ރައްޔިތުން މަޖިލީހުގައި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ (ގަޕޯ) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު މުއްތަލިބް ވިދާޅުވީ ބަނދުތައް ހެދުމުގެ ގިަ މަޝްރޫއުތައް ހުރީ ހުއްޓިފައިކަމަށެވެ. އެގޮތުން އެ މަސައްކަތްތައް ހުއްޓިފައި ހުރީ މެދުއިރުމަތީގައި ކުރިއަށްދާ ހަނގުރާމައާ ހެދި ބޮޑި ހިލަ ނުލިބިގެންކަމަށެވެ.
މުއްތަލިބް ވިދާޅުވީ ހިލަ ލިބުމުގެ އެ ދަތިތަކާއެކު ވެސް އެކި ގޮތްގޮތުން ހައްލު ހޯދައިގެން މަޝްރޫއުތައް ކުރިޔަށް ގެންދިޔުމުގެ މަސައްކަތް ސަރުކާރުން ކުރާކަމަށެވެ. އަދި ރާއްޖެ އަށް ހިލަ ލިބުމުން ވަރަށް ގިނަ މަޝްރޫއުތައް ވަރަށް އަވަހަށް ނިންމާލެވޭނެ ކަމަށް ވެސް މިނިސްޓަރު މުއްތަލިބް ވިދާޅުވި އެވެ.