ads
ހުޅުމާލެ އެކެއް
ހުޅުމާލޭގައި ހުވަނި ފެތުރޭތީ ބޭސް ޖަހަން ރީތިގަސް މަގުން އުޅަނދުތައް ނަގަން އަންގައިފި
ހުޅުމާލޭ ރީތިގަސް މަގުގައި ހުރި ގަސްތަކުގައި ހުވަނި ފެތުރެމުންދާތީ، އެ ސަރަހައްދުގައި ހުރި ގަސްތަކަށް ބޭސް ޖެހުމަށްޓަކައި އެ މަގުގައި ޕާކުކޮށްފައި ހުރި ހުރިހާ އުޅަނދެއް ނެގުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންގައިފި އެވެ.
Advertisement

އެޗްޑީސީން ކުރި އިއުލާނެއްގައި ބުނީ ރީތިގަސް މަގުގައި ހުރި ދަނބު ގަސްތަކުގައި ހުވަނި ފެތުރެމުންދާތީ، އާންމުންގެ ރައްކާތެރިކަމަށްޓަކައި ހުވަނި ބޭސް ޖެހުމަށް ނިންމާފައިވާ ކަމަށެވެ. އެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 9:00 އިން ފެށިގެން ދެ ދުވަހުގެ މުއްދަތަށެވެ.

އެހެންކަމުން އެ މަގުގެ ދެފަޅީގައި ޕާކުކޮށްފައިވާ ހުރިހާ އުޅަނދެއް ނެގުމަށާއި، ބޭސް ޖެހުމުގެ މަސައްކަތް ކުރިއަށްދާ މުއްދަތުގައި އެ މަގުގައި އެއްވެސް އުޅަނދެއް ޕާކު ނުކުރުމަށް އެޗްޑީސީން ވަނީ އެދިފަ އެވެ.

ހުވަންޏަކީ އަހަރުގެ ވަކި ދުވަސްވަރެއްގައި، ހާއްސަކޮށް ހޫނުގަދަ މޫސުމުގައި ބައެއް ބާވަތްތަކުގެ ގަސްގަހުގައި އަޅާ ފަންޏެކެވެ. ރާއްޖޭގައި މައިގަނޑު ގޮތެއްގައި ހުވަނި އަޅާކަން ފާހަގަކުރެވިފައި ވަނީ މިދިލި، ޖަނބުރޯލު، ފުނަ، ކުންނާރު، ބަނބުކެޔޮ، ފޭރު، އަނބު އަދި ދިއްގާ ފަދަ ބޮޑެތި ގަސްގަހުގަ އެވެ.

މިފަދަ ގަސްގަހަކީ އާންމުކޮށް ގޯތިތެރޭގައްޔާއި މަގުމަތީގައި ހުންނަ ބޮޑެތި ގަސްތަކަށް ވުމުން، ހުވަނި އެޅުމުން ގަހަށް ގެއްލުންވުމުގެ އިތުރުން އިންސާނުންނަށް ވެސް އޭގެ ސަބަބުން ނޭދެވޭ އަސަރުތައް ކުރެ އެވެ.

ހުވަންޏަކީ ވާލައިގެން ގަހުގައި އުޅޭ އެއްޗަކަށްވާތީ، ގަސް ކައިރީ އުޅުމުގެ ތެރޭގައި އެ ވާތައް މީހުންގެ ގައިގައި ޖެހުމުން ގަދައަށް ކެހުމާއި، ހިރުވައި ފިތްނެގުމުގެ އިތުރުން އެ ހިސާބުގަނޑު ރަތްވެ ދުޅަވުން ފަދަ ސިއްހީ މައްސަލަތައް ކުރިމަތިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް