ads
އައިޝާ ރޮޒަލީ ---
ތުރުކީއަށް ކުރި ދަތުރަކަށް ފަހު އިސްލާމްކަން ގަބޫލު ކުރި މީހެއްގެ ވާހަކަ
މިއީ 24 އަހަރުގެ އައިޝާއަށް އިސްލާމްދީނުގެ ހިދާޔަތް ލިބުނު ވާހަކައެވެ. އޭނާ ކިޔައިދިން ގޮތުގައި އިސްލާމް ދީނަށް ޝައުގުވެރިކަން އުފެދުނީ މީގެ ދެ އަހަރެއްހާ ދުވަސް ކުރިންނެވެ.
Advertisement

އައިޝާ ކިޔައިދިން ގޮތުގައި، އޭނާ ވަނީ މީގެ ދެ އަހަރެއްހާ ކުރިން ތުރުކީވިލާތުގެ ބްލޫ މިސްކިތް (ސުލްތާން އަހުމަދް މިސްކިތަށް) ޒިޔާރަޔް ކޮށްފައެވެ. އަދި އިސްލާމް ދީނާ މެދު ވިސްނެން ފެށީ އެހިސާބުން ކަމަށް އައިޝާ ކިޔައިދީފައި ވެއެވެ.

އިސްލާމް ދީން ގަބޫލު ކުރުމުގެ ކުރިން އައިޝާ އަކީ ވަކި ދީނެއް ގަބޫލު ކުރާ މީހެއް ނޫނެވެ. ނަމަވެސް އޭނާ ކުޑައިރު އަބަދުވެސް ހެއްދެވި ފަރާތާއި ވާހަކަ ދައްކާ ކަމަށް އައިޝާ ކިޔައިދިނެވެ. 

އައިޝާ ކިޔައިދިން ގޮތުގައި، އޭނާ ތުރުކީއަށް ކުރި ދަތުރަކީ، އޭނާ ގަބޫލު ކުރާނެ ވަކި ދީނެއް ހޯދުމަށް ކުރި ދަތުރެއް ނޫނެވެ. އަދި ތުރުކީގައި އޭނާ ދާނެ ތަންތަން ބެލުމަށް ގޫގަލް ސާޗު ކުރުމުން، ތުރުކީވިލާތުގެ ބްލޫ މިސްކިތަށް ދާ ހިތްވީ ކަމަށް އައިޝާ ކިޔައިދިނެވެ.

އެގޮތުން ފުރަތަމަ އައިޝާ ތުރުކީޢަށް ދިޔައިރު ވަރަށް ޖެހިލުންވި ކަމަށް އޭނާ ކިޔައިދިނެވެ، މިއީ މުސްލިމުން އަދި އިސްލާމް ދީނާމެދު ހުޅަނގުގެ މީޑިއާގައި ގެނެސްދޭ ހަބަރު ތަކުގެ ސަބަބުން މީހުންގެ ވިސްނުން ހުންނަ ގޮތް ކަމަށް އައިޝާ ކިޔައިދިނެވެ. އަދި ތުރުކީޢަށް ދިޔައިރު މުސްލިމުންނާމެދު ދެކެމުން އައީ ހުޅަނގުގެ މީޑިއާއިން ދެއްކި އެއްޗެއް ކަމަށް އައިޝާ ކިޔައިދިނެވެ.

އައިޝާ ކިޔައިދިން ގޮތުގައި، ބްލޫ މިސްކިތަށް ދިއުމުގެ ކުރިން އައިޝާ ވަނީ ބުރުގާއެއް ގަނެފައެވެ. އަދި މިސްކިތަށް ދިޔައީ ބުރުގާ އަޅާއިގެން ކަމަށް އައިޝާ ކިޔައިދިނެވެ.

މިސްކިތުން ދީނާއި ގުޅޭ އެކި މައުލޫމާތު ހުރި ފޮތްތައް ފެނުން ކަމަށް އައިޝާ ކިޔައިދިނެވެ. އަދި މިސްކިތަށް ވަނުމަށްފަހު، އެދުވަހު ގަޑިއިރެއްވަންދެން ތަސްބީހަ ކިޔަން އިނިން ކަމަށް އައިޝާ ބުނެއެވެ. އަދި އަނބުރާ އޭނާ ހުރި ހޮޓަލަށް ދިޔައީ ސްކްރިޕްޓެއް ހޯދައިގެން ކމަށް އައިޝާ ބުނެފައިވެއެވެ. 

އެގޮތުން ތުރުކީއިން އެނބުރި އައުމަށްފަހުވެސް އޭނާ ގުރުއާން ކިޔަވާ ކަމަށާއި، އެއަހަރު ހަތިމެއް ކުރި ކަމަށް އައިޝާ ކިޔައިދީފައި ވެއެވެ. އަދި އޭނާ ދީން ގަބޫލުކޮށް މުސްލިމަކަށްވީ، ތުރުކީވިލާތަށް ކުރި ދަތުރުގައި އިސްލާމުންގެ ފުށުން ފެނުނު އަހުލާގުގެ ސަބަބުން ކަމަށް އައިޝާ ކިޔައިދިނެވެ.

ކުޑައިރު ފިލްމީތަރިއަކަށް ވުމުގެ ހުވަފެން ދެކެމުންއައި އައިޝާ، އިސްލާމްދީން ގަބޫލުކުރުމަށްފަހު ވަނީ، ޔޫޓިއުބްގައި އިސްލާމް ދީނާއި ގުޅިގެން މައުލޫމާތު ފޯރުކޮށްދޭ ޗެނަލްއެއް ފަށާފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް