އެރަށު ސްވިމިން ޓްރެކް ސަރަހައްދުގައި ކަމަށް ކައުންސިލުން ބުނެއެވެ.

ޔޮހާނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ރާއްޖެ އައީ ބައިސްކޯފުން އިންތިޒާމުކުރި މިއުޒިކް ޝޯ ޗަނާޗާ އަށެވެ. 

މިއީ އޭނާ ރާއްޖެ އައި ފުރަތަމަ ފަހަރެވެ. އެހެންވެ، މިމަހުގެ 29 ވަނަ ދުވަހު އޮތް އެ ޝޯއަށްފަހު އޭނާ ރާއްޖޭގައި ކުޑަ ދުވަސްކޮޅަކަށް މަޑުކުރާނެ ކަމަށް މީގެ ކުރިން ވަނީ ބުނެފަ އެވެ. 

އެ ޝޯއަށްފަހު އޭނާ މިހާރު ދަނީ ރާއްޖޭގެ ބައެއް ރަށް ރަށް ބަލައިލުމަށް ދަތުރުކުރަމުން ނެވެ.

40%
ކަމުގޮސްފި
40%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް