ads
މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރި ތިން ފިލްމީ ތަރިން
ޑްރަގު ބޭނުންކުރިކަމަށް ތިން ފިލްމީ ތަރިން އިއުތިރާފުވެއްޖެ، ޖުމައިހްއަށް ދީނީ ނަސޭހަތް
ވިލިމާލޭގައި ކުރިއަށް ގެންދިޔަ ޑްރަގު އޮޕަރޭޝަންގައި ހައްޔަރުކުރި އަހުމަދު އަޒްމީލް (އަޒޭ)، އިސްމާއީލް ޖުމައިހް (ޖުމާ) އަދި މުހައްމަދު ވިޝާލް ޑްރަގު ބޭނުންކުރިކަމަށް ކޯޓުގައި މިއަދު އިއުތިރާފުވެއްޖެ އެވެ.
Advertisement

މިމަހުގެ 9 ވަނަ ދުވަހު ވިލިމާލޭގައި ކުރިއަށް ގެންދިޔަ ޑްރަގު އޮޕަރޭޝަންގައި މި ތިން ފިލްމީ ތަރިންގެ އިތުރުން އަޒޭގެ ކޮއްކޮ ޝާހިލު މުހައްމަދު ވެސް ހައްޔަރުކުރި އެވެ. 

ފުލުހުން  ވަނީ މި އެންމެން ބަންދު ދޫކޮށްލާފަ އެވެ. އޭރު ފުލުހުން  ބުނީ އެ އެންމެން ބަންދުން ދޫކޮށްލީ މައްސަލަ ތަހުގީގު ފުރިހަމަކޮށް ޕީޖީ އޮފީހަށް ފޮނުވާފައިވާތީކަމަށެވެ. 

މި މައްސަލާގައި އަޒޭގެ މައްޗަށް އުފުލީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ޖަދުވަލު އެކެއްގައިވާ މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ. އަދި ރޯމަންގެ މައްޗަށް އުފުލީ ކެނަބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ.

ދައުލަތުން ވަނީ އަޒޭއާއި ރޯމަންގެ މައްސަލަ ޑްރަގު ކޯޓަށް ހުށަހަޅަން ނިންމާ އެ މީހުންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ކުރި ދައުވާތައް އަނބުރާ ގެންދަން އެދިފަ އެވެ. މަސްތުވާތަކެތީގެ އިތުރު މައްސަލައެއް ޖުމައިހްގެ މައްޗަށް ހުށަހެޅިފައި ނުވާތީ، އޭނާއާއެކު ނަސޭހަތުގެ އެއްބަސްވުމެއް ހަދަން ނިންމައިފައިވާ ކަމަށް ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން މިއަދު ކޯޓުގައި ބުނެފަ އެވެ. 

މި މައްސަލައިގައި ހައްޔަރުކުރި އަޒޭގެ ކޮއްކޮ ޝާހިލްގެ މައްޗަށް ކުރި ދައުވާއެއް އަދި ސާފެއް ނުވެއެވެ. 

އެ ހަތަރު މީހުން ތިބި ކޮޓަރީގައި މަސްތުވާތަކެތި ހާމައަށް ބަހައްޓާފައި ހުރި ކަމަށް ސީނަށް ދިޔަ ފުލުހުން ވަނީ ބުނެ ފައެވެ. އަދި ކޮޓަރިން ފެނުނު މަސްތުވާތަކެތީގެ ބަރުދަން ޓްރެފިކިން މިންގަނޑަށް އަރާކަމަށްވެސް ކޯޓު އަމުރުގައި ވެއެވެ. 

މީގެއިތުރުން ހަތަރު މީހުންގެ ތެރެއިން އަޒްމީލް އާއި ވިޝާލް (ރޯމަން) އަދި ޝާހިލްގެ ބަންދު ރެކޯޑެއް އޮތްކަން ކޯޓު އަމުރުތަކުން އެނގެެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް