ސަރުކާރުގެ މި ނިންމެވުމާ ގުޅިގެން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ، 29 ނޮވެންބަރު 2026 ވާ އާދިއްތަ ދުވަހުން ފެށިގެން، ތެލެސީމިއާއަށް ފަރުވާ ހޯދާކަން އަންގައިދޭ ކާޑު އޮންނަ ފަރާތްތަކަށާއި އެ ފަރާތްތަކުގެ އެހީތެރިއަކަށް އާރްޓީއެލް ފެރީ އަދި ބަހުގެ ޚިދުމަތްތަކުގައި މުޅިން ހިލޭ ދަތުރުކުރެވޭނެ ކަމަށެވެ.
މި ޚިދުމަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އެމްޓީސީސީގެ ހޮޓްލައިން 1650 ނުވަތަ 7369221 ނަންބަރަށް ގުޅުއްވުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.
ރާއްޖޭގައި ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނީގެ ހައިސިއްޔަތުން އެމްޓީސީސީގެ މައިގަނޑު އަމާޒަކީ މުޖުތަމަޢުގެ ހުރިހާ ފަރުދުންނަށްވެސް ލުއިފަސޭހަކަމާއެކު ބޭނުންކުރެވޭނެ ފަދަ، އިތުބާރުހުރި ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ނިޒާމެއް ފޯރުކޮށްދިނުން ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.