
ޝަފީގަކީ ޢަޒުމު ވަރުގަދަ މީހެކެވެ. އޭނާވިސްނުން ހުރީ އަބަދުވެސް އެންމެ މަތީ އަމާޒުތަކަށް ޢަމާޒު ކުރެވިފައެވެ. އެ އަމާޒުތައް އޭނާ ހާސިލު ކޮށްފިވެސް މެއެވެ. ޝަފީގުގެ އުމުރުން އެންމެ 15 އަހަރުން ފެށިގެން އާމްދަނީއަށް ކުރި މަސައްކަތަކީ މަސްވެރިކަމެވެ. ޝަފީގުއާއި އޭނާގެ ދޯންޏާއި، އޭނާގެ ޓީމުން ވަނީ މިރާއްޖޭގައި މަސްވެރިކަން ކޮށްގެން ލިބެންޏާ ލިބެންހުރި ހުރިހާއެއްޗެއް ހޯދާފައެވެ.
ޝަފީގު ބުނާގޮތުން އޭނާއަށް ކިޔަވައިދިނުމަށްޓަކައި އޭނާގެ ބައްޕަ އޭނާ މާލެއަށް ފޮނުވިއެވެ. 1 ނަމްބަރު ކާތިބު ކަމުގެ ސަނަދާއި، 2 ނަމްބަރުކަމުގެ ކާތިބުކަމުގެ ސަނަދުވެސް އޭނާ މާލޭގައި ހުރި ދުވަސްވަރު ހާސިލް ކުރިއެވެ. ނަމަވެސް މާލޭގައި ދުވަސްކޮޅަކު އުޅުމަށްފަހު އޭނާ ބަދަލުވީ ރަށަށެވެ. އެހެންނަމަވެސް ވަޒީފާ އަކަށް ދިއުމުގެ ހިޔާލެއް އޭނާ ނުކުރިއެވެ.
ދިގުދެމިގެންދިޔަ އޭނާގެ މަސްވެރިކަމުގެ ހަޔާތުގައި ތަފާތު މަރުހަލާތައްކާއި ހާދިސާތައް އޭނާ އަށޤ ކުރިމަތިވެފައިވއެވެ. މިއަދު މަޑަވެލީ ކަމަނަ ދޯނީ ކެޔޮޅު ޝަފީގް އަކީ ދިވެހިރާއްޖޭގެ މަސްވެރި ކަމުގެ ދާއިރާގެ އެއްމެ އުހުގައި ފިޔަޖަމުން ދާ މަސްވެރިންނަށްވެސް ނަމޫނާ ކެޔޮޅެކެވެ. ޝަފީގްގެ ހިތްވަރާއި ކެރުން އެއީ މިއަދު މަޑަވެލީގެ އިތުރުން ރާއްޖޭގެ ގިނަ މަސްވެރިން އެކަމަށް ތައުރީފްކޮށް އޭނާ އަށް މަރުހަބާ ކިޔާމުންދާ ކަމަކެވެ. އަދި ނަމޫނާ އަކަށްވެސް ބަލަމުންދާ ކަންކަމެވެ.
ކާފަ ފަރާތުން ވާރުތަވަމުން އައި މަސްވެރިކަން މިހާރު ފުޅާވެ ޝަފީގުގެ ހަތަރު ދަރިންވެސް މަސްވެރިކަމަށް ނުކުމެތިބި ކަމަށް ޝަފީގް ބުންޏެވެ. މިކަމުން ޝަފީގަށް ވަނީ ތަފާތު ކުރިއެރުން ތަކާއި މާލީ ހިތްހަމަޖެހުން ލިބިފައެވެ.
ކޮންމެ މީހެއްގެ ހަޔާތުގައިވެސް އަދި އެމީހަކު ކުރާ މަސައްކަތުގައިވެސް އުފާވެރި ވަގުތު ކޮޅު އަންނާނެއެވެ. މަސްވެރިކަމުގެ ހަޔާތުގައި ޝަފީގް އެއްމެ އުފާވެރި ދުވަހެއް ގޮތުގައި ފާހަގަކުރަނީ "ރާސްތާ 2" ނަމަކަށް ކިޔާ ދޯނީގައި އޭނާ މަސްވެރި ކަން ކުރި ދުވަސްވަރު އެންމެ ދުވަހަކު 45 ޓަނު މަސް ބާނައި މިފްކޯއަށް މަސް ކިރުވި ދުވަހެވެ.
"އެއީވެސް ރިކޯޑް އަދަދަކަށް މަސްބޭނުނު ދުވަހެއް. އާދަޔާ ހިލާފް އިހްސާސްތަކެއް ކުރުވި ދުވަހެއް އެއީވެސް" މަސްވެރިކަމުގައި އެތައް ތަޖްރިބާއެއް ކޮށްފައިވާ ތަޖްރިބާކާރު ކެޔޮޅު ބުންޏެވެ.
ޝފީގު ވަނީ ރާއްޖޭގެ އެކި ރަށްރަށުގެ ދޯނިފަހަރުތަށް ދުއްވާފައެވެ. އެކިއެކި ދުވަސްވަރުއެވެ. އެގޮތުން ގދ. ހޯޑެއްދޫ މަރުހަބާ ދޯއްޏާއި، ނަޑެއްލާ 229 ނަމްބަރު ދޯންޏާއި މަޑަވެލި 67 ނުމަބަރު ދޯއްޏާއި މީނާ ދޯނީގެ އިތުރުން، ތިނަދޫ ފާނަކޮށީގެ ދޯއްޏެއް ވެސް ދުއްވިކަމަށް ޝަފީގް ވަނީ ދުއްވާފައެވެ. އޭނާ ވަނީ ޖުމްލަ 11 ދޯންޏެއް އޭނާގެ ކެޔޮޅުކަމުގައި ދުއްވާފައެވެ. އަދި އޭނާގެ ނަތީޖާ ތައްވެސް ރަނގަޅެވެ.
މަސްވެރިކަމުގައި ކަނޑަށް ނުކުމެ ދިގު ރާސްތާއެއްގެ ދުވެލީގައި މުހިއްމު އިނާމްތަކެއް އޭނާ ވަނީ ހާސިލް ކޮށްފައެވެ. އާއިލާއަށް ރަނގަޅު އާމްދާނީއެއް ހޯދައިދިނުމުގެ ބަދަލުގައި އެއީ މުޅި އާއިލާއަށް ދިރުންގެނުވައިދިން ވިޔަފާރިއަކަށް އެމަސައްކަތް ވަނީ ހަދާފައެވެ. އެހެން ކަމުން ޝަފީގު އެމަސައްކަތުގައި ވަކި އިތުރަށޤ ހޯދަން ބޭނުންވާ އެއްޗެއް ނެތެވެ. އެންމެ ފަހުން މިދިޔައަހަރު އެދޯންޏަށް ވަނީ އެންމެ ގިނަ މަސް ކިރުވި ދޯނީގެ ޝަރަފްވެރި ލަގަބުވެސް ލިބިފައެވެ.
މަސްވެރި ކަމުގައި ގިނަދުވަހު އުޅެވުނު އިރު އެއްމެ ނުރައްކާތެރި އަދި އެއްމެ ބިރުވެރި ހާދިސާ އަކަށް ދިމާވީ 67 ނަމްބަރު ނަމަކަށް ކިޔާ ދޯއްޏެއް ދުއްވި ދުވަސްވަރު ދޯނީގެ ތައްޓު މަތީގައި އިންޖީނާއިވީ ފަޅީގައި އިންދާ އިންޖީނުގެ ބޯލްޓެއް މުންޑުގައި އަޅައިގަނެ މީހާ އެއްކޮށް އޮޅާލައިގެން ވެއްޓި އަނިޔާވި ދުވަސް ކަމަށް ޝަފީގް ބުންޏެވެ.
ޝަފީގް ދޯނީގެ މަސައްކަތުގައި
ޝަފީގުގެ މަސައްކަތުގައި އޭނާގެ އަންހެނުންގެ ދައުރު ވަކި ކުޑައެއް ނޫނެވެ. އެކަން އޭނާ ފާހަގަ ކުރަނީ އުފަލާއެކުއެވެ. ހުކުރު ދުވަހުގެ ރޭގަނޑު 9:30 ގައި މަހަށް ފުރާގޮތަށް ކަނޑު މަތީގައި ހަފްތާއެއް ހޭދަ ކުރާކަމަށް ޝަފީގް ބުންޏެވެ.
ޝަފީގު މިހާރު ދުއްވާ "ކަމަނަ" ދޯނީގައި 37 ފަޅުވެރިން ތިބޭއިރު ދެ ކައްކާއިން ވެސް ތިބެއެވެ. ދޯނީގެ ކެއުމަށް ހަފްތާއަކު 8000 ރުފިއާ ވަރު ޙަރަދުވެގެން ދާއިރު، މަސްވެރިކަން ރަނގަޅުނަމަ ފަޅުވެރިއަކަށް 24000 ރުފިއާ ހަފްތާއެއްގެ މައްޗަށް ލިބޭ ކަމަށް ޝަފީގް ބުނެއެވެ.
ޝަފީގު ބުނަނީ މިހާރު މަސްވެރިކަމުގެ ދާއިރާގައި އޭނާގެ ހުރިހާ އުއްމީދު ތަކެއް މިހާރު ފުރިހަމަ ވެފައިވާ ކަމަށެވެ. އެހެން ނަމަވެސް އޭނާގެ 113 ފޫޓުގެ ދޯންޏެއް އަނެއްކާވެސް ކަނޑަށް ނުކުންނަން ތައްޔާރަށް އެހެރީ ކަމަޅި މަތީގައެވެ. އަގަކީ ހަތް މިލިޔަނެވެ. ދުރުފެންނަ ކެޔޮޅު ބުނީ މަސްވެރިކަމުގެ ދާއިރާއިން އިތުރަށް ބޭނުންވާ ކަމެއް ނެތްކަމަށެވެ. ހުރިހާ ލަނޑުދަނޑިއެއް ހާސިލް ކުރެވިއްޖެ ކަމަށެވެ.