ads
ޝަހީބު
ޝަހީބުގެ 50 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފު ހައިކޯޓުގައި ފަށައިފި
ހުޅުމާލޭ ފަޅުތެރޭގައި އޮތް ކަންނެލި ދޯންޏަކުން 130 ކިލޯގެ މަސްތުވާތަކެތި ފެނުނު މައްސަލައިގައި 50 އަހަރަށް ޖަލަށްލައި 10 މިލިއަން ރުފިޔާއިން ޖޫރިމަނާކުރި ގއ. ވިލިނގިލީ، ލައިޓްހައުސް، ޝަހީބު އިބްރާހީމްގެ ހުކުމް އިސްތިއުނާފުކުރުމުގެ ޝަރީއަތް ހައިކޯޓުގައި ފަށައިފި އެވެ.
Advertisement

މި މައްސަލައިގައި ޝަހީބުގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދެ ދައުވާއެއް ސާބިތުވެ، ކޮންމެ ދައުވާއަކަށް 25 އަހަރުގެ ޖަލު ހުކުމަކާއެކު ބޮޑު ޖޫރިމަނާއެއް ކްރިމިނަލް ކޯޓުން ކަނޑައެޅީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. މިއީ މަސްތުވާތަކެތީގެ ގާނޫނުގެ ދަށުން ރާއްޖޭގައި މިހާތަނަށް ކަނޑައެޅި އެންމެ ބޮޑު ޖޫރިމަނާ އެވެ.

ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް އުޅުނު ކަމަށް ނިންމި ޝަހީބު ހުށަހެޅި މި މައްސަލަ ބައްލަވަނީ ހައިކޯޓުގެ އިސްފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާ އާއި، ފަނޑިޔާރު ހުސައިން މަޒީދު އަދި ފަނޑިޔާރު އަބްދުލްމާނިއު ހުސައިން ހިމެނިވަޑައިގަންނަވާ ބެންޗަކުންނެވެ.

ކުރިން ސަރުކާރުގެ މަގާމުތަކާއި ސިޔާސީ ހަރަކާތްތަކުގައި އުޅުނު ޝަހީބުގެ އިތުރުން، މި މައްސަލައިގައި ބައިވެރިވި އެހެން މީހުންގެ މައްޗަށް ވެސް ކުށް ސާބިތުވެ އުމުރު ދުވަހުގެ ޖަލު ހުކުމް ވަނީ އިއްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް