ads
ދޯނިފަހަރުން މަސް އައިނަކުން މަސް ބާނަނީ: - ފޮޓޯ:ޒުވާން މަސްވެރިޔާ
ކަނޑުފަޅު ނަފާ: މިދިޔަ އަހަރުގެ ނިޔަލަށް 51 މީހަކަށް ލޯނު ދީފި
"ކަނޑުފަޅު ނަފާ" ލޯން ސްކީމުން މިދިޔަ އަހަރުގެ ނިޔަލަށް 51 މީހަކަށް ލޯނު ދޫކޮށްފި ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފި އެވެ.
Advertisement

މީ ފިޝަރީޒް މިނިސްޓްރީ އާއި އެސްޑީއެފްސީ ގުޅިގެން ކުރިއަށްގެންދާ ސްކީމެކެވެ. 

ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަޒްމަތު އަހްމަދު ވިދާޅުވީ "ކަނޑުފަޅު ނަފާ" ލޯނުގެ ދަށުން މި އަހަރުގެ މާޗް މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް 18 މިލިޔަނަށްވުރެ ގިނަ ރުފިޔާ މަސްވެރި އުޅަނދުތަކަށް ދޫކޮށްފައިވާކަމަށެވެ. އެ މުއްދަތުގެ ތެރޭގައި ޖުމްލަ 47 ހުށަހެޅުމަކަށް ޖުމްލަ 18.2 މިލިޔަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް އަޒްމަތު އަހްމަދު ވިދާޅުވި އެވެ.

ޑރ. ޢަޒްމަތު ވިދާޅުވީ "ކަނޑުފަޅު ނަފާ" ލޯނު ޕްރޮގްރާމުން 2025 އަހަރުގެ ނިޔަލަށް 51 މީހަކު ވަނީ ލޯނުގެ ބޭނުން ހިފާފައި ކަމަށެވެ.

"ކަނޑުފަޅު ނަފާ" ލޯނު ޕްރޮގްރާމަކީ ރަހުނަކާ ނުލައި ހަތް ލައްކަ ރުފިޔާއާ ހަމަޔަށް ލޯނު ދޭ ސްކީމް އެކެވެ. އޭގެ އިންޓްރަސްޓް ފަސް ޕަސެންޓު ދިހަ އަހަރު ދުވަހު ތެރޭ ދައްކާ ޚަލާސްކުރަން ޖެހެއެވެ. އެ ލޯނު ސްކީމްގެ ދަށުން ލޯންޗެއް ބަނުން، ކުރީގެ އިންޖީނު ބަދަލުކޮށް އާ އިންޖީނެއް އެޅުން ކަހަލަ ނުވަތަ ކުރިން މަސް ހިއްކަމުން ދިޔަ ތަންތަން އިތުރަށް ތަރައްޤީ ކުރުން ކަހަލަ ހުރިހާ ކުރެވޭނެކަމަށް އަޒްމަތު ވިދާޅުވި އެވެ. 

މީގެއިތުރުން  "އާރުވެރި މެޗިން ގްރާންޓް" މަސްވެރިކަމާއި ދަނޑުވެރިކަން ހިމެނޭ ގޮތަށް 278 މިލިޔަން ރުފިޔާގެ މެޗިން ގްރާންޓް ދޫކުރުމަށް މިހާރު ސަރުކާރުންވަނީ މަސައްކަތް ފަށާފައި ކަމަށާއި، އެ ލޯނު ސްކީމުގެ ދަށުން 40 ޕަސަންޓް ހިލޭ އެހީގެ ގޮތުގައި ދޫކުރުމަށް ނިންމާފައިވާ ކަމަށް އަޒްމަތު ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް