ads
ކުރީގެ ރައީސް ސޯލިހު އެމްޑީޕީ ގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ.
ފައިސަލް ޕްރައިމަރީއަށް ނުކުތީ އަޅުގަނޑުގެ ތާއީދާއެކު: ރައީސް ސޯލިހު
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީން ނުކުމެވަޑައިގަންނަވާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރައްވަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ނިންމެވީ އެ މަނިކުފާނުގެ ތާއީދާ އެކު ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިރޭ ވިދާޅުވެއްޖެ އެވެ.
Advertisement

މިއީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ފައިސަލްއަށް ތާއީދު ކުރައްވާނެކަން ރައީސް ސޯލިހު ރަސްމީކޮށް އިއުލާން ކުރެއްވި ފުރަތަމަ ފަހަރެވެ. އެ މަނިކުފާނު މިކަން ހާމަކުރެއްވީ، އަންނަ ހުކުރު ދުވަހު ބާއްވާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ފައިސަލްގެ ޓީމުން ނެރޭ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ބޭއްވި ބައްދަލުވުމަކަށް ފަހު، "ސަންގު" ޓީވީން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އެމްޑީޕީގެ ޕްރައިމަރީއާ މެދު ދެކެވަޑައިގަންނަވާ ގޮތަކާ ގުޅޭގޮތުން ސުވާލު ދެންނެވުމުން އިބޫ ވިދާޅުވީ، ފައިސަލް އާއި މާލޭގެ މޭޔަރު އާދަމް އާޒިމް އެ ޕްރައިމަރީގައި ވާދަކުރައްވަނީ އެ މަނިކުފާނާ މަޝްވަރާ ކުރައްވާފައި ކަމަށެވެ. 

"އަޅުގަނޑު ތާއީދު ކޮށްގެން ކުރިމަތިލެއްވީ،" ރައީސް ސޯލިހު ވިދާޅުވިއެވެ.

މީގެ ކުރިން ފައިސަލްގެ ޓީމުގެ އިސް ބޭފުޅުން ވެސް ވަނީ އިބޫގެ ތާއީދު އޮތްކަން ކަށަވަރު ކޮށްދެއްވާފަ އެވެ. ނަމަވެސް މިރެއާ ހަމައަށް އެ މަނިކުފާނު ހުންނެވީ އެކަމާ މެދު ވަކި އެއްޗެއް ވިދާޅުނުވެ އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި "ޓީމް އެމްޑީޕީ" ގެ ނަމުގައި ފައިސަލް އަދި އާޒިމްގެ ތާއީދާ އެކު ވާދަކުރާ 200 އެއްހާ ކެންޑިޑޭޓުންނަށް ވެސް ތާއީދު ކުރައްވާ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން މިހާތަނަށް އިއުލާން ކުރައްވާފައިވަނީ ފައިސަލްގެ އިތުރުން، އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލާއި، ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު އަދި އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.

ނަމަވެސް، އިތުބާރު ކުރެވޭ މަގާމެއްގައި ހުރި ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ދައުލަތުން ތުހުމަތުކުރާ މައްސަލައެއްގެ ތަހުގީގަށް ޝާހިދު ވަނީ މި މަހުގެ 2 ވަނަ ދުވަހުގެ ރޭ ހައްޔަރުކޮށް، ތަހުގީގަށް 30 ދުވަހުގެ މުއްދަތަށް ބަންދުކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް