ކޮންމެ ދުވަހަކު ކިރު ސައި ބޯން ލޯބިކުރާ މީހުންނަށް އަމާޒުކޮށްގެން އެ ބްރޭންޑުން އަލަށް ތައާރަފުކުރި "ޓީ ވިތު މިލްކް" މިނީ ޕާފިއުމް ސެޓަކީ، ސައިގެ އެކި ވަސްތަކާއި ކިރުގެ ވަސް އެއްކޮށްލައިގެން ބޭނުންވާ މީރުވަހެއް އުފެއްދޭނެ ގޮތަށް ފަރުމާކޮށްފައިވާ އުފެއްދުމެކެވެ.
މި ސެޓުގައި ޖުމްލަ ހަ ބާވަތެއްގެ ވަސް ހިމެނެ އެވެ. އެއީ ދާޖީލިންގް، އާލް ގްރޭ، އައްސާމް، އޫލޯންގް، ޖޭސްމިން އަދި ތާޒާ ކިރުގެ ވަސް ދޭ "މިލްކް ޖަގް" އެވެ. މީގެ ތެރޭގައި ހިމެނޭ އައްސާމް ކަޅުސައިގެ ވަހާއި، އާލް ގްރޭގެ މީރުވަހުގެ އިތުރުން އެކި ކަހަލަ މާވަސްތައް އެކުލެވޭ އޫލޯންގް ސައިގެ ވަހަކީ ވެސް ފާހަގަކޮށްލެވޭ ވަސްތަކެކެވެ.
މި ސެޓުގެ އެންމެ ތަފާތު ބަޔަކީ ތާޒާ ކިރުގެ ވަސް އެކުލެވިގެންވާ "މިލްކް ޖަގް" ފުޅިއެވެ. ބޭނުންވާ ސައިގެ ވަހަކާއި މި ކިރުގެ ވަސް އެއްކޮށްލައިގެން، ސައި ތައްޓެއް ގިރާލާ ފަދައިން ބޭނުންވާ ވަރަކަށް ވަސްތައް މިންކޮށްލެވެ އެވެ. މިގޮތުން ގަދަ ސައި ވަސް ދުވާ ކިރު ސައި ނުވަތަ މާވަސް ދުވާ ޖޭސްމިން މިލްކް ޓީ ފަދަ ތަފާތު ވަސްތައް ކޮންމެ ދުވަހެއްގެ މޫޑަށް ގުޅޭގޮތަށް އަމިއްލައަށް އުފެއްދުމުގެ ފުރުސަތު ލިބިގެންދެ އެވެ.
މީރުވަހުގެ އިތުރުން، މި ސެޓުގެ ފުޅިތަކާއި ފޮށި ވެސް ފަރުމާކޮށްފައިވަނީ ވަރަށް ރީތި އަދި ހިތްގައިމު ކުލަތަކެއްގަ އެވެ. ކޮންމެ ފުޅިއެއްގައި 5 އެމްއެލް ހިމެނޭ ގޮތަށް ޖުމްލަ ހަ ފުޅި ހިމެނޭ މި ސެޓުގެ އަގަކީ 22,000 ޖަޕަނީޒް ޔެން އެވެ.