ads
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން -ފޮޓޯ: މަޖިލިސް އިދާރާ
ނަފުސާނީ ސިއްހަތުގެ ބިލް މަޖިލީހަށް ހުށަހަޅައިފި
އިހުމާލުވާނަމަ 100،000 ރުފިޔާއާ ހަމަައަށް ޖޫރިމަނާގެ އަދަބު ހިމަނައި، ނަފްސާނީ ސިއްހަތުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.
Advertisement

ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުސްތަފާ ހުސައިން އެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ މި ބިލްގެ ފުރަތަމަ ކިޔުން އިއްވާފަ އެވެ.

ނަފްސާނީ ފަރުވާގެ ހަމަތަކާއި އުސޫލުތަކާއި، ނަފްސާނީ ފަރުވާ އާއި ހިދުމަތް ހޯދާ ފަރާތްތަކުގެ ހައްގުތަކާއި، ފަރުވާދިނުމުގެ ހަމަތަކާއި އުސޫލުތައް މި ބިލުގައި ވަނީ ބަޔާންކޮށްފައެވެ.

މި ބިލުގައިވާގޮތުން ގާނޫނުން ހުއްދަ ކުރާ ހާލަތްތަކުގައި، ތަންފީޒީ އިދާރާތަކަށާއި، ފަރުވާދޭ ފަރާތްތަކަށް މައުލޫމާތު ހާމަކުރުން ފިޔަވައި، އެނޫން ހާލަތްތަކުގައި ނަފްސާނީ ބައްޔަކާއެކު ދިރިއުޅެމުންދާ މީހެއްގެ ޒާތީ މައުލޫމާތު އެމީހަކާ ގުޅޭ ސިއްހީ މައުލޫމާތު އެ މީހެއްގެ ހުއްދަނެތި ތިންވަނަ ފަރާތަކަށް ހާމަކުރުމަކީ މަނާކަމެކެވެ.

މި ގާނޫނުގައި ބުނެފައިވާ ރިވިއު ބޯޑުގެ ހުއްދަ ހޯދަންޖެހޭ ކަމެއްގަައި އެ ބޯޑުގެ ހުއްދަނެތި ފަރުވާ ކުރިއަށްގެންދިއުމަކީވެސް މަނާ ކަމެކެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް