ads
ވާޓްސްއަޕުން ސްކްރީން ޝެއާކޮށްގެން 1.4 ލައްކައަށްވުރެ ގިނަ ރުފިޔާ އަތުލައިގެންފި
ސަމާލުވޭ: ވަޓްސްއަޕުން ސްކްރީން ޝެއާކޮށްގެން 1.4 ލައްކައަށްވުރެ ގިނަ ރުފިޔާ އަތުލައިގެންފި
ވާޓްސްއަޕް ވިޑިއޯ ކޯލެއްގެ ތެރެއިން މޮބައިލް ފޯނުގެ ސްކްރީން ޝެއާކުރުވައިގެން، ބޭންކު އެކައުންޓަކުން ގިނަ އަދަދެއްގެ ފައިސާ އަތުލައިގަތް ބޮޑު ސްކޭމެއްގެ މައުލޫމާތު ފެންމަތިވެއްޖެ އެވެ.
Advertisement

މި ހާދިސާގައި 59 އަހަރުގެ މީހެއްގެ އެކައުންޓުން 8.07 ލައްކަ އިންޑިއަން ރުޕީސް (ގާތްގަނޑަކަށް 140,000 ދިވެހި ރުފިޔާ) އަށްވުރެ ގިނަ ފައިސާ ވަނީ ގެއްލިފަ އެވެ.

މި ސްކޭމް ހިންގާފައިވަނީ ބޭންކުގެ މަންދޫބެއްގެ ނަމުގައި ގުޅައި، އޮޅުވާލައިގެންނެވެ. ސްކޭމަރު ވަނީ ވާޓްސްއަޕް ވިޑިއޯ ކޯލެއް މެދުވެރިކޮށް، އަނިޔާލިބުނު މީހާ ލައްވައި އޭނާގެ މޮބައިލް ފޯނުގެ ސްކްރީން ޝެއާކުރުވުމަށް ރުއްސާފައެވެ. އަދި ފޯނުގެ ސްކްރީން ޝެއާކުރުމާ އެކު، އެ މީހާގެ ފޯނުގައިވާ ބޭންކިން އެޕްލިކޭޝަންތަކަށް ވަދެ، އެކައުންޓުގެ ކޮންޓްރޯލް ހޯދުމުގެ ފުރުސަތު ސްކޭމަރަށް ލިބިގެންދިޔަ އެވެ.

ސްކްރީން ޝެއާކޮށްފައި އިނުމުގެ ސަބަބުން، ފައިސާގެ މުއާމަލާތްތައް ނިންމުމަށް ބޭންކުން ފޮނުވާ ވަގުތީ ޕާސްވޯޑް ނުވަތަ އޯޓީޕީ ކޯޑުތައް ސީދާ ސްކޭމަރަށް ފެންނަމުންދިޔައެވެ. މިގޮތަށް ފޯނަށް އަންނަ އޯޓީޕީތައް އަތުލައިގެން، އަނިޔާލިބުނު މީހާގެ އެކައުންޓުގައި ހުރި ފައިސާ ވަނީ މުޅިން ހުސްކޮށްލާފަ އެވެ.

މިފަދަ ނުރައްކާތެރި ސްކޭމްތަކުން ރައްކާތެރިވުމަށްޓަކައި، ނުދަންނަ ފަރާތްތަކުން ކުރާ ވިޑިއޯ ކޯލްތަކުގައި ފޯނުގެ ސްކްރީން ޝެއާ ނުކުރުމަށާއި، ބޭންކިން މައުލޫމާތާއި އޯޓީޕީ ފަދަ އަމިއްލަ ސިއްރު މައުލޫމާތު އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށް އިލްތިމާސްކުރެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް