ads
ޖޭގެ ޓިކްޓޮކް ސްކްރީން ޝޮޓެއް
ސިއްސާލުމަށް ކުރި ކަމަކުން ޓިކްޓޮކް ތަރި ޖޭ ހޫނު ފެނަށް
"ޖޭސް ކައިންޑަފަނީ" ނަމުން ޓިކްޓޮކްގައި އުޅޭ މި ތަރި އަކީ މީހުން ސިއްސާލުމަށް ތަފާތު އެކި ވީޑިއޯ ހަދާ މީހެކެވެ.

އެގޮތުން ޝޮޕިން މޯލްއެއްގެ ތެރޭ ހޮޅި އެއް ބޭނުން ކޮށްގެން ކަންފަތް ކައިރީ ބަހެއް ބުނުމުން ސިއްސައިގެން ގޮސް ޖޭ ބިންމައްޗާ ވައްޓާލާ މަންޒަރު ފެންނަ ވީޑިއޯ ދަނީ ޓިކްޓޮކްގެ އިތުރުން ޝޯޝަލް މީޑިއާގެ އެކި ޕްލެޓް ފޯމްތަކުގައި އާއްމު ވަމުންނެވެ.

ވީޑިއޯއިން ފެންނަ ގޮތުން ބިން މައްޗަށް ވައްޓާލުމަށް ފަހު ކަރުގާ ހިފުމުން މީ ސަމާސާއެއް ކަމަށް ބުނެ ޖޭ ހަޅޭލަވަން ފަށަ އެވެ. ޖޭ މީގެ ކުރިން ވެސް އެ ފަދަ ކަންތައް އެތައް ބަޔަަކަށް ކޮށްފައިވާއިރު، ޖޭ ސަމާސާއެއް ކަމަށް ބުނުމުން ގިނަ މީހުން މާ ބޮޑު އަޅާލުމެއް ނުދިން ނަމަވެސް މިފަހަރު ކަންތައް ވީ މުޅިން ތަފާތު ގޮތަށެވެ.

މިލިއަނަށް ވުރެ ގިނަ މީހުން ބަލައިފައިވާ ޖޭގެ މި ވީޑިއޯއަށް އެތައް ބަޔަކު ދަނީ ފާޑު ކިޔާ ނުރުހުން ފާޅު ކުރަމުން ނެވެ. ގިނަ މީހުން ބުނާ ގޮތުގައި ސިއްސާލުމުގެ ސަބަބުން މީހާއަށް ހާޓް އެޓޭކް އެއް ޖެހުން ފަދަ ކަމެއް ވެސް ވެދާނެ ކަމަށާއި ޖޭ އަށް މިފަހަރު ކަންތައް އެ ވީ ރަނގަޅަށް ކަމަށް މީހުން ވަނީ ކޮމެންޓް ކޮށްފައެވެ. އެގޮތުން އެތައް ބައެއް މަލާމާތް ދަނީ ޖޭ އަށް ރައްދުވަމުންނެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް