
ނިޔާޝާ މެލޭޝިޔާގެ މެނޭޖްމަންޓް އެންޑް ސައިންސް ޔުނިވާސިޓީ އިން ޑޮކްޓަރު އޮފް ޕިލޯސޮފީ (މެނޭޖްމަންޓް އެންޑް ބިޒްނަސް) އާއި އެކައުންޓަންސީ އެސޯސިއޭޝަން އޮފް ޗާޓަޑް ސަޓިފައިޑް އެކައުންޓަންޓްސް (އޭސީސީއޭއި) ދަނީ ކިޔަވަމުންނެވެ. އަދި ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ މާސްޓާސް ކިޔަވާފައި ވަނީ ޔުނިވާސިޓީ އޮފް ވެސްޓްއޮފް އިންގްލެންޑް (ޔޫޑަބްލިޔުއީ) ބްރިސްޓަލް އިންނެވެ. ނިޔާޝާ އެކައުންޓިންގް އެންޑް ފައިނޭންސް އިން ބީއޭ ހަދާފައި ވަނީ އޯޕަން ޔުނިވާސިޓީ މެލޭޝިޔާ އިންނެވެ.
ނިޔާޝާ
ނިޔާޝާ ވަނީ ރާއްޖޭއާއި ބޭރު ގައުމުތަކުގެ އަމިއްލަ ކުރިއެރުމަށް ގިނަ ތަމްރީން ޕްރޮގްރާމް ތަކާއި ވޯކްޝޮޕް ތަކުގައި ބައިވެރިވެފައެވެ. އޮޑިޓިން އާއި ފައިނޭންސް ދާއިރާއިން ހަތް އަހަރުގެ ދިގު ތަޖުރިބާ އާއި އެކު ނިޔާޝާ މިހާރު މަސައްކަތް ކުރަމުން ދަނީ އިސްލާމިކް ބޭންކުގަ އެވެ.
މީގެ ކުރިން ޖެންޑާ މިނިސްޓްރީގައާއި ޔޫތް އެޑްވޮކޭޓް އެޓް ރީޖަނަލް އެލަޔަންސް ފޮ ފޮސްޓަރިންގް ޔޫތް (އާރްއޭއެފްވައި) ގައިވެސް ނިޔާޝާ މަސައްކަތް ކޮށްފައިވެއެވެ. އަދި މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގައި ޕާޓް ޓައިމް ލެކްޗަރާ އަކަށް މަސައްކަތް ކޮށްފައިވެއެވެ.
....
ނިޔާޝާ ވަނީ އޭނާގެ ހަޔާތުގެ ކާމިޔާބު ދަތުރު ސީއެންއެމްއާއި ހިއްސާކޮށްފައެވެ. އެގޮތުން ނިޔާޝާގެ އެންމެ ބޮޑު އެދުމަކީ ބޭނުން ޖެހިފައިވާ މީހުނަށް އެހީތެރިވުމެވެ. މިގޮތުން ރާއްޖޭގައި ކުރިއަށް ގެންދާ "މާސީ" ކިޔާ ޖަމިއްޔާގައި މިހާރު ނިޔާޝާ އަކީ ވައިސް-ޕްރެސިޑެންޓްއެވެ. މީހުންނަށް އެހީ ވުމަކީ އަބަދުވެސް ކުރާ ހިތްވާ ކަމަކަށްވުން ވެގެން ދިޔައީ "އުދައްޔު ބޭބީ" ނަމަކަށް ކިޔާ އިވެންޓްގައި ހަރަކާތްތެރިވުމުގެ ފުރުސަތު ލިބިގެން ދިޔުމެވެ. އެއީ ކެރިއަރުގެ ފުރަތަމަ ފެށުމެވެ.
ނިޔާޝާ ބުނީ އިވެންޓްއަށްފަހު އިތުރަށް މީހުނަށް އެހީވުމުގެ ބޭނުމުގައި މާސީ އާއި ގުޅުން ކަމަށެވެ. ނިޔާޝާ ވަނީ މާސީ ކޯފައުންޑާސް އަށް ޝުކުރުއަދާކޮށްފައެވެ. އަދި މާސީގެ ކާމިޔާބީގެ ފަހަތުގައި އެކްސްކޯގެ މެމްބަރުންގެ އިތުރުން ވޮލަންޓިއަރުންގެ ބުރަ މަސައްކަތް ނިޔާޝާ ވަނީ ފާހަގަކޮށްފައެވެ.
<<<<<
މާސީ ރެޖިސްޓާ ކުރެވިފައިވަނީ 2018 ވަނަ އަހަރު އެވެ. މާސީ ގައި މިހާރު ހަރަކާތްތެރި ވަމުން ދަނީ ނިޔާޝާ އާއެކު، ރ އަތޮޅަށް ނިސްބަތްވާ އަށް މެމްބަރުންނެވެ. ހާލުގައިޖެހިފައިވާ މީހުންނަށް ”މާސީ“ ވަނީ ވަރަށް ގިނަ އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން ބޭސްފަރުވާއަށް ބޭނުންވާ 16 އާއިލާއަކަށް އެހީތެރިކަން ފޯރުކޮށް ދީފައިވެއެވެ. މީގެ އިތުރުން ރޯދަމަހަށް ހާއްސަކޮށްގެން ކުރިއަށް ގެންދެވުނު ”ހަދިޔާވަށި ޕްރޮގުރާމް“ގެ ތެރެއިން 64 ނިކަމެތި އާއިލާއަށް އެހީތެރި ވެފައިވެއެވެ. އަދި ކޮވިޑް-19ގެ ދަތި ދުވަސްވަރުގައި ވެސް 35 އާއިލާއަށް ”ހާލިސް ހިތަކުން“ގެ ނަމުގައި މާސީން ވަނީ އެހީ ފޯރުކޮށްދީފައެެވެ. އަދި ގަޒާ އާއި ސީރިޔާގެ ފަންޑް ރައިސިން ޕްރޮޖެކްޓުގައި ވެސް ނިޔާޝާ ވަނީ މާސީ ޖަމާތުގެ ފަރާތުން ބައިވެރިވެފައެވެ.
ނިޔާޝާ ފާހަގަ ކުރި ގޮތުގައި އެ އެންޖީއޯގެ ފަރާތުން މިއަހަރު ވަނީ "ބްލަޑް ކޭމްޕް" އެއްވެސް ބާއްވާފައެވެ. އަދި މި އިވެންޓްގައި މުޅި ރާއްޖެއިން ރިކޯޑް އަދަދަކަށް އާ ޑޯނަރުން ވެސް ވަނީ ބައިވެރިވެފައެވެ.
އިވެންޓް އެއްގެ ތެރެއިން
ނިޔާޝާ އަކީ ކަސްރަތު ކުރުމަށް ވަރަށް ޝައުގުވެރިކަން ހުންނަ ޒުވާނެކެވެ. އޭނާގެ ބަހުން ނަމަ "ފިޓްނަސް ފްރީކް" އެކެވެ.
"ރޭޖް" ޖިމަށް ދިޔުމަކީ ވަރަށް ހިތްހަމަޖެހޭ ކަމެއް ކަމަށާއި ވަރަށް ކާމިޔާބު ބަދަލުތައް ވެސް ހަށިގަނޑަށް އައިސްފައިވާ ކަމަށް ނިޔާޝާ ކިޔައިދީފައިވެއެވެ. ނިޔާޝާ ބުނެފައިވަނީ 89 ކިލޯ އިން 64 ކިލޯ އަށް ނިޔާޝާ ހިއްކާލީ ރޭޖް ޖިމްގެ ފައުންޑާ އަދި އިންސްޓްރަކްޓާ މާޒްގެ އެހީތެރިކަމަށް ޝުކުރުވެރިވާކަމަށާއި، މާޒް އަކީ އެކުވެރި، ހިތްވަރުދޭ މީހެއް ކަމަށެވެ.
ރޭޖް ޖިމްގައި
ނިޔާޝާގެ ކާމިޔާބީގެ ސިއްރަކީ މަންމަ އާއި ބައްޕަ ކަމަށް އޭނާ ގަބޫލުކުރެއެެވެ. އެގޮތުން ކޮންމެ ކަމެއްގައިވެސް ވަރަށް ހިތްވަރުދޭ ކަމަށާއި މަންމައާއި ބައްޕައަކީ އޭނާއަށް ދުނިޔޭގައި ލެއްވި ނަސީބެއް ކަމަށް ނިޔާޝާ ބުނެއެވެ.
ނިޔާޝާ މަންމަ އާއި ބައްޕަ އާއެކު
މީއީ ހަމަ ދިވެހި ލާމަސީލު ކާމިޔާބު ކުޅަދާނަ ކަނބަލެކެވެ. ސީއެންއެމް ގެ ޓީމުން އެދެނީ ނިޔާޝާ އަށް ކުރިއެރުމާއި ކާމިޔާބު މުސްތަގުބަލަކަށެވެ.