ads
ކިންގްސްޓަން
ސައިކަލު ވިއްކާނެ ކަމަށް ބުނެ މަކަރު ހެދި މައްސަލަ ކޯޓަށް
އަގުހެޔޮކޮށް ސައިކަލު ވިއްކާނެ ކަމަށް ބުނެ އޮޅުވާލައިގެން ގިނަ ބައެއްގެ އަތުން ފައިސާ ނަގައި އެ ފައިސާ ޓަކައިގަތް މައްސަލައިގައި، ކިންގްސްޓަން ހޯލްޑިންގްސް މޯލްޑި ވްސްގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު އާތިފު ހަސަންގެ މައްޗަށް ޓެކުމުގެ 139 ދައުވާއެއް ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.
Advertisement

މި ދައުވާތައް ކޯޓަށް ހުށަހަޅާފައިވަނީ 26 ނޮވެމްބަރު 2026 ގައެވެ.
އޭނާގެ މައްޗަށް މި ދައުވާތައް ކޮށްފައިވަނީ 2023 ވަނަ އަހަރުން ފެށިގެން އެ ކުންފުނި މެދުވެރިކޮށް އަގުހެޔޮކޮށް ސައިކަލު ވިއްކާ ކަމަށް ދައްކައި، މީހުން އަތުން ފައިސާ ނެގުމަށްފަހު ސައިކަލު ވެސް އަދި ފައިސާވެސް ރައްދު ނުކޮށް، އެ ފައިސާ ބޭނުންކޮށްފައިވާތީއެވެ.
މި މައްސަލައިގައި ކޮންމެ މީހެއްގެ ބައި ވަކިން ކޯޓަށް ހުށަހަޅާފައިވާއިރު، މި ދައުވާތައް ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް މަދުވެގެން 133 އަހަރާއި 4 މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.
މީގެ އިތުރުން، ފައިސާ ދެއްކި މީހުންނަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ޖުމްލަ 6.2 މިލިއަނަށް ވުރެ ގިނަ ރުފިޔާ (6,250,420.12 ރުފިޔާ) އާތިފު އަތުން ނަގައިދިނުމަށް ދައުލަތުން ވަނީ އެދިފައެވެ. އަދި މި މައްސަލައިގައި އަނިޔާ ލިބުނު އިތުރު 11 މީހެއްގެ ބައި ތަހުގީގު ކުރު މަށް ފުލުހުންގެ ހިދުމަތަށް ލަފާދީފައިވާ ކަމަށާއި، އެ ބައިތަކުގެ ތަހުގީގު ނިމުމުން އިތުރު ދައުވާތައް ކުރުމާމެދު ގޮތެއް ނިންމާނެ ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް