ads
ރާއްޖެއާއި ކޮލަންބޯއާ ދެމެދު އާ އެއަރލައިނެއްގެ ދަތުރުތައް ފަށަނީ
ޗުއްޓިއާއި ދިމާކޮށް ރާއްޖެއާއި ކޮލަންބޯއާ ދެމެދު އާ އެއާލައިނެއްގެ ދަތުރުތައް ފަށަނީ
ވިއެޓްޖެޓް އެއާލައިނުން ސްރީލަންކާގެ ކޮޅުނބާއި ދިވެހިރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ފެށުމަށް ނިންމައި އެކަން އިއުލާނުކޮށްފި އެވެ.
Advertisement

އެ އެއާލައިނުން ހާމަކޮށްފައިވާ ގޮތުގައި، ކޮޅުނބާއި ރާއްޖެ ގުޅުވާލަދޭ މި ސީދާ ދަތުރުތައް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ 2026 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 5 ވަނަ ދުވަހު އެވެ.

މި އާ ރޫޓުގައި ވިއެޓްޖެޓުން ހަފުތާއަކު ތިން ދަތުރު ކުރުމަށް ވަނީ ނިންމައިފައެވެ. ކޮޅުނބާއި ރާއްޖެއާ ދެމެދު ފަށާ މި ދަތުރުތަކުގެ މައިގަނޑު މަގުސަދަކީ ސަރަހައްދީ ފަތުރުވެރިކަން އިތުރަށް ވަރުގަދަކުރުމާއި، އެކި ގައުމުތަކުން ދަތުރުކުރާ ފުރާ ދަތުރުވެރިންނަށް ޓްރާންސިޓް ފުރުސަތުތައް ފުޅާކޮށް ދިނުމެވެ. މި ދަތުރުތަކުގެ ސަބަބުން ސަރަހައްދީ ދަތުރުފަތުރަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެ އެވެ.

ސްރީލަންކާއާއި ދިވެހިރާއްޖެއާ ދެމެދު ވައިގެ މަގުން އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ފަށާ މި ދަތުރުތަކަކީ ސަރަހައްދީ ފަތުރުވެރިކަމުގެ ދާއިރާއަށް ލިބިގެންދާނެ މުހިންމު ކުރިއެރުމެކެވެ. މީގެ އިތުރުން، ސަރަހައްދީ ގައުމުތަކުގެ މެދުގައި ދަތުރުކުރާ ފަތުރުވެރިންނަށާއި، ކޮޅުނބު މަގުން ރާއްޖެއަށް ދަތުރުކުރާ ދަތުރުވެރިންނަށް ފަސޭހަކަމާއެކު ދަތުރުފަތުރު ކުރުމުގެ އާ ފުރުސަތުތަކެއް މި ދަތުރުތަކުގެ ސަބަބުން ހުޅުވިގެންދާނެ އެވެ.

ވިއެޓްޖެޓްގެ މި ދަތުރުތައް ފެށުމާއެކު، ރާއްޖެއަށް ދަތުރުކުރާ ބައިނަލްއަގުވާމީ އެއާލައިންތަކުގެ އަދަދު އިތުރުވެ، ސަރަހައްދީ ވައިގެ ދަތުރުފަތުރުގެ ދާއިރާއަށް އިތުރު ދިރުމެއް ލިބިގެންދާނެއެވެ. އަދި މިއީ ދެ ގައުމުގެ ދެމެދުގައި އޮންނަ ފަތުރުވެރިކަމުގެ ގުޅުމާއި ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާވެގެންދާނެ ކަމެކެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް