ads
މައިންބަފައިން ދަރިންނަށް ކޮންމެހެން ކިޔާދޭން ޖެހޭ 15 ކަމެއް
ޓައިމްސް އޮފް އިންޑިއާ- ދަރިންނަށް ރިވެތި އާދަތައް ދަސްކޮށްދިނުމަކީ މައިންބަފައިންގެ ޒިންމާއެކެވެ. މިގޮތުން ދަރިންނަށް ދަސްކޮށްދޭން ޖެހޭ އާދަތަކުގެ ތެރެއިން ކޮންމެހެން ކިޔާދީ ބުނެދޭން ޖެހޭ 15 ކަމެއް ހިއްސާކޮށްލާނަމެވެ.

ފެމިނިޒަމްގެ ހަމަހަމަކަން ދަސްކޮށްދިނު

ވަކި ޖިންސަކަށް ހާއްސަކޮށް ތަފާތު ކުރުންތައް ނުގެންގުޅުމުގެ އިތުރުން ފެމިނިޒަމްގެ ހަމަހަމަކަން ދަރިފުޅަށް ދަސްކޮށްދޭށެވެ. 

ރޮވުމަކީ މައްސަލައެއް ނޫން ކަމުގައި ކިޔާއިދޭށެވެ. 

ދަރިފުޅަށް ރޮވެން އުޅޭ ކަމުގެ އިހްސާސްވާ ކޮންމެ ވަގުތަކު ރޮވުމަކީ މައްސަލަ އެއް ނޫން ކަމުގައި ކިޔައިދޭށެވެ. ރުއިމަކީ ހަމައެކަނި އަންހެން ކުދިން ކޮށް އެޅޭ ކަމެއް ކަމަށް ބުނެ ފިރިހެން ދަރިފުޅަށް ވިސްނުވައި ނުދޭށެވެ. 

އެއްވެސް މަސައްކަތަކީ ވަކި ޖިންސަކަށް ހާއްސަކުރެވިފައިވާ މަސައްކަތެއް ނޫންކަން ބުނެދޭށެވެ. 

އެއްވެސް މަސައްކަތަކީ ވަކި ޖިންސަކަށް ހާއްސަކުރެވިފައި ހުންނަ މަސައްކަތެއް ނޫން ކަމުގައި ދަރިފުޅަށް ކިޔައިދޭށެވެ. ދަރިފުޅު ކަމެއް ކުރަން ބޭނުން ވެއްޖެނަމަ އިތުރު ވިސްނުމަކާ ނުލާ އެކަމެއް ކުރާށެވެ. އެގޮތުން ބަދިގޭގެ މަސައްކަތްތައް ކަމަށްވާ ކެއްކުމާއި، ތަށި ދޮވުމަކީ ހަމައެކަނި އަންހެނުން ކުރާ މަސައްކަތެއް ނޫން ކަމުގައި އާއި ގޭގެ އެންމެން ކުރަން ޖެހޭ ކަމެއް ކަމުގައި ފިރިހެން ދަރިފުޅަށް ވެސް ކިޔާދޭށެވެ. 

އޯގާތެރި މީހަކަށް ވުމަށް ދަސްކޮށްދޭށެވެ. 

އިންސާނުން ހިމެނޭހެން ހުރިހާ މަހުލޫގުންނަށް އޯގާތެރިވާން ޖެހޭނެކަން ދަރިފުޅަށް ދަސްކޮށްދޭށެވެ. އެއްވެސް މީހަކަށް އޯގާތެރިނުވެ ނުދާށެވެ.

އެއްވެސް ކަމަކީ ނުވާނެ ކަމެއް ނޫން ކަމުގައި ވިސްނުވައިދޭށެވެ. 

ކަންތައްތައް ނުވާނެ ކަމަށް އޮންނަ އޮތުމަކީ ހަމައެކަނި ސިކުނޑީގައި ހަރުލާފައި ހުންނަ ކަމެއް ކަމުގައި ދަރިފުޅަށް ވިސްނުވައިދޭށެވެ. އަދި މި ނެގެޓިވް ހިޔާލު ދަރިފުޅު ކުރަން އިހްތިޔާރުކޮށްފައިވާ ކަމެއްގެ މައްޗަށް ގަދަވެދިޔަ ނުދޭން ބުނެދޭށެވެ. 

ހުރިހާ އެންމެންނަށް ވެސް އިހުތިރާމު ކުރަން ދަސްކޮށްދޭށެވެ.

