ads
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު
ކެރެޓުގެ އަގުބޮޑުވާން ދިމާވި މައްސަލަ ހައްލުކުރެވިއްޖެ: ސައީދު
އަގު ހިފެހެއްޓުމަށް އިތުރު ކެރެޓު ކޮންޓެއިނާ ކްލިއަރކުރުމަށް ދަނީ މަސައްކަތް ކުރަމުން
ކެރެޓުގެ އަގު އުފުލުނީ ސަޕްލައިއަށް ދިމާވި މައްސަލައަކުން ކަމަށާއި، ބާޒާރުގައި އަގު ހިފެހެއްޓުމަށް ފިޔަވަޅު އަޅާފައިވާ ކަމަށް އިގްތިޞާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
Advertisement

ވަޒީރު ވިދާޅުވި ގޮތުގައި، ސަޕްލައިގެ މައްސަލަ ދިމާވި ކުންފުނިތަކުގެ މުދާ ވެސް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާ ގުޅިގެން ކުރި މަސައްކަތުން މިހާރު ވަނީ ކްލިއާކުރެވިފައެވެ. އެހެންކަމުން، ވިޔަފާރިވެރިން ދެން ކެރެޓު އަގު ބޮޑުކޮށް ނުވިއްކަވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.

މިއާއެކު އަގު ހިފެހެއްޓުމަަށް ބާޒާރަށް އިތުރަށް ކެރެޓު ނެރުމަށް އެސްޓީއޯއިން ކެރެޓް ކޮންޓެއިނަރުތައް ކްލިއަރ ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވި އެވެ.

ބާޒާރުގައި ކެރެޓް ކިލޯއެއްގެ އަގު 120 ރުފިޔާއަށް މިފަހުން އެރިއިރު، މިއީ މިފަހުގެ ތާރީހެއްގައިވެސް ކެރެޓްގެ އަގު މިހާ މައްޗަށްދިޔަ ފުރަތަމަ ފަހަރެވެ. އާންމު ގޮތެއްގައި މާލޭ ބާޒާރުގައި ކެރެޓް ކިލޯއެއް އެންމެ ބޮޑުވެގެންވެސް 25 ރުފިޔާ އާއި 35 ރުފިޔާ އާ ދެމެދުގެ އަގުތަކެއްގައި ލިބެން ހުރެ އެވެ.

ވިޔަފާރިވެރިން ބުނީ ކެރެޓްގެ އަގު މައްޗަށް ދިޔައީ ދުނިޔޭގެ ބާޒާރުގައި ކެރެޓް ސަޕްލައިކުރަން ދަތިވެ، ދަތުރުފަތުރުގެ އަގުތަކުން ތެލުގެ އަގުތައް ބޮޑުވުން ލޮޖިސްޓިކްސްއަށް އައި ބަދަލުތަކާއި، ތަރުކާރީ ގަތުމަށް،ޑޮލަރު ހޯދަންވެސް އުނދަގޫވުމުން ކަމަށެވެ.

ބާޒާރުގައި މުދަލުގެ އަގު ބޮޑުވިޔަނުދިނުމުގެ ގޮތުން އެސްޓީއޯއިން އަންނަނީ ސަރުކާރުން ކަނޑައަޅާފައިވާ އަސާސީ ކާނާގެ ލިސްޓުގައި ހިމެނޭ ބާވަތްތައް ގަނެ ހެޔޮ އަގުގައި ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ. 

އަދި އެ މަސައްކަތް ފުޅާކޮށް ރަށްރަށުގައި ހުރި އެސްޓީއޯ ފިހާރަތަކުގެ އިތުރަށް އެ ކުންފުނީގެ އެޖެންޓުން މެދުވެރިކޮށް އަތޮޅު ތެރޭގެ ރަށްތަކުން މިބާވަތްތައް ހެޔޮ އަގުގައި ވިއްކުމަށް އެސްޓީއޯއިން އަންނަނީ މަސައްކަތްކުރަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް