މި މައްސަލަ ދިރާސާކުރުމަށް ފަހު ޖުޑިޝަރީ ކޮމިޓީގެ އިއްތިފާގުން ނިންމާފައިވަނީ، ގާނޫނީ ތައުލީމު ފަށައިގެން މިހާރު ކުރިއަށްދާ ޑިގްރީ ޕްރޮގްރާމްތަކުގެ ދަރިވަރުން އެ އިސްލާހުން އިސްތިސްނާކުރުމަށެވެ.
ކޮމިޓީން ފާސްކުރި ނިންމުމުގައިވާ ގޮތުން، ބާ ކައުންސިލުން އެކުލަވާލި އާ އުސޫލު ތަންފީޒުކުރަން ވާނީ ހަމައެކަނި އަލަށް ފަށާ ޕްރޮގްރާމްތަކާ ގުޅޭ ދަރިވަރުންގެ މައްޗަށެވެ. އަދި މިހާރު ކޯސްތަކުގައި ކިޔަވަމުންދާ ދަރިވަރުންނަށް ކުރިންވެސް އޮތް ގޮތަށް އޮންލައިންކޮށް އިމްތިހާނުތައް ހެދޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ބާ ކައުންސިލަށް އެންގުމަށްވެސް ކޮމިޓީން ވަނީ ނިންމާފަ އެވެ.
ގާނޫނީ ފަންނުގެ ޑިގްރީ ކޯސްތަކުގެ އިމްތިހާނުތައް ހާޒިރުވެގެން ހަދަން ޖެހޭ ގޮތަށް ބާ ކައުންސިލުން އެކުލަވާލި އުސޫލު ބަދަލުކޮށް، 'މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް' އޮންލައިންކޮށް އިމްތިހާނު ހެދޭގޮތަށް އަންގަން މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއިން ނިންމިއިރު، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮންނަ ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ބައެއް މެމްބަރުންވެސް ގެންދަވަނީ ގާނޫނީ ދާއިރާއިން ތައުލީމު ހާސިލުކުރައްވަމުންނެވެ. އޭގެ ތެރޭގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ އިތުރުން ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވެސް ހިމެނިވަޑައިގަންނަވަ އެވެ.
މަޖިލީހުގެ ގިނަ އަދަދެއްގެ މެމްބަރުންތަކެއް، ގާނޫނީ ދާއިރާގެ ޑިގްރީ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން، ކޯސް ފުރިހަމަ ކުރައްވަމުން ދަނިކޮށް، ބާ ކައުންސިލްގެ ނިންމުން ބަދަލުކޮށް، މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް' އޮންލައިންކޮށް އިމްތިހާނު ހެދޭގޮތަށް އަންގަން މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއިން ނިންމިއިރު، ތަންދޮރުދަންނަ މީހުންނާއި މަދަނީ ޖަމިއްޔާތަކާއި ޕްރެޝަރު ގްރޫޕުތަކުގެ އަޑުތަކާއި ޝަކުވާ އާއި ހުށަހެޅުންތަކަށް ފެޔަށް ޖެހި ބިލްތައް ފާސް ކުރަމުންދާކަމުގެ ޝަކުވާގެ ރައްޔިތުންގެ ފަރާތުން ދަނީ އިވެމުންނެވެ. ގާނޫނު އަސާސީން ރައްކާތެރިކަން ލިބިފައިވާ ގައުމީ ތަސައްވުރަކާއި ގައުމީ ތަރައްގީގެ ޕްލޭނަކަށް ރާއްޖެ ތަރައްގީ ކުރުން ލާޒިމް ކުރުމަށާއި އަތޮޅު ވަސީލަތްތަކަށް ގޮތް ނިންމުމުގައި އަތޮޅު ރައްޔިތުންގެ މަޝްވަރާ އާއި ރުހުން ހޯދުމަށް ލާޒިމް ކުރާގޮތަށް ކަނޑައަޅައި، އަތޮޅު ހިންގުމުގައި ރައްޔިތުންގެ ޝާމިލުވުން އިތުރު ކުރުމާއެކު އަތޮޅު ވަސީލަތް ބޭނުންކޮށްގެން ތަރައްގީކޮށް ހިންގުމުގެ ބާރު ދިނުމަށް "އެދޭ ރާއްޖެ" ހަރަކާތުން ވަނީ ގޮވާލައިފަ އެވެ.
