މަޖިލީހުގެ މިއަހަރުގެ މިހިނގާ ތިން ވަނަ ދައުރު މި މަހުގެ ނިޔަލަށް ނިމޭނެ އެވެ. އެގޮތުން:
ރިއަލް އެސްޓޭޓް ބިލަށް ހިޔާލަށް ހުޅުވާލައި އަންނަ މަހު ހަތެއްގައި ނިންމުމަށް ކޮމިޓީން އޮތީ ނިންމާފައި
އެހެންވެ މަޖިލީހުގެ ދައުރު ދަންމާނުލާ ބިލުގެ މަސައްކަތް ނިންމޭކަށް ނެތް
މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މި ދައުރުގައި މަޖިލީހުގައި ނިންމުމަށް "މުހިންމު މަސައްކަތްތަކެއް ހުރުމުން" ގަސްތު ކުރަނީ އަންނަ މަހު 15އަށް މި ދައުރު ދަންމާލުމަށެވެ. މި ހުށައެޅުން މިއަދު މަޖިލީހުގެ އަގްލަބިއްޔަތު ވޯޓުން މިހާރު ވަނީ ފާސްކޮށްފަ އެވެ.
ދެ މަހެއްހާ ދުވަހުގެ ޗުއްޓީއަށް ފަހު، ދެން މަޖިލިސް ޖަލްސާތައް ފަށާނީ އަންނަ އަހަރު ފެބްރުއަރީގަ އެވެ.
މަޖިލީހުގެ ޗުއްޓީ ފަސް ކުރިއިރު ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ މުހިއްމު ބައެއް ބިލްތަކުގެ މަސައްކަތް ނުނިމި އެބަހުއްޓެވެ. އެގޮތުން ރިއަލްއެސްޓޭޓް ގާނޫނުގެ ބިލާއި މަރުގެ އަދަބު ތަންފީޒުކުރުމުގެ ބިލާއި އަބުރު ރައްކާތެރި ކުރުމުގެ ބިލް އޭގެ ތެރޭގައި ހިމެނެ އެވެ.