ދަރިފަސްކޮޅަށް، ނަސްލަށް، ކުލައަށް، ދީނަށް އަދި ޖިންސަށް ބެލުމެއްނެތި ކޮންމެ މީހަކަށްވެސް އިހްތިރާމް ކުރަންޖެހޭނެކަން ދަރިފުޅަށް ދަސްކޮށްދޭށެވެ. މަގާމުގެ ގޮތުން ތިމާއަށްވުރެ ކުޑަވިޔަސް އޭނާއަށްވެސް އިހްތިރާމުކުރަން ދަސްކޮށްދޭށެވެ.

ދުވަހަކުވެސް ދޮގު ނަހަދާށެވެ. 

ތިމާގެ އިއްޒަތް ވެއްޔާއި މޮޑެވިގެން ދިޔަސް ދޮގު ނެހެދުމުގެ މުހިންމުކަން ދަރިފުޅަށް އުނގަންނައިދޭށެވެ. 

އެކަކު އަނެކަކާއި ގާތްވާ ގާތްވުމުގައި އަނެކަކުގެ ރުހުމަކީ ކޮންމެހެން ބޭނުންވާ އެއްޗެކަން ކިޔައިދޭށެވެ.

ގާތްކަމަކީ ހަމައެކަނި ބައިވެރިޔާއާ ގާތްވުން ނޫން ކަމަށާއި އޭގެ މާނައަކީ އިހްތިރާމް ކުރުމާއި އިތުބާރު ކުރުމާއި އެންމެ މުހިންމު ކަމަކަށް ބައިވެރިޔާގެ ރުހުން ލިބުން ކަން ދަރިފުޅަށް ކިޔައިދޭށެވެ. 

އާދައިގެ ކަމަކަށް ވުރެ ބޮޑު ކަމެއް މެދުވެރިވެއްޖެ ނަމަ ކޮންމެހެން ވެސް ހިއްސާކުރަން ދަސްކޮށްދޭށެވެ. 

ދިރިއުޅުމަކީ އަބަދުވެސް ފުރިހަމަ ކަމެއް ނޫން ކަމުގައި ދަރިފުޅަށް ދަސްކޮށްދޭށެވެ. އާދައިގެ މިންވަރަށްވުރެ އިތުރަށް އެއްވެސް ކަމެއް ފާހަގަކުރެވިއްޖެނަމަ އެކަން ފާޅުގައި ބުނުމުގެ މުހިންމުކަން ކިޔައިދޭށެވެ. 

އެއްވެސް މީހަކަށް މަލާމާތް ނުކުރާން ނަސޭހަތްތެރިވާށެވެ. 

އެއްވެސް މީހެއްގެ ސިފައަކަށް ނުވަތަ ފޭރާމަކަށް ނުވަތަ ހުނަރުތަކަށް މަލާމާތް ނުކުރުމަށް ދަރިފުޅަށް ދަސްކޮށްދޭށެވެ.

ބޭނުން ޖެހިފައިވާ މީހަކަށް އަބަދުވެސް އެހީތެރިވާން ބުނެދޭށެވެ. 

ބޭނުންޖެހިފައިވާ މީހަކަށް އެހީތެރިވުމަށް ފަސްނުޖެހުމަށް ދަރިފުޅަށް ދަސްކޮށްދޭށެވެ. 

ތަޅާފޮޅުމަކީ އެއްވެސް ކަމަކަށް އޮތް ހައްލެއް ނޫންކަން ބުނެދޭށެވެ.

ތަޅާފޮޅައިގެން އެއްވެސް ކަމެއް ހައްލުވެފައި ނުވާ ކަމަށާއި، އަބަދުވެސް މަޑުމައިތިރިކަމާއެކު މައްސަލަތައް ހައްލުކުރަން މަސައްކަތްކުރުމަށް ދަރިފުޅަށް ދަސްކޮށްދޭށެވެ. 

ސާފުތާހިރުވުމުގެ މުހިންމުކަން ކިޔައިދޭށެވެ. 

ދަރިފުޅަށް ސާފުތާހިރު އާދަތަކަށް ތަބާވާން ދަސްކޮށްދޭށެވެ. ފެންވެރުމާއި، ނިޔަފަތި ކެނޑުމުގެ އިތުރުން ކޮޓަރި ތަރުތީބުކޮށް ބެހެއްޓުން ފަދަ އަސާސީ ކަންކަމުގެ މުހިންމުކަން ކިޔައިދޭށެވެ. 

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް