ads
އައިޖީއެމްއެޗް ހޮސްޕިޓަލް
ބަނޑަށް 23 ހަފުތާގައި އުފަންވި ކުއްޖަކު ސަލާމަތްވެއްޖެ
ފާއިތުވި 10 ވަރަކަށް އަހަރުގެ ތެރޭގައި ދުވަސް ނުފުރާ އެންމެ އަވަހަށް ވިއްސައި، ސަލާމަތްކުރެވުނީ ބަނޑަށް 23 ހަފުތާގައި އުފަންވި ކުއްޖެއް ކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ހާމަކޮށްފިއެވެ.
Advertisement

ދުވަސް ނުފުރާ އުފަންވާ ކުދިންގެ ދުވަހާ ގުޅުވައިގެން އައިޖީއެމްއެޗުން ސޯޝަލް މީޑިއާގައި އާންމުކުރި މައުލޫމާތުގައިވާ ގޮތުން، 2017 ވަނަ އަހަރު ބަނޑަށް 23 ހަފުތާ (ގާތްގަނޑަކަށް ހަ މަސް) ގައި އުފަންވި މި ކުއްޖާގެ ބަރުދަނުގައި ހުރީ އެންމެ 630 ގްރާމެވެ. މީގެއިތުރުން، މި މުއްދަތުގައި ދުވަސް ނުފުރާ ވިހެއި ކުދިންގެ ތެރެއިން އެންމެ ބަރުދަން ލުއިކޮށް އުފަންވެފައިވަނީ 2020 ވަނަ އަހަރު ބަނޑަށް 25 ހަފުތާގައި އުފަންވި ކުއްޖެކެވެ. އެ ކުއްޖާގެ ބަރުދަނުގައި ހުރީ 500 ގްރާމެވެ.

އައިޖީއެމްއެޗުން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، 2017 ވަނަ އަހަރުން ފެށިގެން މިހާތަނަށް ބަނޑަށް 23 ހަފުތާއާއި 26 ހަފުތާއާ ދެމެދު އުފަންވި ކުދިންގެ ތެރެއިން 41 ކުއްޖަކު ވަނީ ފަރުވާއަށްފަހު ސަލާމަތްވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • 26 ހަފުތާގައި އުފަންވި 16 ކުދިން (39 އިންސައްތަ)

  • 25 ހަފުތާގައި އުފަންވި 12 ކުދިން (29 އިންސައްތަ)

  • 24 ހަފުތާގައި އުފަންވި 10 ކުދިން (24 އިންސައްތަ)

  • 23 ހަފުތާގައި އުފަންވި 3 ކުދިން (7 އިންސައްތަ)

އެ ހޮސްޕިޓަލުން ފާހަގަކުރި ގޮތުގައި މި ހިސާބުތަކުން ދައްކުވައިދެނީ އެ ތުއްތު ކުދިންނާއި އެ ކުދިންގެ އާއިލާތަކުން ދެއްކި ކެތްތެރިކަމާއި ހޯދި ބޮޑު ކާމިޔާބީއެވެ. އަދި އެއިން ކޮންމެ ދަތުރަކީ ވެސް އުއްމީދާއި ހިތްވަރު އަދި ނުގުޑާފަދަ ސާބިތުކަމުގެ މިސާލެއް ކަމަށް ވެސް ބުނެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް