ads
ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ލިބިވަޑައިގެންނެވި ބޭފުޅަކަށް ރައީސް މުއިއްޒު އިނާމު ހަވާލުކޮށްދެއްވަނީ - ފޮޓޯ/ރައީސް އޮފީސް
ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު 56 ބޭފުޅަކަށް ހާއްސަ އިނާމު 57 ބޭފުޅަކަށް
ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު 56 ބޭފުޅަކަށް އަދި މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ދޭ ހާއްސަ އިނާމު 58 ބޭފުޅުންނަށް ރޭ ދީފި އެވެ.
Advertisement

މި ބޭފުޅުންނަށް ޝަރަފުގެ ބެޖާއި އައްޑަނަ އަދި މެޑައްޔާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ މިއަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމީ ޖަލްސާގައި ރައީސް މުހައްމަދު މުއިއްޒެވެ.

ރައީސް އޮފީހުން ބުނީ ދައުލަތަށް ހިދުމަތްކުރުމުގެ އިނާމު ލިބޭ ބޭފުޅުން ހޮވީ ގައުމީ އިނާމާ ބެހޭ ކޮމެޓީން ކަމަށާއި މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ދޭ އިނާމަށް ބޭފުޅުން ހޮވީ ހާއްސަ އިނާމާ ބެހޭ ކޮމިޓީން ކަމަށެވެ.

ދައުލަތަށް 35 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި 66 ބޭފުޅަކަށް މި އަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވެސް ވަނީ އިނާމު ދެއްވައިފަ އެވެ.

ހާއްސަ އިނާމުގެ ގޮތުގައި އަރުވާފައިވަނީ މެޑެއްޔަކާއި ހަނދާނީ ލިޔުމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް