މި ވީޑިއޯ ހިއްސާކުރި އިންޑިއާގެ ފޮރެސްޓް ސާވިސް އޮފިސަރު ޕަރްވީން ކަސްވަން ބުނީ އެކަން ހިނގާފައިވަނީ ރާޖެސްތާންގެ ކުޗެރާ ޓައުންގައި ކަމަށެވެ.
އަދި އެ ދެ ޕީކޮކަކީ ހަތަރު އަހަރު އެކީގައި އުޅުނު ޕީކޮކްސް ކަމަށާއި، އެތަނުން އެކަތި މަރުވުމުން ވެސް އޭތި ދޫކޮށްލަން އަނެއް ޕީކޮކްސް ބޭނުން ނުވި ކަމަށެވެ.
ވީޑިއޯއިން ފެންނަނީ މަރުވެފައިވާ ޕީކޮކްގެ ޖަނާޒާގައި ބައިވެރިވުމަށް އަނެެއް ޕީކޮކް އެދެމީހުންގެ ފަހަތުން މަޑުމަޑުން ދާ މަންޒަރު ކަމަށް އޭނާ ބުންޏެވެ.
މި 19 ސިކުންތުގެ ވީޑިއޯއަށް 1.2 ލައްކަ އާއި ގާތްކުރާ ވަރަށް ވިއުސް ލިބިފައިވާއިރު، ގިނަ ބަޔަކު ދެކޭ ގޮތުގައި އިންސާނުންނަށް ވުރެ ޖަނަވާރުން އެކަކު އަނެކަކުދެކެ މާ ލޯބިވާނެއެވެ.
މި ވީޑިއޯ ގިނަ ބަޔަކު ދެކެފައިވަނީ “ހާޓް ޓަޗިން” ވީޑިއޯއެއްގެ ގޮތުގައެވެ.