"އެދޭ ރާއްޖޭ"ގެ ހުށަހެޅުން:
ސަރުކާރުތަކުގެ މައިގަނޑު މަސްއޫލިއްޔަތަކީ ރާއްޖޭގެ ދިގުރާސްތާގެ ޕްލޭނާއެއްގޮތަށް ގައުމު ކުރިއެރުވުމަށް އެކަށައަޅަން ޖެހޭ ސިޔާސަތުތައް އެކަށައަޅައި، ސިޔާސަތުތަކާއެއްގޮތަށް ހިންގާތޯ ޔަގީން ކުރުމާއި ދިގުރާސްތާގެ ތަރައްގީގެ ޕްލޭން ތަންފީޒުވާކަން ޔަގީން ކުރުމާއި، އެހެން ގައުމުތަކާ ވާދަކޮށް ކުރި ހޯދާ ގައުމަކަށް ރާއްޖެވުން
ގާނޫނީ ތައުލީމުގެ 'މިނިމަމް ސްޓޭންޑާޑްސް' އަށް މިދިޔަ ޖުލައި މަހުގެ ތެރޭގައި ބާ ކައުންސިލުން ގެނައި އިސްލާހުގައި ވަނީ، އަންނަ އަހަރުން ފެށިގެން ގާނޫނީ ދާއިރާގެ ޑިގްރީ ޕްރޮގްރާމްތަކުގެ ހުރިހާ އިމްތިހާނުތަކެއް، އިމްތިހާނު ހަދާ މަރުކަޒަކަށް ހާޒިރުވެގެން ހަދަން ލާޒިމުކޮށްފައެވެ. ނަމަވެސް އެ އިސްލާހު އެހެން އޮތް ނަމަވެސް، ރަށެއްގެ ސްކޫލް ނުވަތަ ކައުންސިލް އިދާރާ މެދުވެރިކޮށް އިމްތިހާނު ކުރިއަށް ގެންދިއުމުގެ އިޚުތިޔާރު މަތީ ތައުލީމުދޭ މަރުކަޒުތަކަށް ލިބިގެންވާ ކަމަށާއި، މާލެ އަންނަން އުނދަގޫވާ ދަރިވަރުންނަށް އެ ދަރިވަރަކު ދިރިއުޅޭ ރަށެއްގައި ތިބެގެން އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް އެ އިސްލާހު ހުރަސްނާޅާ ކަމަށް މީގެ ކުރިން ބާ ކައުންސިލުން ބުނެފައިވެ އެވެ.
އެ ބަދަލާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ދަރިވަރުންތަކެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޕެޓިޝަނުގައި ފާހަގަކޮށްފައިވަނީ، އެ ކޯސްތަކުގައި ދަރިވަރުން ބައިވެރިވީ އޮންލައިންކޮށް ކިޔެވުމާއި އިމްތިހާނު ހެދުމުގެ ފުރުސަތު އޮތް ކަމަށް ބަލައިގެން ކަމަށެވެ.
އަދި ކޯހުގެ މެދުތެރެއިން އެފަދަ އަސާސީ ޝަރުތެއް ބަދަލުކޮށް، މަރުކަޒަކަށް ހާޒިރުވާން މަޖުބޫރުކުރުމަކީ އިދާރީ ގާނޫނުން ދަރިވަރުންނަށް ލިބިދޭ ހައްގު ގެއްލިގެންދާ ކަމެއް ކަމަށް ބުނެ، ދަރިވަރުން އެދިފައިވަނީ މިހާރު ކުރިއަށްދާ ޕްރޮގްރާމްތައް ނިމިގެން އަލަށް ފެށޭ ޕްރޮގްރާމްތަކަށް އެ އުސޫލު ހިންގުން ފަސްކޮށްދިނުމަށެވެ.