ލާމަރުކަޒީ ގާނޫނުގައިވާ ގޮތުން މިހާރު ސަރުކާރުން ލޯކަލް ކައުންސިލްތަކަށް ހިލޭ އެހީގެ ގޮތުގައި ދޫކުރާ ފައިސާގެ ތެރެއިން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މަސްއޫލިއްޔަތުތައް ތަންފީޒުކުރުމަށް ހާއްސަކޮށްފައިވަނީ ފަހެއް އިންސައްތައެވެ.
ސަރުކާރުގެ ފަރާތުން، މި ބިލް މަޖިލިހަށް ހުށައެޅުއްވީ ވިލިނގިލި ދާއިރާގެ މެމްބަރު އާޒިމް އަބްދުލްއަޒީޒް އެވެ. އޭނާ ހުށައެޅުއްވ ބިލުގެ މަގުސަދެއްކަމަށް ބުނެފައިވަނީ ހިލޭ އެހީގެ ފައިސާ ކައުންސިލްތަކަށް ދޫކުރުމުގެ އުސޫލުތައް ހަރުދަނާކުރުމަށާއި، ކައުންސިލްތަކުގެ ބަޖެޓު ތަންފީޒުކުރުމުގައި ކައުންސިލްތަކުގެ ރިކަރަންޓް ހަރަދު ހިފަހައްޓަންޖެހޭ މިންގަނޑުތަކެއް ޤާނޫނުގައި ކަނޑައެޅުމަށްޓަކައިކަމަށެވެ.
އެ ބިލުގައިވާ ގޮތުން ކައުންސިލްތަކަށް ހިލޭ އެހީގެ ގޮތުގައި ލިބޭ ފައިސާގެ ޖުމްލަ އަދަދުގެ މަދުވެގެން 10 އިންސައްތަ ހާއްސަކުރެވޭނީ
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މަސްއޫލިއްޔަތުތައް ތަންފީޒުކުރުމަށްކަމަށެވެ.
ހިލޭ އެހީގެ ފައިސާ ކައުންސިލްތަކަށް ދޫކުރަންވާނީ، އެއްވެސް ޤާނޫނެއްގެ ދަށުން ކައުންސިލްތަކުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ޓެކުހެއްވާނަމަ އެ ޓެކުހަކަށްވާ ފައިސާ ކައުންސިލްތަކުން ދައްކަންޖެހި ނުދައްކައިވާ ފައިސާއެއްވާނަމަ އެ
ފައިސާއެއް އުނިކުރުމަށްފަހު ބާކީވާ އަދަދުކަމަށެވެ.
ކައުންސިލުން ފައިސާ ދައްކަންޖެހޭ ހިދުމަތްތައް