ads
ޖެނިފާ ލޮޕޭޒް
އެންގޭޖުމަންޓު ރިންގުތަކުން ޖެނިފާ ލޮޕޭޒް ދެ އަތުގެ އިނގިލިތައް ފުރާލައިފި!
ހޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި އެކްޓްރެސް ޖެނިފާ ލޮޕޭޒް، އޭނާގެ ކުރީގެ ކައިވެނިތަކުގައި ލިބިފައިވާ ގިނަ އަދަދެއްގެ އެންގޭޖުމަންޓު ރިންގުތަކުން ދެ އަތުގެ އިނގިލިތައް ފުރާލައިފި ކަމަށް ބުނެ ބައެއް މީހުން ޖޯކު ޖަހަން ފަށައިފިއެވެ.
Advertisement

މި ވާހަކަ ސޯޝަލް މީޑިއާގައި އެންމެ ބޮޑަށް ވައިރަލްވެ މީމްތަކަށް ބަދަލުވެގެން ދިޔައީ، މާވެލް ފިލްމުތަކުގައި ފެންނަ 'އިންފިނިޓީ ސްޓޯންސް' އެއްކުރާ ފަދައިން ލޮޕޭޒް ޖަވާހިރު އަނގޮޓިތައް އެއްކުރަނީ ކަމަށް ބުނެ އާންމުން ފާޅުކުރަން ފެށި މަޖާ ހިޔާލުތަކާ އެކުގައެވެ. މިކަމާ ގުޅިގެން އިންޓަނެޓުގެ އެކި ޕްލެޓްފޯމްތަކުގައި ގިނަ ބަޔަކު އަންނަނީ ތަފާތު މީމްތައް ހަދައި ދައުރުކުރަމުންނެވެ.

އެހެންނަމަވެސް، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އަނގޮޓިތަކުގެ ފޮޓޯއަކީ ހަގީގަތުގައިވެސް ޖެނިފާ ލޮޕޭޒްގެ އަމިއްލަ ގަހަނާ ފޮށީގެ ފޮޓޯއެއް ކަމެއް ނުވަތަ އެއީ އިންޓަނެޓުން ނަގާފައިވާ އާދައިގެ ސްޓޮކް ފޮޓޯއެއް ކަމެއް މިހާތަނަށް އެއްވެސް ފަރާތަކުން ކަށަވަރުކޮށްދީފައެއް ނުވެއެވެ. ނަމަވެސް ބައެއް މީހުން ބުނަނީ އެއީ ޖެނީފާ ލޮޕޯޒް އަމިއްލައަށް އޭނާގެ ސޯޝަލް މީޑިއާގައި ޝެއާކުރި ފޮޓޯއެއްކަމަށެވެ. 

your imageޖެނީފާ ލޮޕޭޒްގެ އެންޖޭޖުމަންޓު ރިނގުތައް ކަމަށް ބުނާ ފޮޓޯ

ފޮޓޯގެ ސައްހަކަމާ މެދު ސުވާލު އުފެދިފައިވީ ނަމަވެސް، ސޯޝަލް މީޑިއާ ބޭނުންކުރާ ގިނަ ބަޔަކު އަންނަނީ ލޮޕޭޒްގެ ކުރީގެ ކައިވެނިތަކާއި ލޯބީގެ ގުޅުންތަކަށް އިޝާރާތްކޮށް، އޭނާ ދެ އަތުގެ ހުރިހާ އިނގިލިތަކަށް އަނގޮޓި ހަމަކުރަން މަސައްކަތް ކުރަނީތޯ ބުނެ މަޖާ ބަހުސްތައް ކުރަމުންނެވެ.

މި ވާހަކަތަކާ ގުޅިގެން ޖެނިފާ ލޮޕޭޒްގެ ފަރާތުން މިހާތަނަށް އެއްވެސް ރަސްމީ ބަހެއް ބުނެފައި ނުވާއިރު، މި މައުލޫއަކީ މިވަގުތު މުނިފޫހިފިލުވުމުގެ ދާއިރާގެ ހަބަރުތަކުގައި އެންމެ ބޮޑަށް ދެކެވޭ އެއް ވާހަކައަށް ވަނީ ވެފައެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް