32 އަހަރުގެ ސަލްމާން ކުޅޭ މި ފިލްމު ޑައިރެކްޓުކުރަނީ ރާޖް ކުމާރު ގުޕްތާއެވެ. ރާޖް ކުމާރު ގުޕްތާ މި ފިލްމު ހަދަން 5 އަހަރު ދިރާސާކޮށްފައިވާ ކަމަށް އޭނާ ބުނެއެވެ. މި ފިލްމު ބިނާ ވެފައިވަނީ ރަވިންދުރަ ކައުޝިކް މަޝްހޫރު ނަމުންނަމަ "ބްލެކް ޓައިގާ" ގެ ހަޔާތުގެ މައްޗަށެެވެ.
މި ފިލްމުގެ ނަމަށް ކިޔަން އެންމެ ރަނގަޅު ނަމަކީ ބްލެކް ޓައިގާ ކަމަށްވިޔަސް އެނަމެއް ނުކިޔާނެ ކަމަށާއި ސަބަބަކީ ސަލްމާން “ޓައިގާ" ފިލްމުތައް ކުޅެފައިވާތީ ކަމަށެވެ.
މި ފިލްމު ގެ ކެރެކްޓާ އަކީ ސަލްމާން އަށް އާ ކެރެކްޓާއަކަށް ނުވާނެއެވެ. ސަބަބަކީ މީގެ ކުރިންވެސް ސަލްމާން މިފަދަ ކެރެކްޓާ ކުޅެފައިވާތީއެވެ.