ads
ކްރިސްޓިއަން ބެޒްމަން ---
އިސްލާމް ދީން ގަބޫލު ކުރީ ސުލްހައިގެ ދީނަކަށް ވުމުން
ކްރިސްޓިއަން ބެޒްމަން އަކީ ޖަރުމަނުވިލާތުގެ ވްލޮގަރެކެވެ. ޔޫރަޕްގައި އުޅެ ބޮޑުވި ކްރިސްޓިއަން ކިޔައިދިން ގޮތުން، އޭނާ އަކީ އެއްވެސް އިރެއްގައި ވަކި ދީނަކަށް އުޅުން މީހެއް ނޫނެވެ.

އުމުރުގެ ބޮޑުބައި ޔޫރަޕްގެ ގައުމުތަކުގައި ހޭދަކުރެވުމުން، އިސްލާމް ދީނާއި މެދު ދެކެވުނީ ވަރަށް ގޯސް ކޮށް ކަމަށް ކްރިސްޓިއަން ކިޔައިދިނެވެ. 

އެގޮތުން އޭރު އަބަދުވެސް އިވެމުންދިޔައީ، އިސްލާމް ދީނަކީ ހަނގުރާމައާއި ޓެރަރިޒަމްގެ ދީނެއް ކަމަށް ކްރިސްޓިއަން ކިޔައިދިނެވެ. އަދި އޭނާއަކީ އޭރު ވަކި ދީނަކަށް އުޅުނު މީހަކަށް ނުވުމުން، އެހެން މީހުން ދީނާއިމެދު ދެކޭ ގޮތުގެ މާބޮޑު ވިސްނުމެއް ނުގެންގުޅެ ކަމަށް ކްރިސްޓިއަން ކިޔައިދިނެވެ.

މީގެ އިތުރުން އޭނާ ކުޑައިރުގެ އެންމެ ގާތް ރަހިމަތްތެރިންތެރޭ މުސްލިމުން ހިމެނޭ ކަމަށް ކްރިސްޓިއަން ކިޔައިދިނެވެ. ނަމަވެސް އިސްލާމް ދީނަށް ޝައުގުވެރިކަން އުފެދުނީ، ޕާކިސްތާނުގައި އުޅުނު އެއް އަހަރު ދުވަހުތެރޭ ކަމަށް ކްރިސްޓިއަން ކިޔައިދިނެވެ. 

ކްރިސްޓިއަން ކިޔައިިދިން ގޮތުގައި، އޭނާ ޕާކިސްތާނުގައި ހޭދަ ކުރި ދުވަސް ވަރު ވަރަށް ގިނަ މީހުންނާއި ބައްދަލުވިއެވެ. އަދި އެ ދަތުރުގައި މުޅިން އާ އެތައް ކަމެއް ދަސްވެ، އިސްލާމް ދީނާއި ގުޅިގެން ކުރިން ނޭނގޭ އެތައް ކަމެއް ދަސްވި ކަމަށް ކްރިސްޓިއަން ކިޔައިދިނެވެ. 

ޕާކިސްތާނުގައި ހުރި ދުވަސް ވަރުން ދަސްވީ، އިސްލާމް ދީނަކީ ސުލްހައިގެ ދީނެއްކަން ކަމަށް ކްރިސްޓިއަން ކިޔައިދިނެވެ. އަދި އެހިސާބުން އޭނާ އަމިއްލައަށް، އިތުރަށް ދީން އުނގެނުމުގެ ޝައުގުވެރިކަން އުފެދުނީ ކަަމަށް ކްރިސްޓިއަން ކިޔައިދިނެވެ. 

ކްރިސްޓިއަން އިސްލާމް ދީން ގަބޫލު ކުރީ މިއަހަރުގެ ފެބްރުއަރީ މަހުއެވެ. އެގޮތުން އޭނާ އިސްލާމް ދީން ގަބޫލުކޮށް ޝަހާދަތް ކިޔާފައިވަނީ، އެމެރިކާގެ މިއާމީގައި ހުންނަ އިސްލާމިކް ސްކޫލް އޮފް މިއާމީގައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް