އިލެކްޝަންސް ކޮމިޝަންގެ ދަފްތަރު ދައްކާގޮތުން މިހާރު އެންމެ މެމްބަރުން ގިނަ ޕާޓިއަކީ ވެރިކަން ކުރާ ޕީއެންސީއެވެ. އެ ކޮމިޝަނުން މިރޭ އާއްމުކުރި ހިސާބުތައް ދައްކާގޮތުން މިވަގުތު ޕީއެންސީގައި މެމްބަރުން ތިބި އަދަދަކީ 100،083 އެވެ.
މިދިޔަ މާޗުމަހުގެ ތެރޭގައި ރައީސް ޑރ. މުހަައްމަދު މުއިއްޒު ވަނީ ޕީއެންސީގެ މެމްބަރުންގެ އަދަދު 100،000 އަރުވަން އެދިވަޑައިގެންފައެވެ. އަދި ސަރުކާރަށް 3 އަހަރު ފުރޭ ދުވަހު އެ އަދަދު ހަމަކުރަން އެ ޕާޓީން މަސައްކަތްވެސް ކުރި އެވެ.
ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި އިރު އެ ޕީއެންސީގައި ތިބީ 3،022 މެމްބަރުންނެވެ.
އީސީން ހާމަކުރި ޕާޓީތަކުގެ ދަފްތަރުގައި މެމްބަރުން ތިބި އަދަދު
ސިޔާސީ ޕާޓިތަކުގެ ތެރެއިން އަދާލަތު ޕާތީ ވަނީ ސަރުކާރު ހިންގާ ޕީއެންސީއާއި އެކު މިދިޔަ ހޯމަދުވަހު ކޯލިޝަން ހަދާ އެކަން އިއުލާން ކޮށްފަ އެވެ.