ads
ފާތުމަތު ޝިނާޒާ
ދިވެހި ބޭސްވެރި ކަމުގައި ފިސާރި ޒުވާން އަންހެނެއް، 15 އަހަރުތެރޭ އެންމެ އުހަށް!
ދިވެހި ބޭސްވެރިކަމަކީ އެންމެ އެވޭލާ ޒަމާނުއްސުރެ ދިވެހިންގެ ތެރެއިން ބަޔަކު ކޮށް އުޅުނު މަސައްކަތެވެ. ނަމަވެސް ޑޮކްޓަރީ ބޭސް ދިވެހިންގެ ތެރެއަށް ތައާރަފްވެ ދިވެހި ބޭސްވެރިކަން ވަޅު ޖެހެމުން ގޮސް މިހާރު ދިވެހި ބޭސްވެރިކަން ވަނީ ގާތްގަޑަކަށް ދިވެހިންގެ ތެރެއިން ހުއްޓިފައެވެ.

ދިވެހިބޭސް ވެރިކަމުގެ އިތުބާރު އޮތް ނަމަވެސް ދުވަހެއް ދުވަހަކަށް ފުޅާވެގެން އައި ޑޮކްޓަރީ ބޭސްވެރިކަމުގެ ތެރެއަށް ދިވެހިންނަށް ވަދެވިގެން ދިޔަ އެވެ. ނަމަވެސް މަދު ބަޔަކު އަދިވެސް އެކަން ކުރެއެވެ. ސަބަބަކީ އެމީހުން ކުރަމުން އައި މަސައްކަތް ހުއްޓުމަކަށް އަންނަން އެ މީހުން ބޭނުން ނުވާތީއެވެ. ބައެއް މީހުން ދެކޭގޮތުގައި ޑޮކްޓަރީ ބޭހަށް ވުރެ ދިވެހިބޭސް ކަމުދާތީއެވެ. 

ދިވެހި ބޭސް ވެރިކަމުގެ މަސައްކަތަކީ ވެސް ހަގީގަތުގައި ބޮޑު ބުރަ މަސައްކަތެކެވެ.

މަންމަގެ ފުށުން ދަސްވި ދިވެހި ބޭސްވެރިކަމުގެ ތެރެއަށް އުމުރުން އެންމެ 23 އަހަރުގައި ގއ. ވިލިގިލީ، ސައިމާ/، ފާތުމަތު ޝިނާޒާ އަށް ވަދެވުނު ގޮތް އޭނާ ވަނީ “ސީއެންއެމް”އާއި ހިއްސާކޮށްފައެވެ.

ޝިނާޒާ އެންމެ ފުރަތަމަ ބޭހެއް ކުރީ، ބޭހަށް ބޭނުން ވެގެން އައި ގާތްތިމާގެ މީހެއްގެ ފަރުވާ އަށެވެ. އެއީ ޝިނާޒާ މީހަކަށް ކުރި ފުރަތަމަ ފަރުވާ ކަމަށް އޭނާ ބުންޏެވެ. 

އޭނާގެ މަންމައަކީ ދިވެހި ބޭސް ވެރިއެކެވެ. މަންމަގެ މޭސްތިރި ކަމުގެ ދަށުން، ދަރިފުޅު ޝިނާޒާ އެދުވަހު އެ މީހާއަށް ބޭސް ކުރި އެވެ. އެދުވަހަށް ފަހު ޝިނާޒާގެ ވިސްނުން ބޭސްވެރިކަން ކުރުމަށް ހިތް ޖެހުނު ކަމަށް ޝިނާޒާ ބުންޏެވެ.

your image"ޝިނާޒާހާބަލްކެއާ" ބައެއް ފަރުވާތައް

" މަންމަގެ ފަރާތުން އެނގުނީ ހުރިހާކަމެއް ވެސް. ކަފަގަނޑު ތަތްކުރާ ބޭހާއި ފަތްޕިލާވެލީގެ ބޭސް. މިހާރު ރާއްޖޭން ހެދޭ ބޭސްވެރިކަމުގެ އެންމެ މަތިން ލެވެލް ތިނެއްގެ ކޯސް ފުރިހަމަ ކޮށްފިން. ބޭނުންވޭ މިއަށް ވުރެ މަތިން ވެސް ބޭސް ވެރިކަމުގެ މިދާއިރާގައި ކުރިއަށްދާން،" އުމުރުން މިހާރު 38 އަހަރުގެ ޝިނާޒާ ބުންޏެވެ.

އުމުރުން 23 އަހަރުން ފެށިގެން ބޭސްވެރިކަމަށް ޝައުގުވެރިކަން އުފެދިގެން އައި، ޝިނާޒާ އަށް މިހާރު 38 އަަރެވެ. އޭނާ އަކީ ވިލިގިލީ ހޮސްޕިޓަލް ފާމަސީގަ މަސައްކަތް ކުރާ މުވައްޒަފެކެވެ. އޭނާ އަކީ އަމިއްލައަށް ބޭސް ތައްޔާރުކޮށް އަމިއްލައަށް ދިވެހި ބޭހުގެ ޕޮރޮޑެކްޓްސްތައް ވިއްކާމީހެކެވެ. އަދި މީގެ ގާތްގަނޑަކަށް ފަސް ވަރަކަށް އަހަރު ކުރިން އޭނާ ވަނީ ބޭސް އަމިއްލަ އަށް ހަދާ ވިއްކުމުގެ ހުއްދަ ލިބިފައެވެ.

"ޝިނާޒާހާބަލްކެއާ" އަކީ 15 އަހަރުކުރިން ފެށިގެން އޭނާ ކުރި މަސައްކަތެވެ. އޭނާ ދިވެހި ބޭސްވެރިކަމުގެ ތެރެއިން ފާމަސިސްޓެއްގެ މަގާމަށް އައީ ދިވެހި ބޭސްވެރިކަން ކުރުމުގެ ތެރެއިން ޑޮކްޓްރީ ބޭސް މަސްހުނިނުވެ، ބޭހާއި ބެހޭ ގިނަ މައުލޫމާތު ތަކެއް އެނގި ބޭސް ބޭނުން ކުރެވޭނެ ގޮތް ރަނގަޅަށް ދަސްކުރުމުގެ ބޭނުމުގައި ކަމަށް ޝިނާޒާ ބުންޏެވެ.your image'ޝިނާޒާހާބަލްކެއާ" އިންދޭ ބައެއްފަރުވާތައް 

އޭނާ ކުރާ ފަރުވާ ތަކުގެ ތެރޭގައި، 

  • ބޮލުގެ ފަރުވާ 
  • އެކި ތަދުތަކަށް ކޮށްދޭ ފަރުވާ
  • ކުދިން ވިހައިގެން ކުރާ ފަރުވާ
  • ނޭވާ އުނދަގޫ ވާނަމަ ކުރާ ފަރުވާ
  • ވައިން ކަށިތައް ތަދުވެ ހޫނުވާނަމަ ކުރާ ފަރުވާ
  • ރުއްގަނޑު ބޭސް
  • އުކުޅުވަޅުގައިލާ ގަނޑުތައް ރަނގަޅު ކޮށްދިނުން
  • އުރަމަތީގެ ގަނޑު ރަނގަޅު ކޮށްދޭ ފަރުވާ
  • ކަށިމަތި ނުފުފިލާ ތަދަށް ކޮށްދޭ ފަރުވާ
  • ކަރުތެރެއަށް ދިމާވާ އެކި މައްސަލަ ތަކަށް ހޯދާ ފަރުވާ
  • ވާބަލި
  • ރޯގާ
  • އައްސި
  • ގޭސްޓްރިކް
  • ފުރަގަސް ފަރާތުބަލި
  • އެކްޒެމާ ޓްރީޓްމެންޓް
  • އާތްރައިޓްސް
  • އަންހެނުންގެ ރަހިމުގައި އުފެދޭ ސިސްޓް ނައްތާލުން ފަދަ ފަރުވާތައް ހިމެނެއެވެ.

your image"ޝިނާޒާހާބްލްކެއާ" ލިބޭ ބައެއް ފަރުވާ

އޭނާ 'ޝިނާޒާހާބަލްކެއާ" ނަމުގައި އަމިއްލައަށް ގިނަ ބޭސްތައް ތައްޔާރުކޮށް މާކެޓަށް ނެރެއެވެ. އެގޮތުން މިހާރު ވެސް ޝިނާޒާ ދަނީ ގިނަ ބޭސްތައް ތައްޔާރުކޮށް އީޖާދު ކުރަމުންނެވެ. ފިރިހެނުންނާއި އަންހެނުން ޖިންސީ ގުނަވަނުގެ ބާރު ދަށްވުމުގެ މައްސަލައަށް އޭނާ ދަނީ ބޭހެއް ތައްޔާރު ކުރަމުންނެވެ. 

އަދި އެބޭސް މާކެޓަށް ނެރެވޭ ވަރު ނުވާކަމަށާއި، ކުރިއަށް އޮތް ދެތިން މަސް ތެރޭގައި، އޭގެ ސައިޑް އިފެކްޓްސް ހިމެނޭ މިންވަރެއް ބެލުމަށް ފަހު މާކެޓަށް ނެރެވޭނެ ކަމަށް ޝިނާޒާ ބުންޏެވެ. މި ބައްޔަކީ ރާއްޖޭގައި މަދުން ފެންނަ ބައްޔެއް ކަމަށް ބައެއް މީހުންނަށް ހީވި ކަމުގައި ވިޔަސް މިއީ މިހާރު އާއްމު ވަމުން އަންނަ ބައްޔެކެވެ. އޭގެ ޑީޓެއިލްސް އަދި ފޯރުކޮށްދޭން ބޭނުން ނުވާ ކަމަށާއި، އެއީ އީޖާދު ކުރަމުންދާ ބޭހެއްކަމަށްވެސް ޝިނާޒާ ބުންޏެވެ.

ޝިނާޒާ އަމިއްލަ އަށް ތައްޔާރުކޮށް ބޭނުން ކުރާ ގިނަ ތެޔޮތަކެއް އެބަހުއްޓެވެ. އޭގެތެރޭގައި:

  • އާތްރައިޓްސް އޮއިލް
  • ކޮކްނެޓް އޮއިލް
  • އައްސިއަށް ބޭނުންކުރާ އޮއިލް
  • ޗިކަންގުންޔާ ބައްޔަށް ބޭނުންކުރާ އޮއިލް
  • ކެއްސުމަށް ބޭނުންކުރާ ލޮނުމެދު ތެޔޮ
  • ބަލިކަން ހުލިކުރާ ތެޔޮ ފޯ ޕައިލްސް
  • ވާބައްޔަށް ބޭނުން ކުރާ ތެޔޮ
  • އިސްތަށިގަނޑަށް ބޭނުންކުރާ ތެޔޮ
  • ތަދުތަކަށް ބޭނުން ކުރާ ފަތްޕިލާވެލީގެ މަސާޖް ބޮޑީތައް
  • ގޭސްޓްރިކް ބާން ސްލިމް ޕައުޑާ
  • ދުޅަވުން ރަނގަޅު ކުރުމަށް މަސާޖް ބޮނޑިވެސް ހިމެނެއެވެ.

your image"ޝިނާޒާހާބަލްކެއާ" އިން ބައެއް ބަލިތަކަށް ބޭނުން ކުރާ ބޮނޑިތައް

އަދި އޭނާގެ ފަރާތުން ޓްރީޓް މެންޓް ނަގާ މީހުންނަށް އާންމުކޮށް ނަގާ އުޅޭ އަގަކީ 500 ރުފިޔާ އާއި، 700 ރުފިޔާގެ އަގެއް ކަމަށް އޭނާ ބުންޏެވެ. ނަމަވެސް މާލީހާލަތަށް ބެލުމަށްފަހު ބައެއް ފަރާތަކަށް ލުއިކޮށް ފަރުވާ ކޮށްދޭކަމަށްވެސް ޝިނާޒާ ބުންޏެވެ.

ޝިނާޒާ އަތޮޅު ތެރެއަށްވެސް ބޭސް ޕެކޭޖް ގޮތުގައި އޭނާގެ ބޭސްތައް ދޫކުރެއެވެ. ނަމަވެސް ދޫކުރަނީ ޑޮކްޓަރަށް ދައްކާ ބަލި ދެނެގަތުމަށްފަހު ކަމަށް ޝިނާޒާ ބުންޏެެވެ. ޝިނާޒާގެ އެންމެ ބޮޑު އުފަލަކީ އޭނާ ފަރުވާ ކުރާ އެންމެންވެސް ބޭސްތަކުގެ ރަނގަޅު ވާހަކަ އަބަދުހެން ދައްކާތީއެވެ. 

"އިރާދަ ކުރެއްވިއްޔާ ވަރަށް ކާމިޔާބު އަދި ހުރިހާބޭހެއްވެސް" އަދި ފަރުވާއަށް އަންނަ މީހުންގެ އެއްބާރުލުންވެސް" ޝިނާޒާ ބުންޏެވެ.

ޝިނާޒާ ވަނީ ޒުވާން އުމުރުގައި އޭނާގެ ދިވެހިބޭސްވެރިކަމުގެ މަސައްކަތުގައި، ގިނަ ބަޔަކަށް ނަމޫނާ ދައްކާ ކުރިއަރައިގެން ގޮސްފައެވެ. މިއަދު އެއީ ދިވެހިންގެ ދިވެހި ބޭސްވެރިކަމުގައި އަންހެން ޑޮކްޓަރެކެވެ.

މިމަސައްކަތް އެހެންމީހުންނަށް ދަސްކޮށްދިނުމުގައި، ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށް ވިސްނާކަމަށް ޝިނާޒާ ބުންޏެވެ. އަދި "ޝިނާޒާހާބަލްކެއާއި" ގުޅިގެން އެ މަަަސައްކަތައް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު އެބައޮތްކަމަށްވެސް ޝިނާޒާ ބުންޏެވެ. އިންޓްރެސްޓް ހުރިފަރާތްތައް ޝިނާޒާގެ ހާބަލްކެއާގެ ނަންބަރު 77880149 އަށް ގުޅައިގެން ކުރިއަށް ދިއުމަށް އެދޭކަމަށްވެސް އޭނާ ބުންޏެވެ.

93%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
7%
ވަރަށް ސަލާމް
ކޮމެންޓްސް