ads
ސްލައިޑް ކުރަން ގޮސްތިބި ބައެއް ކުދިންނާއި މީހުން: ފޮޓޯ ސޯޝަލް މީޑިއާ
ކޮއްކޮމެން ސްލައިޑު ކުރިއަސް ގައިދުރުކަން ބަހައްޓަމާތޯ؟
މާލޭ މޫދަށް އެރޭ ޓްރެކްސަރަހައްދުގައި މޫދަށް އެރެން ސަލައިޑް އެއް ހަރުކުރުމާއެކު އެ ސްލައިޑާއި، ޑައިބު ޖަހާ ޕްލެޓްފޯމު ވަނީ މަލޭ ސަރަހައްދުގައި މޫދަށް އެރޭ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައެވެ.

އެތަން މެނޭޖުކުރާ ސުވިމިން އެސޯސިއޭޝަނުން ވެސް ވަނީ އެ ސްލައިޑަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަކަން މިދިޔަ ހަފްތާގެ ތެރޭގައި އިއުލާނުކޮށްފައެވެ. 

މިއަދަކީ ހުކުރު ދުވަސްކަމުން ގިނަބަޔަކު ވަނީ ސްލައިޑު އަދި ޑައިބު ޖަހާ ޕްލެޓް ފޯމު ބޭނުންކުރަން މާލޭ ޓްރެކް ސަރަހައްދަށް ގޮސްފައެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނެވެ. 

އާންމުކޮށް ސްލައިޑް ބޭނުންކުރެވޭ ގޮތަށް ހުންނާނީ ހެނދުނު 8:30-10:00 އަށާއި މެންދުރުފަހު 3:00-6:30 އަށެވެ. ނަމަވެސް ބަންދު ދުވަސްވަހު އެއަށްވުރެ ގިނަ ވަގުތު ސްލައިޑް ބޭނުންކުރެވޭނެ ގޮތް ހަދައިދޭނެކަމަށް ސުވިމިން އެސޯސިއޭޝަނުން ވަނީ ބުނެފައެވެ. 

ސްލައިޑް ބޭނުން ކުރެވެނީ އެ ސްލައިޑުން ފެން ދައުރުވާގޮތް ހަދާފައި ހުންނަ ވަގުތުތަކުގައެވެ.

މި ދަނޑިވަޅަކީ ކޮވިޑް 19 ގެ ހާލަތުގެ ސަބަބުން، ގައިދުރުކަން ބެހެއްޓުން މުހިންމު ދަނޑިވަޅެކެވެ. ނަމަވެސް ސްލައިޑާއި ޑައިވިން ޕްލެޓްފޯމް ބޭނުންކުރުމުގައި ގައިދުރުކަން ބަހައްޓާތަނެއް ނުފެނެވެ. 

ސްލައިޑާއި ފްލެޓް ފޯމް ހަދަން ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީން 1.1 މިލިއަން ރުފިޔާ ހޭދަކުރިއެވެ. އެ މަސައްކަތް ނިންމުނީ ތިން މަސް ދުވަހުންނެވެ. 

މިކަމަށް ބައެއް މީހުން އަންނަނީ ފާޑުވެސް ކިޔަމުންނެވެ. 

"މާލެ ސަރަހައްދުގައި މުޅި ގައުމުގެ 40 ޕަަންޓު އާބާދީ އޮންނައިރު، ފެތުންފަދަ ކަންކަން ކުރަން މިފަދަ ތަންތަން އިތުރަށް ބޭނުންވޭ،" މި މައްސަލައިގައި މީހަކު މިއަދު ބުންޏެވެ.

ބައެއް މީހުން އަންނަނީ އެޗްޕީއޭއަށް ވެސް ފާޑު ކިޔައި މިއީ އޭ ގްރޭޑްގެ ޕޮލިސީގެ ސަބަބުން ވާކަމެއްކަމަށް ބުނަމުންނެވެ. 

"މިހެން މިތަންތަނަށް ހުއްދަލިބޭނަމަ މިސްކިތްތަކުގެ ސަފުތަކުގަ ގައިދުރުުރާކަށް ނުފެނޭ،" މިކަމާއި ހިތްހަމަ ނުޖެހޭ މީހަކު މިއަދު ސޯސަލް މީޑިއާގައި ބުނެފައިވެެއެވެ. 

ކޮވިޑް 19 ގެ ހާލަތުން އަރައިގަތުމަށް ފަރުދީ ޒިންމާއަކީ ވެސް މުހިންމު ކަމަކަށްވާއިރު، ކުޑަކުދިން ސްލައިޑުކުރަން ގެންދާ ބެލެނިވެރިންވެސް އަދި ކުދިން ވެސް ސަލާމުވުން މިހިންމެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް