މިއީ ފުވައްމުލައް ޕޮލިހާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު ހިންގި އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަންގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް ބޭނުންކުރާކަމުގެ ތުހުމަތުގައި ހައްޔަރުކުރީ:
އަހުމަދު ރަޝީދު، 32، މާދޫގެ/ ފުވައްމުލައް
މުހައްމަދު ޝާޒު، 36، ރޫބީ/ ފުވައްމުލައް
ފުލުހުން މިއަދު ބުނިގޮތުގައި، މި ދެމީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ 17 ގުރާމުގެ ތަކެތި ފެނިފައިވެ އެވެ.
އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މުހައްމަދު ޝާޒް 15 ދުވަހަށް އަދި އަހްމަދު ރަޝީދު 12 ދުވަަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.