ads
ގޭސް ލީކުވެގެން ހިނގި ގޮވުމަކުން 5 ބުރީގެ އިމާރާތެއް ވެއްޓި 6 މީހުން މަރުވެއްޖެ
ގޭސް ލީކުވެގެން ހިނގި ގޮވުމަކުން 5 ބުރީގެ އިމާރާތެއް ވެއްޓި 6 މީހުން މަރުވެއްޖެ
ޖޯޖިޔާގެ ވެރިރަށް ތަބިލީސީގައި ހުންނަ ފަސް ބުރީގެ އެޕާޓްމަންޓް އިމާރާތެއްގައި ވަރުގަދަ ގޮވުމެއް ހިނގައި، އިމާރާތުގެ ބައެއް ވެއްޓުމުގެ ސަބަބުން ހަ މީހަކު މަރުވެއްޖެއެވެ. ކަމާބެހޭ އިދާރާތަކުން ތުހުމަތުކުރާ ގޮތުގައި މި ނުރައްކާތެރި ހާދިސާ ހިނގަން މެދުވެރިވީ ކައްކަން ބޭނުންކުރާ ގޭސް ލީކުވުމުގެ ސަބަބުންނެވެ.
Advertisement

މި ހާދިސާއާ ގުޅިގެން އިމާރާތް ވެއްޓުނު ސަރަހައްދަށް ސަލާމަތްކުރާ ޓީމުތައް ވަގުތުން ގޮސް، ގާކުނޑިތަކުގެ ދަށުގައި ތާށިވެފައިވާ މީހުން ހޯދުމުގެ ބޮޑު އޮޕަރޭޝަނެއް ވަނީ ފަށާފައެވެ. ސަލާމަތްކުރާ ފަރާތްތަކުން ގިނަ ގަޑިއިރުތަކެއް ވަންދެން ކޮނެގެން ކުރި ބުރަ މަސައްކަތުން، ވެއްޓިފައިވާ އިމާރާތުގެ ގާކުނޑިތަކުގެ ދަށުން ތިން އަހަރުގެ އަންހެން ކުއްޖަކު ވަނީ ދިރިހުއްޓާ ސަލާމަތްކޮށްފައެވެ.

ތަބިލީސީގައި ހިނގި މި ހާދިސާގައި ވެއްޓުނު ފަސް ބުރީގެ އެޕާޓްމަންޓް އިމާރާތަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ކައްކާ ގޭސް ލީކުވެގެން ހިނގި ކަމަށް ބެލެވޭ މި ގޮވުމުގައި މަރުވި ހަ މީހުންގެ ހަށިގަނޑު ސަލާމަތްކުރާ ޓީމުތަކުން ވަނީ ގާކުނޑިތަކުގެ ދަށުން ނެރެފައެވެ.

މި ހާދިސާއާ ގުޅިގެން ސަލާމަތްކުރާ ފަރާތްތަކުން ދަނީ އެ ސަރަހައްދުގައި އިތުރު މީހަކު ތާށިވެފައިވޭތޯ ބެލުމުގެ މަސައްކަތް އަދިވެސް ކުރިއަށް ގެންދަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް