ads
އާޖެންޓީނާގެ ވަކީލު އަދި ނޫސްވެރިޔާ އަލެހާންދްރާ މަރީސާ ރޮޑްރީގޭޒް
ޒުވާންކަމުގެ ސިއްރަކީ ކޮބާ؟ އުމުރުން 60 އަހަރުގެ ރީތީގެ ރާނީ!
އުމުރުން 60 އަހަރުގައި މިސް ޔުނިވާސް ބިއުނަސް އައިރިސްގެ ތާޖު ކާމިޔާބުކޮށް، މުޅި ދުނިޔެ ހައިރާންކޮށްލި އާޖެންޓީނާގެ ވަކީލު އަދި ނޫސްވެރިޔާ އަލެހާންދްރާ މަރީސާ ރޮޑްރީގޭޒްގެ ޒުވާންކަމާއި ތާޒާކަމުގެ ސިއްރު އޭނާ މިވަނީ ހާމަކޮށްފައެވެ. 2024 ވަނަ އަހަރުގެ އޭޕްރީލް މަހު ބޭއްވި މި މުބާރާތުގައި 18 އަހަރުގެ ޒުވާން ވާދަވެރިން ފަހަތަށް ޖައްސާލުމަށްފަހު އޭނާ ތާރީހީ ކާމިޔާބީއެއް ހޯދިއިރު، އުމުރުން 40 އަހަރަށް ވުރެ ދޮށިހެން ވެސް އެނާ ހީނުވާކަމަށް އޭނާ ބުންޏެވެ.
Advertisement

އަލެހާންދްރާ ބުނި ގޮތުގައި އޭނާގެ ރީތިކަމާއި ޒުވާންކަން ދެމެހެއްޓުމުގެ އެންމެ ބޮޑު ސިއްރަކީ ދިރިއުޅުމުގެ އާދަތަކަށް ބަހައްޓާ ހާއްސަ ފަރުވާތެރިކަމެވެ. އެގޮތުން، ހަފްތާއަކު ތިން ދުވަހު ކަސްރަތު ކުރުމާއި، ހާއްސަކޮށް ހިނގުމާއި ދުވުން ފަދަ ކަސްރަތުތައް ގަވާއިދުން ކުރާ ކަމަށް އޭނާ ބުންޏެވެ. މީގެ އިތުރުން، ކެއުމުގައި އޯގަނިކް ކާނާއާއި، ގިނައިން މޭވާއާއި ތަރުކާރީ ބޭނުންކުރުމާއެކު، ވަކި ވަގުތުތަކެއްގައި ނުކައި ހުންނަ އިންޓަމިޓެންޓް ފާސްޓިންގްގެ އުސޫލަށް އަމަލުކުރާ ކަމަށް ވެސް އޭނާ ހާމަކުރިއެވެ.

ހަށިގަނޑުގެ ސިއްހަތުގެ އިތުރުން، ހަމުގެ ރީތިކަމާއި އުޖާލާކަން ދެމެހެއްޓުމަށް ރަނގަޅު ފެންވަރުގެ ސްކިން ކްރީމްތައް ބޭނުންކުރާ ކަމަށް އަލެހާންދްރާ ބުންޏެވެ. އަދި އޭނާއަކީ މިހާތަނަށް އެއްވެސް ކަހަލަ ޕްލާސްޓިކް ސާޖަރީއެއް ހަދާފައިވާ މީހެއް ނޫން ކަމަށާއި، ގުދުރަތީ ގޮތުން ލިބިފައިވާ ރީތިކަމާއެކު އަމިއްލަ ނަފްސަށް ދޭ ސަމާލުކަމަކީ ޒުވާންކަންމަތީ ހުރުމަށް ލިބޭ އެންމެ ބޮޑު ބާރު ކަމަށް އޭނާ ފާހަގަކުރިއެވެ.

އާޖެންޓީނާގެ ލާ ޕްލާޓާއަށް އުފަން ރޮޑްރީގޭޒަށް މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ލިބުނީ، މިސް ޔުނިވާސް އޮގަނައިޒޭޝަނުން އެ މުބާރާތުގައި ބައިވެރިވެވޭ އެންމެ މަތީ އުމުރުގެ ގޮތުގައި ކުރިން އޮތް 28 އަހަރުގެ މިންގަނޑު އުވާލުމާ ގުޅިގެންނެވެ. އޭނާ ވަނީ 2024 ވަނަ އަހަރުގެ މެއި މަހު ބޭއްވި މިސް ޔުނިވާސް އާޖެންޓީނާގެ ގައުމީ ފައިނަލުގައި ވެސް ވާދަކޮށް، އެ މުބާރާތުގެ އެންމެ ރީތި މޫނުގެ އެވޯޑު ކާމިޔާބުކޮށްފައެވެ.

މި ކާމިޔާބީއާ ގުޅިގެން ރޮޑްރީގޭޒް ބުނީ، މިއީ ރީތީގެ މުބާރާތްތަކުގައި އާ މިންގަނޑެއް ފެށިގެންދިޔަ ތާރީހީ ވަގުތެއް ކަމަށާއި، އުމުރަކީ ކަންކަން ހާސިލުކުރުމަށް އޮތް ހުރަހެއް ނޫންކަން މިކަމުން ސާބިތުވެގެން ހިނގައްޖެ ކަމަށެވެ. އަދި އޭނާގެ މި ހިތްވަރުގަދަ ފިޔަވަޅާއެކު، އުމުރުން ދުވަސްވުމާއި ރީތިކަމުގެ މިންގަނޑުތަކާ މެދު މުޅި ދުނިޔޭގައި ވަނީ އާ ބަހުސްތަކެއް ފެށިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް