ads
ލ. ފޮނަދޫ
ތިމަރަފުއްޓާއި ފޮނަދޫގައި ސިޓީ ހޮޓާ ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދަން ބިޑަށް ހުޅުވާލައިފި
ތ. ތިމަރަފުއްޓާއި ލ. ފޮނަދޫގައި ސިޓީ ހޮޓާ ތަރައްގީކޮށް ހިންގާނެ ފަރާތްތައް ހޯދުމަށް ޓޫރިޒަމް މިނިސްޓްރީން ބިޑަށް ހުޅުވާލައިފި އެވެ.
Advertisement

މި ދެ ރަށުގައި ވެސް ޓޫރިޒަމް ވިޔަފާރި ތަރައްގީކުރުމަށް ހުޅުވާލާފައިވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ އިންވެސްޓަރުންނަށް ވެސް ބައިވެރިވެވޭ ގޮތަށެވެ.

ޓޫރިޒަމް މިނިސްޓްރީން ކުރި އިއުލާނުގައިވާ ގޮތުން، ތިމަރަފުށީގައި ސިޓީ ހޮޓަލެއް ތަރައްގީކޮށް ހިންގުމަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 26،480.67 އަކަމީޓަރުގެ ބިމެކެވެ. މި ބިން 50 އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ނިންމާފައިވާއިރު، ބިޑް ކާމިޔާބުކުރާ ފަރާތަކަށް ހޮޓާ އަޅައި ހިންގަން ފެށުމަށް ލިބޭނީ ދެ އަހަރު ދުވަހުގެ މުއްދަތެކެވެ. މި ތަނުގެ ލީސް އެކްއިޒިޝަން ކޮސްޓަކީ 100،000 ޑޮލަރެވެ. އަދި ބިޑް ސެކިއުރިޓީގެ ގޮތުގައި ރާއްޖޭގެ ބޭންކެއް މެދުވެރިކޮށް 25،000 ޑޮލަރު ބަހައްޓަން ޖެހެ އެވެ.

ލ. ފޮނަދޫގައި ޓޫރިސްޓް ހޮޓާ އެޅުމަށް ތިން ބިމެއް ދޫކުރުމަށް ވަނީ އިއުލާނުކޮށްފަ އެވެ. އެއީ 32،129 އަކަފޫޓުގެ ބިމަކާއި، 33،801 އަކަފޫޓުގެ ބިމެއްގެ އިތުރުން 26،736 އަކަފޫޓުގެ ބިމެކެވެ.

މި ދެ މަޝްރޫއާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބާއްވާ ޕްރީބިޑް ބައްދަލުވުންތައް އޮންނާނީ ޑިސެމްބަރު 1 އަދި ޑިސެމްބަރު 17 ވަނަ ދުވަހުގެ ހެނދުނު 10:00 ގަ އެވެ.

މި މަޝްރޫއުތަކުގެ ބިޑް ޑޮކިއުމެންޓް އަންނަ އާދީއްތަ ދުވަހުން ފެށިގެން ޖެނުއަރީ 6 ވަނަ ދުވަހުގެ ނިޔަލަށް، ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް ވިއްކުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ބިޑް ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ ޖެނުއަރީ 7 ވަނަ ދުވަހުގެ ހެނދުނު 9:00 އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް