ads
ދަރިވަރުންނަށް ހާއްސަ ރެސިޑެންސް "އެކުވެހި" -- ފޮޓޯ/ އެޗްޑީސީ
ދަރިވަރުންނަށް ހާއްސަ ރެސިޑެންސް "އެކުވެހި"، ކުއްޔަށް މަހަކު 3500 ރުފިޔާ
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ "އެކުވެހި" އެކޮމޮޑޭޝަން އިމާރާތުގައި ދިރިއުޅެން ބޭނުންވާ ދަރިވަރުންނަށް އެކަމަށް އެދި ކުރިމަތިލުމުގެ ފުރުސަތު އެޗްޑީސީން އަންނަ މަހުގެ ފުރަތަމަ ދުވަހު ހުޅުވާލަން ނިންމައިފި އެވެ.
Advertisement

އެޗްޑީސީން ފާހަގަކުރި ގޮތުުގައި ތައުލީމު ހާސިލުކުރުމަށް ރަށްރަށުން މާލެ ސަރަހައްދަށް އަންނަ ދަރިވަރުންނަށް ރައްކާތެރި އަދި އަތްފޯރާ އަގެއްގައި ބޯހިޔާވަހިކަން ހޯދުމަކީ ބޮޑު ގޮންޖެހުމެކެވެ. މި މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން މިނިސްޓްރީ އޮފް އެޑިއުކޭޝަން، ހަޔާ އެޑިއުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓާ ގުޅިގެން އެޗްޑީސީން ގާއިމުކޮށްފައިވާ މި މަޝްރޫއަކީ ހަމައެކަނި ދިރިއުޅޭނެ ތަނެއް ނޫން ކަމަށާއި، ދިވެހި ޒުވާނުންގެ ތައުލީމީ މުސްތަގުބަލަށް އެޅޭ ގައުމީ ބިންގަލެއް ކަމަށް އެ ކޯޕަރޭޝަނުން ބުނެފައިވެ އެވެ. އެކްސްޕޯގެ ތެރެއިން "އެކުވެހި"އާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ލިބުމުގެ އިތުރުން، އެ ތަނަށް ޒިޔާރަތްކޮށް ބެލުމުގެ ފުރުސަތުވެސް ހުޅުވައިލެވޭނެ އެވެ.

އެޗްޑީސީން ބުނެފައިވާ ގޮތުން ދަނާލެއް ގޮތަށް އިމާރާތްކޮށްފައިވާ މިތަނަށް މަހަކު ދައްކަން ޖެހެނީ 3،500ރ. އެވެ. ވިނަރެސް ޓަވަރުތަކުގެ ކައިރިގައި ހަދާފައިވާ މި އިމާރާތުން ކޮޓަރި ކުއްޔަށް ދޫކުރަނީ ދެމީހަކު އެކީގައި އުޅެވޭނެ ގޮތަށް ކަމަށް އެޗްޑީސީން ބުނެފައިވެ އެވެ.

your imageދަރިވަރުންނަށް ހާއްސަ ރެސިޑެންސް "އެކުވެހި" - ފޮޓޯ/ އެޗްޑީސީ

އެކުވެހީގައި ރަޖިސްޓްރީވުމަށް ފުރިހަމަވާންޖެހޭ ޝަރުތުތައް:

  • އުމުރުން 35 އަހަރުން ދަށުގެ ދަރިވަރުން.
  • ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒެއްގައި ރަޖިސްޓްރީވެފައިވާ ދަރިވަރުން.
  • އެމްކިޔުއޭ އެޕްރޫވް ކޯހެއް ހަދަމުންދާ ދަރިވަރުން.
  • ފުލްޓައިމް ކޯހެއްގައި އުޅޭ، ގަވާއިދުން ކްލާސްތަކަށް ހާޒިރުވެގެން ކިޔަވާ ދަރިވަރުން.
  • ކިޔެވުން ފުރިހަމަކުރުމަށް މަދުވެގެން އެެއް އަހަރުގެ މުއްދަތު ބާކީ އޮތުން.

your imageދަރިވަރުންނަށް ހާއްސަ ރެސިޑެންސް "އެކުވެހި" -- ފޮޓޯ/ އެޗްޑީސީ

ޝަރުތުތައް ހަމަވާނަމަ އެކަމަށް ކަނޑައަޅާފައިވާ ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ. އެޕްލިކޭޝަން ހުށަހަޅާއިރު އައިޑީކާޑާއި ޕޮލިސް ރިޕޯޓުގެ އިތުރުން ކޮލެޖު ނުވަތަ ޔުނިވާސިޓީގެ ޕްލޭސްމެންޓް ލެޓާ ބޭނުންވާނެކަމަށް އެޗްޑީސީން ބުނެ އެވެ.

އެޗްޑިސީން އިތުރަށް ބުނީ، މިއީ ދަރިވަރުންގެ ދިރިއުޅުމާއި މުޖުތަމައުގެ ވިޔަފާރިތައް ގުޅުވައިދޭ ދިރުން ހުރި މާހައުލަކަށްވުމަކީ އުއްމީދެއް ކަމަށެވެ.

"އެކުވެހި"ގައި 24 ގަޑިއިރުގެ ރިސެޕްޝަން ހިދުމަތާއި މި ކޯޕަރޭޝަންގެ އެސްޓޭޓް ސެކިއުރިޓީގެ ބެލެހެއްޓުން ގާއިމުކުރާއިރު، ލިފްޓްތަކުގައި ފްލޯ-ރެސްޓްރިކްޓެޑް އެކްސެސް ކޮންޓްރޯލް ހަރުކޮށްފައިވާތީ ހުއްދަ އޮންނަ ފްލޯތަކަށް ނޫނީ ނޭރޭނެ އެވެ.

ރަށްރަށުން މާލެ އަށް ކިޔަވަން އަންނަ ދަރިވަރުން އެވްރެޖުކޮށް ކޮންމެ މަހަކު 4،000ރ. ކުއްޔަށް ހޭދަކުރަންޖެހެ އެވެ. އެއީ ދަރިވަރުން ބައިތިއްބާ ގޭގޭގެ ކުއްޔެވެ. 

އެކަމަކު ގިނަ ކުދިންތަކަކާ އެކު އެއް ކޮޓަރިއެއްގައި އުޅެން ޖެހޭ ޖެހުމުން ދަރިވަރުންނަށްވާ އުނދަގޫތަކަށް އެޗްޑީސީގެ އެކޮމަޑޭޝަން ބްލޮކާ އެކު، ބޮޑު ލުޔެއް ލިބޭނެ އެވެ. 

67%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް