ads
ސިފައިންގެ އޮފިސަރު ސްޓާޕް ސާޖެންޓް އިބްރާހިމް އަހުމަދު
ހުވަދޫ ކަނޑަށް ގެއްލުނު ސިފައިންގެ މީހާގެ ކަށު ނަމާދު އަންނަ ހުކުރު ދުވަހު
ދިޔަވެ އަޑިޔަށް ދިޔަ ސަފާރީ ދޯނި ސަލާމަތްކުރަން އުޅެނިކޮށް ހުވަދޫ ކަނޑަށް ގެއްލުނު 3 މީހުންގެ ތެެރޭގައި ހިމެނޭ ސިފައިންގެ އޮފިސަރު ސްޓާޕް ސާޖެންޓް އިބްރާހިމް އަހުމަދު ކަށު ނަމާދު އަންނަ ހުކުރު ދުވަހު ބާއްވަން ނިންމައިފި އެވެ.
Advertisement

އުމުރުން 39 އަހަރުގެ އިބްރާހިމް އަހުމަދުގެ މައްޗަށް ގައިބަށް ކުރާ ކަށު ނަމާދު އޮންނާނީ އަންނަ ހުކުރު ދުވަހު ހުކުރު ނަމާދަށް ފަހު މާލޭ ސަލްމާން މިސްކިތުގައެވެ. 

ގދ. ތިނަދޫގައި ފުޓްސަލް މުބާރާތުން ހިންގާ "ލޮކާސް" އިން ވަނީ އިބްރާހިމް އަހުމަދުގެ ހަނދާނުގައި މިސްކިތެއް ބިނާކުރަންވެސް ނިންމާފަ އެވެ. އެ މިސްކިތަކީ، އޭނާގެ ރަނގަޅު ހަނދާންތައް އާކޮށް، އަންނަން އޮތް ޖީލުތަކަށް އެއިން ފައިދާކުރާނެ ކަމެއް ކުރަން ކުރާ ކަމެއް ކަމަށް "ލޮކާސް" އިން ވަނީ ބުނެފަ އެވެ . 

މި މިސްކިތް ބިނާކުރަން ނިންމާފައިވަނީ ބަންގަލަދޭޝް ގައެވެ. 120 މީހުންގެ ޖާގައިގެ މިސްކިތް ބިނާކުރަން 300،000ރ. ހަރަދުވާނެ ކަމަށް "ލޮކާސް" ބުނެ އެވެ. އެހެންކަމުން އެކަމަށް އާއްމުން އެހީވުމަށް އެ ޖަމިއްޔައިން ވަނީ ހުޅުވާލާފަ އެވެ. 

your imageއިބްރާހިމް އަހްމަދު ގެ ކަށު ނަމާދުގެ މައުލޫމާތު ކަށުނަމަދު ގްރޫޕުގައި


މިދިޔަ އޮގަސްޓްމަހުގެ 5 ވަނަ ދުވަހުގެ ރޭ  ހިލަ އާއި ހިލަވެލި ބަރުކޮށްގެން ލ. އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރި "ފްރެންޑް 4" ނަމަކަށް ކިޔާ ދޯނި ސަލާމަތްކުރުމުގެ މަސައްކަތުގައި އުޅުނިކޮށް އިބްރާހިމް އަހުމަދު ގެ އިތުރުން ދެން ގެއްލިފައިވަނީ އެ ދޯނީގެ ކައްޕި ތ. މަޑިފުށި ދޮންވެލި، މުހައްމަދު ހަމްދޫނާއި ޕޮލިސް ސާޖަންޓް އަލީ ނާފިއު އެވެ.  

އެ މީހުން ހޯދަން ކުރެވުނު މަސައްކަތްތަކާއި އަދި ދޯނިން ސަލާމަތްވި މީހުންގެ ފަރާތުން ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު މި ދޯނިން ގެއްލިފައިވާ މީހުން ކަނޑުމަތިން ފެނުމުގެ ފުރުސަތު ކުޑަކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ. 

ހުވަދޫ ކަނޑަށް މި ދޯނި ފެތިފައިވާ ސަރަޙައްދު 1600 މީޓަރަށް ވުރެ ފުންވާނެކަމަށް ބެލެވޭކަމަށާއި މިއީ އިންސާނުންނަށް ޑައިވިން ކޮށްގެންދެވޭ ފުންމިނެއް ނޫންކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ. އަދި މިއީ ބޭރު ޤައުމުތަކުގެ ކަނޑުގެ އަސްކަރިއްޔާގައި ބޭނުންކުރާ ހަނގުރާމައިގެ ކޮންވެންޝަނަލް އަދި ނިޔުކްލިޔާ ސަބްމެރިން ވެސް އޮޕަރޭޓްކުރާ ފުންމިނެއް ނޫން ކަމަށް އެމްއެންޑީއެފްއިން ވަނި ބުނެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް